Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 12:46 - ކިތާބުލް މުޤައްދަސާ

46 އީސާގެފާނު މީސްތަކުންނާއި ވާހަކަ ދައްކަވަން ހުންނަވަނިކޮށް އެކަލޭގެފާނާއި ވާހަކަފުޅު ދެއްކެވުމަށް ޓަކައި އެކަލޭގެފާނުގެ މައިކަމަނާ އާއި އެކަލޭގެފާނުގެ ފިރިހެން ކޮއްކޮމެން އައިސް އެތަނުގެ ބޭރުގައި ތިއްބެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 12:46
26 ပူးပေါင်းရင်းမြစ်များ  

އީސާ އަލްމަސީޙު އުފަންވެ ވަޑައިގަތް ހާދިސާ ހިނގީ މިފަދައިންނެވެ. އެކަލޭގެފާނުގެ މައިކަމަނާ މަރިޔަމްގެފާނު އޭރު ވަނީ ޔޫސުފު ކިޔާ މީހަކާއި ކައިވެނި ކުރެއްވުމަށް ޓަކައި ރަންކިޔާފައެވެ. ނަމަވެސް އެމީހުން ކައިވެނި ކުރުމުގެ ކުރިން މަރިޔަމްގެފާނު އާލާސްވެ އިންނެވިއެވެ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ.


ކޮންމެވެސް މީހަކު އީސާގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ މަންމާފުޅާއި ކޮއްކޮމެން ބޭރުގައި އެބަތިއްބެވި. އެބޭފުޅުން ކަލޭގެފާނާއި ވާހަކަފުޅު ދެއްކެވުމަށް އެދިވަޑައިގަންނަވާ.⁠“


އޭނާއަކީ އެ ވަޑާންކުރާ މީހާގެ ދަރިއެއް ނޫންތަ؟ އޭނާގެ މަންމާއަކީ މަރިޔަމް. އަދި އޭނާގެ ކޮއްކޮމެންނަކީ ޔާމިޒު އާއި ޔޫސުފާއާއި ސިމްޢާން އަދި ޔަހޫޛާއެއް ނޫންތަ؟


އެއަށް ފަހު އެ ކުއްޖާ އޮތް ގެއަށް އެބައިމީހުން ގޮސް ވަނެވެ. އަދި އެ ކުއްޖާ އޭނާގެ މަންމަ، މަރިޔަމްގެފާނާއި އެކުގައި ވަނިކޮށް އެބައިމީހުންނަށް ފެނިގެން ވިއެވެ. އެބައިމީހުން އެކުއްޖާއަށް ސަޖިދަކޮށް އަޅުކަން ކުރިއެވެ. އެބައިމީހުން ގެނައި ހަދިޔާ ފޮށިތައް ހުޅުވައި އެ ކުއްޖާއަށް ޚަޒާނާގެ ގޮތުގައި ރަނާއި ދުންއަޅާނޭ ހުވަނދާއި އަދި މީރުވަސްދުވާ ތަކެތި ވެސް ދިނެވެ.


އަދި އެ މަލާއިކަތާ ވިދާޅުވިއެވެ. ”⁠ތެދުވޭ. އަދި ތިޔަ ކުއްޖާ އާއި އޭނާގެ މައިކަމަނާ ގޮވައިގެން އިސްރާއީލަށް އެނބުރި ދޭ. ތިޔަ ކުއްޖާ ގަތުލު ކުރުމަށް އެދިގެން ތިބި މީހުން މިހާރު ވަނީ މަރުވެފަ.⁠“


އެއްވެސް މީހަކު އާ ފޮތިކޮޅެއް ނުދޮވެ ބާ ހެދުމެއްގައި ހުންނަ ބާގަނޑަކު ނާޅާނެ. އެހެން ހަދައިފިނަމަ އާ ފޮތިކޮޅު ކުރުގެޅި ބާ ހެދުމުގައި މަރާމާތު ކުރިތަން އިތުރަށް ހަލާކުވާނޭތީވެ.


މިއީ މަރިޔަމްގެ ދަރި އެ ވަޑާންކުރާ މީހާއެއް ނޫންތަ؟ އަދި މިއީ ޔާމިޒާ، ޔޫސުފާ، ޔަހޫޛާ އާ ސިމްޢާންގެ ބޭބެއެއް ނޫންތަ؟ މީނާގެ އަންހެން ކޮއްކޮމެން ދިރިއުޅެނީ މިރަށުގައެއް ނޫންތަ؟⁠“ އަދި އެމީހުން އެކަލޭގެފާނާމެދު ހިތްހަމަ ނުޖެހި އެކަހެރި ކޮށްލެއްވިއެވެ.


އަހަރެންގެ މާތްސާހިބާގެ މަންމާފުޅު އަހަރެންގެ ކައިރިއަށް ޒިޔާރަތް ކުރާފަދަ ޝަރަފެއް އަހަންނަށް މިލިބުނީ ކީއްވެބާ؟


މަރިޔަމްގެފާނާއި ޔޫސުފު އީސާގެފާނާއި މެދު ބުނެވިމިދިޔަ ބަސްތަކުގެ ސަބަބުން ވަރަށް ބޮޑަށް ހައިރާންވިއެވެ.


ދެން ސިމިއޯން އެމީހުންނަށް ބަރަކާތް ލެއްވުމަށް އެދި ދުޢާ ކުރިއެވެ. އަދި މަރިޔަމްގެފާނަށް ބުންޏެވެ. ”⁠މިކުއްޖާއަކީ ބަނީއިސްރާއީލުގެ އެތައްބަޔެއްގެ ނެތި ދިއުން ކަމުގައި އަދި އަނެއްބައެއްގެ މަތިވެރިވުން ކަމުގައި މާތްރަސްކަލާނގެ ލައްވާނެ. މިދަރިފުޅަކީ މާތްރަސްކަލާނގެ މީސްތަކުންނަށް ފޮނުއްވާ އިންޒާރެއް. އެތައްބަޔަކުމެ މި އިންޒާރާއި ދެކޮޅުވާނެ.


މަރިޔަމްގެފާނާއި ޔޫސުފަށް އެކަލޭގެފާނު މިތާނގައި އިންނެވިތަން ފެނުމުން ވަރަށް ބޮޑަށް ހައިރާންވިއެވެ. މަރިޔަމްގެފާނު އެކަލޭގެފާނަށް ވިދާޅުވިއެވެ. ”⁠ދަރިފުޅާ. މަންމަމެން ދަރިފުޅާއި މެދު ވަރަށް ކަންބޮޑުވި. މަންމަމެން ދަރިފުޅު ހޯދުމަށްޓަކައި ނުހޯދާ ތަނެއް ނެތް. ތިޔަފަދަ ކަމެއް މަންމަމެންނަށް ތިޔަކުރީ ކީއްވެ؟⁠“


ދެން އީސާގެފާނު އެބައިމީހުންނާއިއެކު އެނބުރި ނާޒަރަތަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ހުރިހާ ކަމެއްގައި ވެސް އެދެކަނބަލުންނަށް ކިޔަމަންތެރިކަން އަދާކުރެއްވިއެވެ. މަރިޔަމްގެފާނު މި ވެދިޔަ ހުރިހާ ކަންތައްތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަވަމުން ގެންދެވިއެވެ.


އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅާ ބެހޭ ސިއްރުފުޅުތައް ކަލޭމެންނަށް ހާމަ ކުރައްވައިފި. އަހަރެން އެހެން މީހުންނާއި ވާހަކަ ދައްކަނީ މާނަފުން ވާހަކަތަކުން. އެއީ ލިޔެވިގެންވާ ފަދައިން: ’⁠އެމީހުންނަށް ފެނުނު ކަމުގައި ވިޔަސް ނުފެނުމެކޭ އެއްވަރޭ. އަދި އެމީހުންނަށް އަޑު އިވުނު ކަމުގައި ވިޔަސް ނުވިސްނޭ.⁠‘


އީސާގެފާނުގެ ސަލީބުގެ ކައިރީގައި އެކަލޭގެފާނުގެ މަންމާފުޅު މަރިޔަމްގެފާނާއި، އީސާގެފާނުގެ ބޮޑު ދައިތައާއި، ކޮލޮޕާހުގެ އަންހެނުން މަރިޔަމް އާއި، މަރިޔަމް މަގްދަލޭނާ ތިއްބެވެ.


އޭގެ ދެ ދުވަހެއް ފަހުން އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނު ގަލީލީގެ ރަށެއް ކަމުގައި ވީ ޤާނާގައި އޮތް ކައިވެނި ޖާފަތަކަށް ވަޑައިގަތެވެ.


މި ކައިވެނި ޖާފަތުގެ ކަންތަކުން ނިމިގެން އީސާގެފާނު އެކަލޭގެފާނުގެ މަންމާފުޅާއި އެކަލޭގެފާނުގެ ކޮއްކޮއިންނާއި އަދި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ދެތިން ދުވަހަށް ކަޕަރުނައުމްއަށް ވަޑައިގެންނެވިއެވެ.


ނަމަވެސް އީސާގެފާނުގެ މަންމާފުޅު އެގޭގެ ނޯކަރުންނަށް ވިދާޅުވިއެވެ. ”⁠އޭނާ އަންގާ ގޮތަކަށް ކަލޭމެން ކަންތައް ކުރޭ.⁠“


އީސާގެފާނު އެހެން ވިދާޅުވި ނަމަވެސް އެކަލޭގެފާނުގެ ކޮއްކޮމެން ޢީދު ފާހަގަ ކުރުމަށްޓަކައި ދިޔަ ފަހުން އެކަލޭގެފާނު ވެސް ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ. ނަމަވެސް އީސާގެފާނު ވަޑައިގެންނެވީ އެންމެންނަށް ނޭނގޭނެ ފަދަ އެކަހެރި ގޮތަކަށެވެ.


އެހެންވެ އީސާގެފާނުގެ ކޮއްކޮއިން އެކަލޭގެފާނާ ދިމާއަށް މިހެން ބުންޏެވެ. ”⁠ކަލޭ ދާންވީނު ޖުދެއާކަރަޔަށް؟ އޭރުން ކަލޭ ގަބޫލުކޮށް އީމާންވާ ބަޔަކަށް ކަލޭ ތިޔަ ދައްކާ މުޢުޖިޒާތްތައް ފެންނާނެއެއްނު.


އޭރަކު ޚުދު އީސާގެފާނުގެ އެއްބަނޑު ކޮއްކޮމެން ވެސް އެކަލޭގެފާނަކަށް އީމާނެއް ނުވެއެވެ.


މަންދޫބުން ކެނޑިނޭޅި ކޮންމެ ދުވަހަކު ވެސް ޖަމާވެ އެކުގައި ދުޢާ ކުރަމުން ގެންދިޔައެވެ. އެމީހުންނާއި އެކު ދުޢާ ކުރުމަށް އެއްވި މީހުންގެ ތެރޭގައި އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނާއި ބައެއް އެހެން އަންހެނުންނާއި އަދި އީސާގެފާނުގެ އެއްބަނޑު ފިރިހެން ކޮއްކޮއިން ވެސް ހިމެނުނެވެ.


ދެން އިތުރުން އަހަރެން ބައްދަލުކުރި މަންދޫބަކީ އަޅުގަނޑުމެންގެ މާތްސާހިބާ އީސާގެފާނުގެ ކޮއްކޯފުޅު ޔާމިޒުއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ