މައްތާ 13:17 - ކިތާބުލް މުޤައްދަސާ17 އަހަރެން މިބުނަނީ ތެދެއް. ގިނަ ނަބީބޭކަލުންނާއި ސާލިޙުބޭކަލުން މިހާރު ތިޔަބައިމީހުން ދެކެމުން ދާ ތިޔަ ކަންތައްތައް ދުށުމަށް އެދިގެންވި. ނަމަވެސް އެފަދަ ކަންތައްތައް އެބޭކަލުންނަކަށް ނުފެނުނު. އަދި ތިޔަބައިމީހުން މިހާރު އަޑުއަހަމުން ގެންދާ ކަންތައްތައް އަޑުއެހުމަށް އެބޭކަލުން އެދިގެންވި. ނަމަވެސް އެބޭކަލުންނަކަށް ނުއިވުނު.“ အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެއަށް އީމާންތެރިކަން މަތީ ތިއްބެވި އެ އެންމެ ބޭކަލުން އަވަހާރަވެ ދިޔައީ އެބޭކަލުންގެ ޙަޔާތްޕުޅުގައި އެބޭކަލުންނަށް ވަޢުދުކުރެވުނު އެއްޗެއް ލިބިވަޑައި ނުގެން ކަމުގައި ވިޔަސް އެބޭކަލުންގެ އީމާންތެރިކަމެއް ދުލެއް ނުކުރައްވައެވެ. އެހެނީ އެބޭކަލުންނަށް ވަޢުދު ކުރެއްވުނު ހުރިހާ ތަކެއްޗެއް ފެނިވަޑައިގެންފައެއް ނުވެއެވެ. އެކަންތައް އެބޭކަލުންނަށް ފެނިވަޑައިގަތީ ދުރުދުރުންނެވެ. އެހެންނަމަވެސް އެބޭކަލުން އެތަކެއްޗަށް މަރުހަބާ ވިދާޅުވިއެވެ. އެބޭކަލުން ދުނިޔެ މަތީގައި އުޅުއްވާފައި ވަނީ ބީރައްޓެހިންނާއި ރެފިއުޖީންގެ ގޮތުގައި ކަމަށް އެމީހުން އެއްބަސްވިއެވެ.