Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 13:11 - ކިތާބުލް މުޤައްދަސާ

11 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ޚިޔާރު ކުރެވިފައި ވަނީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ސިއްރުތައް ދެނެގަތުމަށް ޓަކައި. ނަމަވެސް އަނެކުންނަށް އެފަދަ ސިއްރުތައް އެނގިގެންނުވޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 13:11
40 ပူးပေါင်းရင်းမြစ်များ  

އީސާގެފާނުގެ އަސްޙާބީން އައިސް އެކަލޭގެފާނު އަރިހުން އެއްސެވިއެވެ. ”⁠މީސްތަކުންނަށް އުނގަންނަވައި ދެއްވުމުގައި ކަލޭގެފާނު މާނަފުން ވާހަކަ ބޭނުން ކުރައްވަނީ ކީއްވެތޯ؟⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ ޔޫނުސްގެ ދަރި ޝަމްއޫނު. ތިބާއަށް ބަރަކާތްހުރި. އެހެނީ އެއްވެސް މީހަކު އެކަން ތިބާއަށް ހާމަކޮށްދީފައި ނުވޭ. އަހަރެންނަކީ ކާކުކަން ތިބާއަށް އަންގައިދިނީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު.


އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ތި ބުނާގޮތަށް ހުރިހާ އެންމެންނަކަށް ކަންތަކެއް ނުކުރެއްވޭނެ. ނަމަވެސް އެގޮތަށް ކަންތައް ކުރެއްވޭނޭ ބައެއްމީހުން މާތްރަސްކަލާނގެ ލެއްވެވި.


އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ޔަޤީންކަމާއެކު އަހަރެންގެ ތަށިން ބޮއިފާނެ! ނަމަވެސް އަހަރެންގެ ކަނާތް ފަރާތުގައްޔާއި އަދި ވާތް ފަރާތުގައި އިށީނދެ ތިބޭނޭ ފަރާތެއް ޚިޔާރު ކުރުމުގެ ޙައްޤު އަހަރެންނަށް ލިބިގެން ނުވޭ. އެ މަޤާމު މިލްކުވެގެން ވަނީ އަހަރެންގެ ބައްޕާފުޅު ތައްޔާރު ކުރައްވާ ފަރާތްތަކަށް.⁠“


ނަމަވެސް އަހަރެންގެ ކަނާއަތް ފަރާތުގަ އާއި ވައަތް ފަރާތުގައި ބައިންދާނީ ކާކުކަން ޚިޔާރު ކުރުމުގެ ޙައްޤެއް އަހަރެންނަކަށް ލިބިގެންނުވޭ. މާތްރަސްކަލާނގެ އެތަންތަން ތައްޔާރު ކުރައްވާފައި ވަނީ އެކަލާނގެ ޚިޔާރު ކުރައްވާ ބަޔަކަށް.⁠“


”⁠ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ސިއްރު ހާމަކޮށްދެއްވައިފި. އެހެނަސް ތިޔަބައިމީހުން ނޫން އެހެނިހެން މީސްތަކުންނާއި އަހަރެން މުޚާތަބު ކުރާހިނދު އަންގައިދޭނީ މާނަފުން ވާހަކަތަކުން.


އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅާ ބެހޭ ސިއްރުފުޅުތައް ކަލޭމެންނަށް ހާމަ ކުރައްވައިފި. އަހަރެން އެހެން މީހުންނާއި ވާހަކަ ދައްކަނީ މާނަފުން ވާހަކަތަކުން. އެއީ ލިޔެވިގެންވާ ފަދައިން: ’⁠އެމީހުންނަށް ފެނުނު ކަމުގައި ވިޔަސް ނުފެނުމެކޭ އެއްވަރޭ. އަދި އެމީހުންނަށް އަޑު އިވުނު ކަމުގައި ވިޔަސް ނުވިސްނޭ.⁠‘


އަދި އީސާގެފާނު ވިދާޅުވިއެވެ. ”⁠ކުރިން ވެސް އަހަރެން ބުނި ފަދައިން، ބައްޕާފުޅު ގެނެސްދެއްވި މީހަކު ފިޔަވާ އެހެން އެއްވެސް މީހަކަށް އަހަރެންގެ ގާތަކަށް ނާދެވޭނެ.⁠“


މާތްރަސްކަލާނގެ އަންގަވާގޮތަށް ކަންތައް ކުރަން އެދޭ މީހަކަށް އަހަރެން މި ބުނެދޭ ތަކެއްޗަކީ މާތްރަސްކަލާނގެ އެންގެވުންތައްކަން ހާމަވެގެންދާނެ. އަދި މިއީ އަހަރެންގެ އަމިއްލަ ބަސްތަކެއް ނޫންކަން ވެސް އެނގިގެންދާނެ.


އަހަރެމެން ދެއްކި ވާހަކަ އަޑު އެހި އަންހެނުންގެ ތެރެއިން އެކަކީ އަގުބޮޑު ފޮތީގެ ވިޔަފާރި ކުރާ ލީދިޔާއޭ ނަމަކަށް ކިޔުނު ތިޔާތިރާގެ މީހެކެވެ. މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަންކޮށް އުޅުނު މީހެކެވެ. އެދުވަހު މާތްރަސްކަލާނގެ ޕައުލް ދައްކަމުން ދިޔަ ވާހަކަތައް އެހުމަށް އޭނާގެ ހިތް ތައްޔާރު ކުރެއްވިއެވެ.


ތިޔަބައިމީހުންގެ ހިތްއަލިކުރެއްވުން އެދި އަހަރެން ދުޢާ ދަންނަވަމެވެ. އޭރުން އެކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކަށް ދެއްވުމަށް އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވި އުންމީދަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގިގެންވާނެއެވެ. އަދި އެކަލާނގެ މުޤައްދަސްކުރެއްވި ފަރާތްތަކަށް އެކަލާނގެ ދެއްވާ ތަރިކައިގެ މަތިވެރިކަމާއި މުއްސަނދިކަން ތިޔަބައިމީހުންނަށް ވިސްނޭނެއެވެ.


މާތްރަސްކަލާނގެ އެކަލާނގެ މަގުސަދުގެ ސިއްރު އަހަރެމެންނަށް ދައްކުވައި ދެއްވައިފިއެވެ. މިއީ އެކަލާނގެ އެދިވޮޑިގަންނަވާ ގޮތް ވެސް މެއެވެ. އަދި މި ކަންތައްތައް އެކަލާނގެ ރާއްވަވާފައި ވަނީ އަލްމަސީޙު މެދުވެރި ކުރައްވައެވެ.


މިބަސްފުޅުތަކުގައި ވަންހަނާވެގެންވީ ވަރަށް ބޮޑު ސިއްރެއް އުނގަންނައި ދެއްވާފައިވެއެވެ. މި ބަސްފުޅުތައް އުނގަންނައި ދެއްވަނީ އަލްމަސީޙާއި މަސީޙީ ޖަމާޢަތާއި ދެމެދުގައިވާ ގުޅުމުގެ މައްޗަށްކަން އަހަރެންނަށް ދޭހަވެއެވެ.


އަދި އަހަރެންނަށްޓަކައި ވެސް ދުޢާ ކޮށްދޭށެވެ. އެއީ ބަސްބުނުމަށް އަހަރެން ތައްޔާރުވާހިނދު ބިރުވެތިނުވެ ހެޔޮ ބަސް ބުނުމުގެ ކުޅަދާނަކަން މާތްރަސްކަލާނގެ ދެއްވުމަށެވެ. އޭރުން ހެޔޮޚަބަރުފުޅާއި މެދުގައި ވީ ސިއްރު ފައުޅުކުރުމުގެ ހިތްވަރު އަހަރެންނަށް ލިބިދެއްވާނެއެވެ.


އަހަރެންގެ މަގުސަދަކީ އެމީހުންނަށް ހިތްވަރު ދިނުމެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ލޮބުވެތިވެ އެއްބައިވަންތަކަމާއެކު ގުޅި ލާމެހިފައިވުމެވެ. އަހަރެންގެ އެދުމަކީ އެމީހުންނަށް މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ރޭވުންތަކާ ބެހޭ ޚަބަރުތައް ކަމަށްވާ އަލްމަސީޙާ ބެހޭ ޚަބަރުތައް، އެމީހުންނަށް ފުރިހަމައަށް ޔަޤީންކުރެވި އޮޅުންފިލުވައި ދިނުމެވެ.


އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.


މިހާރު ތިޔަބައިމީހުންގެ މައްޗަށް ފާޅުވެފައިވާ އީމާންކަމުގެ ސިއްރުތަކުގައި ޒަމީރުގެ ސާފުކަމާއެކު ވަރުގަދައަށް ހިފަހައްޓަ ތިބޭށެވެ.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތު ވޭތުކުރުމުގެ ޙިކުމަތް ކަލޭމެންގެ ތެރެއިން އެއްވެސް މީހަކަށް ލިބިގެންނުވާނަމަ އެކަލާނގެ ކިބަފުޅަށް އެމީހަކު އެދި ދަންނަވާށެވެ. އަދި އެފަދައިން އެދޭ ހުރިހާ އެންމެންނަށް ފާޑުކިޔުމެއްނެތި ދީލަތިކަމާއެކު އެކަލާނގެ ޙިކުމަތް ދެއްވާނެއެވެ.


ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ދެއްވިއެވެ. މިގޮތުން ތިޔަ ހުރިހާ އެންމެންނަށް ތެދު ޙަޤީޤަތަކީ ކޮބައިކަން އެނގިގެން ވެއެވެ.


ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ލެއްވިއެވެ. އަދި އެ މާތްރޫޙުފުޅު ތިޔަބައިމީހުންނާއި އެކުގައި ވުމުން އިތުރު އެދުރެއްގެ އުނގަންނައިދިނުމެއް ތިޔަބައިމީހުންނަކަށް ބޭނުމެއް ނުވެއެވެ. މާތްރަސްކަލާނގެ މާތްރޫޙުފުޅުން ޙައްޤު ތެދުމަގަކީ ކޮބައިކަން އަންގަވައި ދެއްވައެވެ. އަދި މާތްރަސްކަލާނގެ އެ މާތްރޫޙުފުޅު ތިޔަބައިމީހުންނަށް އެންމެހާ ތަކެތި އުނގަންނައި ދެއްވައެވެ. އެހެންވީމާ، އަލްމަސީޙާއި އެކުގައި ޙަޔާތް ވޭތުކުރުމުގައި ކުރިއަށް ދާށެވެ. އެއީ އެމަތިވެރި ރޫޙުފުޅު ތިޔަބައިމީހުންނަށް އުނގަންނައި ދެއްވިގޮތުގެ މަތިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ