Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 12:39 - ކިތާބުލް މުޤައްދަސާ

39 ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠ނުބައި އަދި ވަފާތެރިކަމެއް ނެތް މީހުން ނިޝާނެއްގެ ގޮތުން މުޢުޖިޒާތަކަށް އެދޭނެ. ނަމަވެސް ކަލޭމެންނަށް ލިބިދީފައިވާ ހަމައެކަނި މުޢުޖިޒާތީ ޢަލާމާތަކީ ނަބީ ޔޫނުސްގެފާނު ދެއްކެވި މުޢުޖިޒާތުގެ ޢަލާމާތް.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 12:39
8 ပူးပေါင်းရင်းမြစ်များ  

އެއްދުވަހަކު އަމިއްތާއިގެ ދަރިކަލުން ޔޫނުސްގެފާނަށް މާތްރަސްކަލާނގެ އެންގެވިއެވެ. ”⁠ބޮޑު ރަށެއްކަމުގައިވާ ނީނަވާގެ މީހުންގެ އުޅުން މާބޮޑަށް ގޯސްވެއްޖެ. އެކަން ތިމަންކަލާނގެ ސަމާލުކަމަށް އަތުވެއްޖެ. އެވާހަކަ އެމީހުންގެ ގާތުގައި ގޮސް ބުނޭ!⁠“


ނުބައި އަދި ފާފަވެރި މީސްތަކުން ނިޝާނެއްގެ ގޮތުން މުޢުޖިޒާތަކަށް އެދެމުން ދާނެ. ނަމަވެސް އެފަދަ އެއްވެސް ނިޝާނެއް ނުދެއްކޭނެ. ދައްކައި ދިނުމަކަށް އަހަރެން ބޭނުމެއް ނުވޭ. ޔޫނުސްގެފާނާއި މެދު ހިނގައިދިޔަ ކަންތައްތަކަކީ ތިޔަބައިމީހުންނަށް ޓަކައި ދެއްކެވި ހަމައެކަނި މުޢުޖިޒާތީ އަލާމާތްތަކެއް ކަމަށް ފުދޭނެ.⁠“ މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު އެމީހުން ދޫކުރައްވައި ވަޑައިގެންނެވިއެވެ.


އީސާގެފާނު ފުން ނޭވާފުޅެއް ލެއްވުމަށް ފަހު ވިދާޅުވިއެވެ. ”⁠މިޒަމާނުގެ މީސްތަކުން މުޢުޖިޒާތީ ޢަލާމާތަށް އެދެނީ ކީއްވެ؟ އަހަރެން ތިޔަބައިމީހުންގެ ގާތު ބުނަންތަ؟ ތިޔަފަދަ ބަޔަކު ޢަލާމާތަކުން ސާބިތު ކުރާނެ އެއްވެސް ކަމެއް ނެތް!⁠“


މި ނުބައި ފާފަވެރި ޒަމާނުގައި އަހަރެންނާއި ބެހޭ ގޮތުންނާއި އަދި އަހަރެންގެ އުނގަންނައިދިނުންތަކާ މެދުގައި ބުނެދިނުމަށް ލަދުވެތިވާނެ ފަރާތްތަކާ މެދު އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ ބައްޕާފުޅު، މާތްރަސްކަލާނގެ ނޫރުފުޅުން މާތްވެގެންވީ މަލާއިކަތުންނާއިއެކު އަލުން އެނބުރި މި ދުނިޔެއަށް އަންނަ ހިނދު އެފަދަ ފަރާތްތަކާމެދުގައި އަހަރެން ލަދުވެތިވާނެ.⁠“


އޭ ބޭވަފާތެރިންނޭވެ! މާތްރަސްކަލާނގެ އާއި އެކަލާނގެ އެންގެވި މަގުން އުޅެމުން ނުދާ ދުނިޔެވީ އުފަލަށް ލޯބިކުރާ މީހުން ފަދައިން ކަލޭމެން ވެސް ޙަޔާތު ވޭތުކުރުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައެވެ. މި ދުނިޔަވީ އުސޫލުތަކުގައި ކަލޭމެން ޝާމިލުވުމަށް އެދޭނަމަ ކަލޭމެން ވަނީ މާތްރަސްކަލާނގެ ޢަދުއްވުންގެ ގޮތުގައި ވެސްމެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ