Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 13:22 - ކިތާބުލް މުޤައްދަސާ

22 އަދި ކަށިގަސްތަކުގެ ތެރެއަށް އެޅުނު އޮށްތަކުގެ މިސާލަކީ އެއީ މާތްރަސްކަލާނގެ ބަސްފުޅުތައް އަޑުއިވުނު. އެކަމަކު އެމީހުންގެ ހިތުގައިވާ ދުނިޔަވީ ފިކުރުތަކާއި މުއްސަނދިކަމުގެ ވަސްވާސްތައް އެ ބަސްފުޅުތަކުގެ މައްޗައް އަރައި ފިއްތާލުމުގެ ސަބަބުން އެބަސްފުޅުތަކުގެ އެއްވެސް ފައިދާއެއް ނުލިބުނު މީހުން.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 13:22
42 ပူးပေါင်းရင်းမြစ်များ  

ތިމާގެ މުއްސަނދިކަމަށް ބަރޯސާވާ މީހާގެ މުއްސަނދިކަން ޚަރީފު މޫސުމުގެ ފަތްތަކެއްހެން ފައިބާނެއެވެ. މާތްރަސްކަލާނގެއަށް ބަރޯސާވާ މީހާ ބަހާރު މޫސުމުގެ ގަސްތަކުގެ ފަތްތައް ފަދައިން ތާޒާ ވާނެއެވެ.


އެހެނީ އެސްފިޔައެއް ޖަހާހާ އަވަހަށް މުދާތައް ގެއްލިދެއެވެ. ފިޔަފަޅާފައިވާ ބާޒެއްހެން އުދުހިދެއެވެ.


އިންސާނާގެ ދަރިކަލުންނާއި ދެކޮޅަށް ބަސްބުނެހަދާ ފަރާތްތަކުގެ ފާފަތައް ޢަފޫކޮށްދެއްވާނެ. ނަމަވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާއި ދެކޮޅަށް ބަސްބުނެ ހަދާ ފަރާތްތަކުގެ ފާފަތައް މި ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް މައާފެއް ނުލިބޭނެ.⁠“


އަދި ދަނޑުގައި ނުބައި އޮށްތައް އިންދި ޢަދުއްވަކީ ޝައިތާނާ. ގޮވާން ކަނޑާނީ އާޚިރަތް ދުވަހުން. އަދި ގޮވާން ކަނޑައިދޭ ފަރާތްތަކަކީ މަލާއިކަތުން.


ވިނަގަސްތައް އެއްތަންކުރެވި އަދި އަންދައިލެވޭނެ. އެއީ ދުނިޔެ ނިމޭހިނދުގައި ކަންތައް ހިނގައިދާނޭ ގޮތް.


އަނެއްބައި އޮށްތައް ކަށި ގަސްތަކުގެ ތެރެއަށް އެޅި ގަސް ފަޅަމުން ދިޔަ. ނަމަވެސް މި ކަށިގަސްތަކުގެ ސަބަބުން އެ ގަސްތައް ހެދި ބޮޑުވުމަކަށް ތަނެއް ނުދިން.


ދެން އެކަލޭގެފާނު އެއްވެފައި ތިބި މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠ދަހި މީހަކު ކަމުގައި ނުވެ އުޅެވޭތޯ ބަލާ. މީހަކު ކިތައްމެ ބޮޑު ފައިސާ ވެރިޔަކު ކަމުގައި ވެ އަދި އެމީހާޔަށް ގިނަ މުދާތައް ވާކަމުގެ ސަބަބުން އެމީހާއީ ފުރިހަމަ ޙަޔާތެއް ލިބިފައިވާ މީހަކަށް ނުވާނެ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠މިފަދަ މީހެއްގެ މިސާލަކީ ތިމާގެ އަމިއްލަ ފައިދާއަށްޓަކައި ދުނިޔެވީ މުދާތައް އެއްކޮށް މުއްސަނދި ވި ނަމަވެސް މާތްރަސްކަލާނގެ ކުރިފުޅުމަތީ އެއްވެސް އެއްޗެއްނެތް ފަޤީރަކު ފަދައިން ވާ މީހެއްގެ މިސާލު.⁠“


ބަލައިގެން އުޅޭ. ނޫނީ ކަލޭމެންގެ ހިތްތައް ފާފަވެރި ދިރިއުޅުމެއްގެ ތެރެއަށް ވެއްޓިދާނެ. އޭރުން ރާބޮއިގެން އަމަލު ވުމާއި ދިރިއުޅުމުގެ އުނދަގޫތަކާއި ހާސްކަން ކުރިމަތި ވާނެ. ދެން ކަލޭމެން ހީވެސް ނުކޮށް ނުވިސްނާ ތިއްބާ އެދުވަސް އައިސް


ކަށިގަސްތަކުގެ ތެރެއަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑު އިވި ނަމަވެސް އެބައިމީހުންގެ އަމިއްލަ ކަންތައްތަކާއި މުދަލާއި ފައިސާއާއި އަދި ދުނިޔެވީ އެދުންތަކުގެ ސަބަބުން އެބައިމީހުންގެ ހިތުގައި މާތްރަސްކަލާނގެ ބަސްފުޅުތަކަށް ތަނެއް ނުދޭ ރޫޙާނީ ގޮތުން ފުރިހަމަޔަށް ބޮޑު ނުވާ މީހުންގެ މިސާލު.


މަންދޫބުން މީސްތަކުންގެ ގައިގައި އަތްލުމުން އެމީހުންނަށް މާތްރޫޙުފުޅު ލިބެމުން ދާ ތަން ސައިމަންއަށް ފެނުނެވެ. ދެން އޭނާ ވެސް އެ ބާރު ލިބިގަތުމަށް ބޭނުންވެ އީސާގެފާނުގެ މަންދޫބުންގެ އަތަށް ލާރި ދީފައި އޭނާ ބުންޏެވެ.


އެކަލޭގެފާނު ޤުރުބާންވެ ވަޑައިގަތީ އަހަރެމެންގެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުންނެވެ. އެއީ ޒަމާނުގައި އެކުލެވޭ ފާހިޝް ކަންތަކުން މީސްތަކުން ސަލާމަތް ކޮށް ދެއްވުމަށް އުޑުގައި ވޮޑިގެންވާ ބައްޕާފުޅު، މާތްރަސްކަލާނގެ، ރާއްވަވާފައިވާ ގޮތުގެ މަތިންނެވެ.


އެ ދުވަސްތަކުގައި ތިޔަބައިމީހުން ބަލަމުން ދިޔައީ ދުނިޔޭގައި ވީ ނުބައި ގޮތްތަކަށެވެ. އަދި ކިޔަމަންތެރި ވެވުނީ ޝައިތާނާއަށެވެ. މުޅި ދުނިޔޭގެ މައްޗަށް އޭނާގެ ބާރު ހިންގައެވެ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އުރެދޭ ހުރިހާ އެންމެންގެ މައްޗަށް އެ ޝައިތާނާގެ ރޫޙުގެ ބާރު ފޯރުވާނެއެވެ.


މިދުނިޔޭގައި ވީ މުއްސަނދި މަހުޖަނުންނަށް އަންގާށެވެ. މުއްސަނދި ކަމުގައި ބޮޑާވެގެން ނުދާށެވެ. އަދި އެބައިމީހުންގެ ފައިސާތަކަށް އިތުބާރު ނުކުރާށެވެ. އިސާހިތަކު އެތަކެތި ފަނާވެ ހިނގައިދާނެއެވެ. އެކަމަކު ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއާއިމެދު އިތުބާރު ކުރާށެވެ. އަހަރެމެންގެ އުފާވެރި ކަމަށްޓަކައި އިންތިހާ ދަރަޖައިގެ އެ ނިޢުމަތް ދެއްވީ އެކަލާނގެއެވެ.


ސަބަބަކީ ދެމާސް ދުނިޔޭގައި ވީ ތަކެއްޗަށް އޮތް ލޯތްބަކާ ހެދި އަހަރެން ދޫކޮށް ތިސަލޯނިކާއަށް ހިނގައްޖެއެވެ. ކިރީސްކީސު ވަނީ ގަލާތިޔާއަށް ގޮސްފައެވެ. އަދި ތީތުސް ދިޔައީ ދަލްމާތިޔާއަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ