މައްތާ 12:7 - ކިތާބުލް މުޤައްދަސާ7 ބާވައިލެއްވި ފަތްފުށްތަކުގައި ބަޔާންވެގެންވޭ. ’ތިމަންކަލާނގެ އެދިވޮޑިގަންނަވަނީ ޖަނަވާރުގެ ޤުރުބާނަކަށް ވުރެން އަނެކުންނަށް ތިޔަބައިމީހުން ރަޙުމު ކުރުމަށެވެ.‘ މިބަހުގެ މާނަ ތިޔަބައިމީހުންނަށް އެނގޭނަމަ، ތިޔަބައިމީހުން ކުށެއް ނެތް މަޢުސޫމު މީހަކަށް ތުހުމަތެއް ނުކުރާނެ. အခန်းကိုကြည့်ပါ။ |
އަދި މާތްރަސްކަލާނގެ ކިބަފުޅަށް އެމީހެއްގެ މުޅި ހިތުންނާއި އެމީހެއްގެ މުޅި ބުއްދީންނާއި އެމީހަކަށް ލިބިފައިވާ އެންމެހާ ބާރަކުން ލޯބިވާށެވެ. އަދި އެމީހެއްގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން އެމީހެއްގެ އަވަށްޓެރިޔާ ދެކެ ވެސް ލޯބިވާން ވާނެ. ޤުރުބާނީ އަށިމަތީގައި އަންދައި ނުވަތަ ހުށަހަޅާ އެހެނިހެން ޤުރުބާނީތަކަށް ވުރެން ވެސް މުހިންމު ވެގެން ވަނީ މިކަންތައްތައް.“
ޖެރޫސަލަމުގެ މީހުންނާއި އަދި އެމީހުންގެ ވެރިންނަކަށް އީސާގެފާނަކީ ކޮން ބޭކަލެއް ކަމެއް ނުވިސްނުނު. އަދި ރަސޫލުންނާއި ނަބީން މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވާފައިވާ ބަސްފުޅުތައް ލިޔެވިގެންވީ ފޮތުން ކޮންމެ ސަބަތުގެ ދުވަހެއްގައި އެމީހުން ކިޔަވާ އާޔަތްތަކެއް ވެސް އެމީހުންނަކަށް ނުވިސްނޭ. ނަމަވެސް ހަމަ އެ ބަސްފުޅުތަކުގައި ލިޔެވިގެންވީ ފަދައިން އެމީހުން އެކަލޭގެފާނު ކުށްވެރިކުރި. އަދި އެ ގޮތުން އެ ބަސްފުޅުތަކުގައި ވީ ފަދައިން ހުރިހާކަމެއް ފުރިހަމަވެ ދިޔަ.
އެކަމަކު ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެއަށް ޤުރުބާންކޮށް ވެދުން ހުށަހެޅީމަ އެކަލާނގެ މާބޮޑު އުފާފުޅެއް ވޭތަ؟ އެކަލާނގެއަށް ޤުރުބާނީއެއް ހުށަހެޅުމަށް ވުރެން އެކަލާނގެއަށް މުހިންމީ ކިޔަމަންތެރިކަން. ފިރިހެން ކަންބަޅިއެއްގެ ބޮޑު ސަރުބީގަނޑެއް އަންދައި އެކަލާނގެ އަށް ކުރާ ވެދުމަކަށް ވުރެން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާ ކުރުން މާ މުހިންމު.