މައްތާ 12:49 - ކިތާބުލް މުޤައްދަސާ49-50 އެކަލޭގެފާނުގެ އަސްޙާބީންނަށް އިޝާރާތް ކުރައްވައި އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަރެންގެ މަންމައާއި ކޮއްކޮމެން މިތިބީ! ޙަޤީޤަތުގައި އަހަރެންގެ ކޮއްކޮމެންނާއި އަދި އަހަރެންގެ މަންމައަކީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު އެދި ވޮޑިގަންނަވާ ފަދައިން އަމަލުކުރާ ކޮންމެ މީހެއް.“ အခန်းကိုကြည့်ပါ။ |
އަދި އަވަހަށް ގޮސް އެކަލޭގެފާނުގެ އަސްޙާބީންނަށް މި ޚަބަރުފުޅު ދީ. ’އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެންފިއޭ. ތިޔަބައިމީހުންނަށް ވުރެން ކުރިން އެކަލޭގެފާނު ގަލީލީއަށް ވަޑައިގަންނަވާނެ އޭ. އަދި ތިޔަބައިމީހުންނަށް އެކަލޭގެފާނު އެތަނުން ފެނިވަޑައިގަންނަވާނެ އޭ.‘“ ދެން މަލާއިކަތާ ވިދާޅުވިއެވެ. ”މިއީ ތިޔަބައިމީހުން ގާތު އަހަރެން ބުނިކަން ކަން ހަނދާންކުރާތި.“