Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 13:21 - ކިތާބުލް މުޤައްދަސާ

21 ނަމަވެސް އެމީހުންގެ ހިތުގައި އެ އުނގެނުންތައް ފުންކޮށް ހަރުލާފައި ނުވޭ. ވީމާ އެމީހުންނަށް އެބަސްފުޅުތަކުގައި ހިފެހެއްޓިގެންވީ ކުރު މުއްދަތެއްގައި. އެމީހުންގެ މިސާލަކީ އަހަރެންގެ ބަސްތައް ގަބޫލު ކުރުމަށް ފަހު މުސީބާތްތައް ކުރިމަތިވުމުގެ ސަބަބުން އީމާންތެރިކަމުން އެއްކިބާވެގެންވާ މީހުންގެ މިސާލު.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 13:21
47 ပူးပေါင်းရင်းမြစ်များ  

ވަގުން ހަސަދަވެރިވާނީ އަނެއް ވަގުކަލޭގެ ވަގަށް ނަގައިގެން ގެންނަ ތަކެއްޗާ މެދުގައެވެ. ހެޔޮމީހާ ހުންނާނީ އޭނާގެ އަމިއްލަ ދެފައިމަތީގައެވެ. މޭވާއަޅާ ގަހެއް ފަދައިންނެވެ.


ނުބައިކަންތަކުން ރައްކާތެރިކަމެއް ނުލިބެއެވެ. ޞާލިޙުކަން މަތީ ހުންނަމީހާ ފުނަށް މޫފައިބާފައި ހުރި ގަހެއް ފަދައެވެ.


ތިޔަބައިމީހުން އަހަރެންނަށް އީމާންވުމުން އެންމެހާ މީސްތަކުން ތިޔަބައިމީހުން ދެކެ ނަފްރަތު ކުރާނެ. ނަމަވެސް އެ އީމާންތެރިކަމުގައި ފަހުވަގުތާ ހަމަޔަށް ތިޔަބައިމީހުން ދެމިތިބެއްޖެ ނަމަ، ތިޔަބައިމީހުން ދިންނަވާނެ.


އަދި އަހަރެން މިކުރާ ކަންތަކުގެ ސަބަބުން އަހަރެން ދެކެ ނުރުހުންތެރިކަމެއް ނުވާ މީހުންނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާނެ.⁠“


ހިލަ ބިމުގެ މައްޗަށް އެޅުނު އޮށްތަކުގެ މާނައަކީ ކޮބައި؟ އެ އޮށްތަކުގެ މާނައަކީ މާތްރަސްކަލާނގެ ބަސްފުޅުތައް އުނގަންނައި ދެއްވުމުން އުފަލާއިއެކު އެބަސްފުޅު ގަބޫލުކުރި މީހުންގެ މިސާލު.


އެމީހުން މިކަމާ ދެކޮޅުވެ ނުރުހުން ވެގެން އުޅެން ފެށުމުން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ނަބީއަކަށް އޭނާގެ އަމިއްލަ ރަށާއި އާއިލާ ފިޔަވައި އެހެން ހުރިހާތަނަކުން ޢިއްޒަތާ ޤަދަރު ލިބޭނެ.⁠“


ނަމަވެސް އިރުގެ ހޫނުކަން ލިބުމުން ގަސްތަކުގެ މޫތައް ހިފަހައްޓާނޭ ފުންކަން ފަސްގަނޑުގައި ނެތުމުގެ ސަބަބުން ގަސްތައް މިލައި ހިކިގެން ދިޔަ.


ނަމަވެސް އީމާންތެރިކަމުގައި ފަހުވަގުތާ ހަމަޔަށް ތިޔަބައިމީހުން ދެމިތިބެއްޖެ ނަމަ، ތިޔަބައިމީހުންނަށް ދިންނެވުން ލިބޭނެ.


އެވަގުތު އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠މި ރޭ ނިމުމުގެ ކުރިން އަހަރެންނާ ހެދި ތިޔަ އެންމެން ވިއްސިވިހާލިވެގެން ދާނެ. އެހެނީ މާތްވެގެންވާ ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ: ’⁠ތިމަންކަލާނގެ ހުއިހައްޕާމީހާ ޤަތުލު ކުރާނަމޭ. އަދި ކަންބަޅިތައް އެތަންމިތަނަށް ފަތުރާލާނަމޭ.⁠‘


އެ ހިނދު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠އެންމެން ސާހިބާ ދޫކުރައްވައި ދިޔަކަމުގައި ވިޔަސް އަޅުގަނޑު ސާހިބާ ދޫކޮށް ނުދާން.⁠“


ނަމަވެސް އެ ބަސްފުޅާމެދު އެބައިމީހުން ފުންކޮށް ނުވިސްނާނެ. އަދި ކުޑަވަގުތުކޮޅަކަށް އެބަސްފުޅު ހިތުގައި ހަރުލާ މީހުން. އަދި މި ބަސްފުޅު ގަބޫލު ކުރުމުގެ ސަބަބުން ދިރިއުޅުމުގެ މުސީބާތާ، އަނިޔާ ކުރިމަތިވެ ދާހިނދު އެބަސްފުޅު ދޫކޮށްލާ މީހުން.


ހިލަބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އަދި އުފަލާއި އެކު އެބަސްފުޅުތައް ގަބޫލު ކުރި ނަމަވެސް އެބައިމީހުންގެ ހިތުގައި އެކަލާނގެ ބަސްފުޅުތައް ހަރުނުލުމުގެ ސަބަބުން އެމީހުން ހަމައެކަނި ކުޑަ ވަގުތު ކޮޅަކަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރު ކޮށް އުނދަގޫތަކާ ދިމާވުމުން އެކަލާނގެ ކިބަފުޅަށް ކުރަންވީ އިތުބާރު ކުރުން ހުއްޓާލާ މީހުންގެ މިސާލު.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން ތެދަށް ބުނަން، ކަލޭމެން އަހަރެން ތިޔަ ހޯދަނީ އަހަރެން ދެއްކި މުޢުޖިޒާތުގެ މާނަ އެނގި ވިސްނިގެންނެއް ނޫން. ކަލޭމެން އަހަރެން ތިޔަ ހޯދަނީ ކަލޭމެން ކާނެވަރަކަށް ކާންލިބުމުގެ ސަބަބުން.


އަދި އަހަރެމެން އީސާގެފާނަށް އީމާންވުމުން، އަހަރެމެންނަކީ، ޚިތާނު ކުރެވިފައި، ނުވަތަ ނުކުރެވިވާ ބަޔަކުތޯއެއް މާތްރަސްކަލާނގެ ނުބައްލަވައެވެ. އެއީއަކީ އެކަލާނގެ ކިބަފުޅަށް އެއްގޮތަކަށް ވެސް މުހިންމު ކަމެއް ނޫނެވެ. މުހިންމު ކަމަކީ ކަލޭމެން މީހުންދެކެ ވާލޯބީގެ ސަބަބުން، ކަލޭމެންގެ ކިބައިގައިވާ އީމާންތެރިކަން، ފާޅުވެ އެނގި ފެނިގެން ދިއުމެވެ.


ކަލޭމެންނަށް ޚިތާނު ކުރުމަށް މަޖުބޫރުކުރަމުން އެދާ މީހުން އެކަން އެކުރަނީ ހަމައެކަނި މީހުންގެ ކުރިމަތީގައި މާ ރަނގަޅުބަޔަކަށް ވުމަށެވެ. އެމީހުން އެގޮތަށް އެކަންތައް ކުރަނީ އަލްމަސީޙު ދެއްކެވި ގޮތަށް ކަންތައް އުގަންނައި ދިނުމުން އެމީހުންނަށް ލިބިދާނެ އަނިޔާއަކުން ސަލާމަތް ވެ ގަތުމަށެވެ.


ޚިތާނު ކުރުމާއި ނުކުރުމަކީ އެއްވެސް މާނައެއް ހުރި ކަމެއް ނޫނެވެ. މުހިންމު ކަމަކީ އަހަރެމެންނަކީ ބަދަލުވެފައިވާ އާ ބަޔަކަށް ވުމެވެ.


އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުން ތިޔަބައިމީހުންގެ ހިތްތަކުގައި އަލްމަސީޙު ވުމަށެވެ. އަހަރެންގެ ދުޢާއަކީ ތިޔަބައިމީހުންގެ ކިބައިގައި ލޯބި މޫލައި އަށަގެންފައި ވުމެވެ.


އަހަރެން ޔަޤީން ކުރާ ގޮތުގައި މާތްރަސްކަލާނގެ ތިޔަބައިމީހުންގެ މެދުގައި ހެޔޮ ކަންތަކެއް ފައްޓުވައި ދެއްވައިފިއެވެ. އަދި އީސާ އަލްމަސީޙުގެ އެނބުރި ވަޑައިގަތުމާއި ހަމައަށް އެކަލާނގެ މި މަސައްކަތް ފުރިހަމަ ކުރެއްވުމުގައި ދެމިވޮޑިގެންވާނެއެވެ.


ތިބާއަށް އެނގޭނޭ ފަދައިން މިތަނަށް އޭޝިޔާ ސަރަހައްދުން އައި މަސީޙީ ޖަމާޢަތުގެ އެންމެން އަހަރެންނާ ދެކޮޅުވެ އަހަރެންނާ އެކަހެރިވެއްޖެއެވެ. އޭގެ ތެރޭގައި ހިމެނޭ ފިގޭލު އާއި ހެރުމޮޖޭނު ވެސް ހެދީ އެހެންނެވެ.


ސަބަބަކީ ދެމާސް ދުނިޔޭގައި ވީ ތަކެއްޗަށް އޮތް ލޯތްބަކާ ހެދި އަހަރެން ދޫކޮށް ތިސަލޯނިކާއަށް ހިނގައްޖެއެވެ. ކިރީސްކީސު ވަނީ ގަލާތިޔާއަށް ގޮސްފައެވެ. އަދި ތީތުސް ދިޔައީ ދަލްމާތިޔާއަށެވެ.


އަހަރެމެން ހުރިހާ އެންމެންނަށް ގިނަފަހަރަށް ކުށަށް އަރައިގަނެވެއެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން ދޫ ރައްކާތެރި ކުރާ މީހާއަކީ ފުރިހަމަ ގޮތުގައި އޭނާގެ އަމިއްލަ ނަފްސު މައްޗަށް ބާރު ފޯރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާއެވެ.


އަދި ތިޔަބައިމީހުންނަށް ދިންނެވުން ލިބެންދެން އެކަލާނގެ ތިޔަބައިމީހުން ރައްކާތެރި ކޮށްދެއްވަނީ އެކަލާނގެ ކުޅަދުންވަންތަ ކަމާމެދު ތިޔަބައިމީހުންގެ އޮންނަ އީމާންތެރިކަމުންނެވެ. އެ ދިންނެވުން ތިޔަބައިމީހުން އެންމެންނަށް ފައުޅުވެގެންދާނީ ޤިޔާމަތާއި ހަމައިންނެވެ.


ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދަނީ ކޮން ތަނެއްގައިކަން އަހަރެންނަށް އެނގޭ. އަދި އެއީ އެތަނެއްގައި ޝައިތާނާގެ ތަޚުތު ބެހެއްޓިފައި ހުރި ތަން ވެސްމެ. ނަމަވެސް ތިޔަބައިމީހުން އަހަރެންނަށް ތެދުވެރިވީމު. އަދި އަހަރެންގެ ވަފާތެރި ހެކިވެރިޔާ ކަމުގައިވާ އަންތިޕާސް ތިޔަބައިމީހުންގެ ތެރޭގައި އުޅުނު ހިނދު އެތަނެއްގައި ޝައިތާނާ ދިރިއުޅެމުން ގެންދާ ތިޔަބައިމީހުންގެ ސަހަރުގައި އަންތިޕާސް ޝަހީދުކުރެވުނު. އެހެނަސް އަހަރެންނާއިމެދު ތިޔަބައިމީހުންގެ ކިބައިގައި ހުރި އީމާންތެރިކަން ދޫކޮށްނުލަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ