Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 12:4 - ކިތާބުލް މުޤައްދަސާ

4 ދާއޫދުގެފާނު މާތްރަސްކަލާނގެ މުޤައްދަސް ފޭލިގެކޮޅަށް ވަދެ ވަޑައިގެންނެވި. އަދި އެކަލޭގެފާނާއި އެކަލޭގެފާނުގެ އެކުވެރިން މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހެޅުއްވުމަށްޓަކައި ބަހައްޓާފައި ހުރި މުޤައްދަސް ބޯރޮށި ފަރީއްކުޅުއްވި. މި ބޯރޮއްޓަކީ އިމާމުން ފިޔަވައި އެހެން މީހަކު ކެއުން މަނާ އެއްޗެއް.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 12:4
11 ပူးပေါင်းရင်းမြစ်များ  

އަދި ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީ މޭޒުމަތީގައި ޙަޟްރަތަށް ހުށަހަޅާ ބޯރޮށިތައް އަބަދުވެސް ބަހައްޓާ. އެއީ އަހަންނަށް ޚާއްސަކުރެވޭ އެއްޗެއް.⁠“


އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިވެގެން ކުރެއްވި ކަންތަކުގެ ވާހަކަ ނުކިޔަންތަ؟


ތިޔަބައިމީހުން ތައުރާތުން ނުކިޔަންތަ؟ އޭގައި ކޮންމެ ސަބަތުގެ ދުވަހެއްގައި އިމާމުން ބައިތުލް މަޤްދިސްގައި ކުރަން ޖެހޭ މަސައްކަތްތަކުގެ ވާހަކަ އަންގަވާފައި ވޭ. ނަމަވެސް އެމީހުން ކުށްވެރިއެއް ނުކުރޭ.


އަބިޔާތަރުގެ އުއްތަމަ އިމާމު ކަމުގެ ދުވަސްވަރުގައި ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިވެ ވަޑައިގެންވީ ހިނދު އެކަލޭގެފާނު މާތްރަސްކަލާނގެ މުޤައްދަސް ފޭލިގެކޮޅަށް ވަދެވަޑައިގެންނެވި. އަދި މާތްރަސްކަލާނގެއަށް ހުށަހެޅުމަށްޓަކައި ވާ ބޯރޮށި ދާއޫދުގެފާނު ނަންގަވާ އެކަލޭގެފާނުގެ އެކުވެރިންނަށް ދެއްވައި އެ ހުރިހާ ބޭކަލުން އެ ރޮށިން ފަރީއްކުޅުއްވި. އެހެނަސް އަހަރެމެންގެ ޤާނޫނު ބުނާ ގޮތުން މި ބޯރޮށި ކެވޭނީ ހަމައެކަނި އިމާމުންނަށް.⁠“


ދާއޫދުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް ޚާއްސަ ކޮށްފައިވާ މާތް ތަނަށް ވަދެ ހަމައެކަނި އިމާމުން ފިޔަވާ އެހެން އެކަކު ވެސް ކެއުން މަނާ ކޮށްފައިވާ ބޯރޮށި ފަރީއްކުޅުއްވި. އަދި އެއިން އެކަލޭގެފާނުގެ އެކުވެރިންނަށް ވެސް ދެއްވި.⁠“


އެކަމަށް ފޭލިގެކޮޅެއް ބިނާ ކުރެވުނެވެ. އެ ފޭލިގެކޮޅުގެ ފުރަތަމަ ބަޔަކީ މާތް މަޤާމުފުޅެވެ. އެތާ ހުރީ ބައްތިއަކާއި މޭޒަކާއެވެ. އެއީ ޙަޟްރަތަށް ހުށަހަޅާ ރޮށި ބަހައްޓާ ތަނެވެ.


އަޚީމަލިކު ބުންޏެވެ. ”⁠އަހަރެންގެ އަތަކު އާދައިގެ ރޮއްޓެއް ނެތް. ހުރީ ކަލާނގެ ނަންފުޅު މައްޗަށް ވެދުން ކުރެވިފައި ހުރި އެއްޗެހި. ކަލޭމެން އަނބިން ގާތު ރޭ ނުކޮށް ސާފުކަން މަތީ ތިބިނަމަ ގެންދޭ.⁠“


އެތާނގައި މާތްރަސްކަލާނގެ ނަންފުޅުމަތީ ބަހައްޓާފައި ހުރި ބޯރޮށިތައް ނޫން އެހެން ކާއެއްޗެއް ނެތުމާ އެކު، އިމާމުކަލޭގެ ހޫނު ރޮށިތައް އެތާ ބެހެއްޓުމަށް ފަހު އެތަނުން ޙަޟްރަތަށް ހުށަހަޅާ ބޯރޮށިތަކެއް ނަގައި ދާއޫދަށް ދީފި އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ