މައްތާ 12:41 - ކިތާބުލް މުޤައްދަސާ41 ޤިޔާމަތް ދުވަހު ނީނަވާގެ އަހުލުވެރިން ކަލޭމެންނާއި ދެކޮޅަށް ތެދުވާނެ. އަދި އެބައިމީހުން ކަލޭމެން ކުށްވެރި ކުރާނެ. ޔޫނުސްގެފާނު އެބައިމީހުންނަށް ވަޢުޡު އިއްވެވި ހިނދު އެބައިމީހުން މަޢާފަށް އެދި ތައުބާވެ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނު. އަހަރެން ކަލޭމެންނަށް ބުނަން. މިތަނުގައި މިހާރު މިވަނީ ޔޫނުސްގެފާނަށް ވުރެން މާމަތިވެރިވެގެންވާ ފަރާތެއް. အခန်းကိုကြည့်ပါ။ |
ޤިޔާމަތް ދުވަހު ދެކުނުގެ ރާނީ މި ޖީލާއި ދެކޮޅަށް ތެދުވާނެ. އެކަމަނާ ކަލޭމެންގެ ކުށްތައް ދައްކައިދޭނެ. ސަބަބަކީ ސުލައިމާނުގެފާނުގެ ޙިކުމަތްތެރިކަމުގެ ބަސްފުޅު އަޑުއެހުމަށް ޓަކައި އެކަމަނާ ދުނިޔޭގެ އެއްކޮޅުން އަނެއްކޮޅަށް ދަތުރު ކުރެއްވި. ކަލޭމެންނަށް އަހަރެން ބުނަން. މިތަނުގައި މިހާރު މިވަނީ ސުލައިމާނުގެފާނަށް ވުރެން މާމަތިވެރި ބޭކަލެއް.“
ނުބައި އަދި ފާފަވެރި މީސްތަކުން ނިޝާނެއްގެ ގޮތުން މުޢުޖިޒާތަކަށް އެދެމުން ދާނެ. ނަމަވެސް އެފަދަ އެއްވެސް ނިޝާނެއް ނުދެއްކޭނެ. ދައްކައި ދިނުމަކަށް އަހަރެން ބޭނުމެއް ނުވޭ. ޔޫނުސްގެފާނާއި މެދު ހިނގައިދިޔަ ކަންތައްތަކަކީ ތިޔަބައިމީހުންނަށް ޓަކައި ދެއްކެވި ހަމައެކަނި މުޢުޖިޒާތީ އަލާމާތްތަކެއް ކަމަށް ފުދޭނެ.“ މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު އެމީހުން ދޫކުރައްވައި ވަޑައިގެންނެވިއެވެ.
ކުރިއަށް ވާން އޮތްކަމެއްގެ ވާހަކަ މާތްރަސްކަލާނގެ ނޫޙުގެފާނަށް އެންގެވުމުން އެކަންތަކަށް ކިޔަމަންތެރިވެ ވަޑައިގަތީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އަދި ކިޔަމަންތެރި ކަމާއެކު އެކަލޭގެފާނު ނަވެއް ބެންނެވިއެވެ. އެހެންކަމުން އެކަލޭގެފާނާއި އާއިލާ މަރުން ސަލާމަތްވިއެވެ. މާތްރަސްކަލާނގެ ދުނިޔެ މަތީގައި މީހުންގެ މައްޗަށް އަދާލަތު ގާއިމު ކުރެއްވީ މިފަދައިންނެވެ. ނޫޙުގެފާނަށް މާތްރަސްކަލާނގެ އިންޒާރުގެ ބަސްފުޅު އިވިވަޑައިގަތީމާ އެބަސްފުޅު ގަބޫލު ކުރެއްވީ އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އޭގެ ނަތީޖާއަކަށްވީ މުޅި ދުނިޔޭގެ އެންމެން ކުށްވެރިވީ އިރު ނޫޙުގެފާނަށް މާތްރަސްކަލާނގެ ޙަޟްރަތުން ޞާލިޙުއަޅެއްގެ ދަރަޖަ ލިބިވަޑައިގަތުމެވެ. އެއީ އީމާންތެރިންނަށް ލިބޭ މަތިވެރި ދަރަޖައެކެވެ.