Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 12:35 - ކިތާބުލް މުޤައްދަސާ

35 ރަނގަޅު މީހުންގެ ހިތުގައި ވާނީ ރަނގަޅު ޚިޔާލުތައް. އަދި އެބައިމީހުން ދައްކާނީ ރަނގަޅު ވާހަކަތައް. ނަމަވެސް ނުބައި ބައެއްގެ ހިތުގައި ވާނީ ނުބައި ޚިޔާލުތައް. އަދި އެބައިމީހުން ދައްކާނީ ނުބައި ވާހަކަތައް.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 12:35
17 ပူးပေါင်းရင်းမြစ်များ  

ނުބައިމީހުންގެ ނަސޭހަތަކީ މަރުގެ ދަންތުރައެކެވެ. ޞާލިޙުންގެ ބަސްތަކަކީ ދިރިހުރުން ލިބިދޭ މަގުތަކެވެ.


ރަނގަޅު ދަނޑިވަޅުގައި ދޭ ރަނގަޅު ޖަވާބަކުން އެންމެން އުފާކުރުވައެވެ.


ތެދުވެރިޔާގެ ހިތުން ޖަވާބެއް ދިނުމުގެ ކުރީގައި ވިސްނާނެއެވެ. ނުބައި މީހާގެ ދުލުން އޮހިގަންނާނީ ނުބައި ބަސްތަކެވެ.


އޯގާވެރި ބަސްތަކަކީ ދިރުންދޭ ގަހެކެވެ. ހީލަތްތެރި ބަސްތަކަކީ ފުރާނައިގެ ހަލާކެވެ.


ހަރުފަތަކުގެ ދަރިންނޭ! ނުބައިވެގެންވާ ބަޔަކަށް ރަނގަޅު ވާހަކައެއް ބުނެވޭނީ ކިހިނަކުން؟ ކަލޭމެންގެ ދުލުން ބުނާ ވާހަކަތަކުން ދައްކައިދޭނީ ކަލޭމެންގެ ހިތުގައިވާ ގޮތް.


އިތުރަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ވީމާ މާތްރަސްކަލާނގެ ރަސްކަންފުޅުގައިވާ މި ތަކެއްޗަށް އީމާންވާ ދީނުގެ ކޮންމެ ދަންނަބޭކަލަކު ވާންޖެހޭނީ ގަދީމީ އަދި އާ ޚަޒާނާތައް ގުދަން ކޮށްފައިވާ ޢިމާރާތެއްގެ ވެރިފަރާތެއް ފަދައިން. އަދި ގަދީމީ ޚަޒާނާތަކާއި އަދި އާ ޚަޒާނާތައް މީސްތަކުންގެ ކުރިމައްޗަށް ނެރެ ދެއްކޭފަދަ މީހެއް ކަމުގައި.⁠“


ރަނގަޅު ގަހެއްގައި އަޅާނީ ރަނގަޅު މޭވާ. ނުބައި ގަހެއްގައި އަޅާނީ ނުބައި މޭވާ.


ރަނގަޅު މީހުންގެ ހިތްތައް ރަނގަޅު ޚިޔާލުތަކުން ފުރިފައި ވާތީ އެމީހުން ރަނގަޅު އަމަލުތައް ކުރޭ. ނުބައިމީހުންގެ ހިތްތައް ނުބައި ޚިޔާލުތަކުން ފުރިފައި ވާތީ އެބައިމީހުން ނުބައި އަމަލުތައް ކުރޭ. ދުލުން ފާޅު ކުރެވެނީ ހިތުގެ އަޑީގައި އުފެދިގެން ނުކުންނަ ބަސްތައް.⁠“


ހަޑިހުތުރު ބަސްތަކުން ތިޔަބައިމީހުންގެ ދޫ ރައްކާތެރިކުރާށެވެ. ވަގުތާ ޙާލަތަށް ބަލައި މީހުންނަށް ފައިދާހުރި ހެޔޮބަސްތަކުން މުޚާތަބުކުރާށެވެ. އޭރުން އެބަސްތަކުގެ އަޑުއިވޭ ފަރާތްތަކަށް ހިތްވަރު ލިބިދޭނެއެވެ.


އީސާއަލްމަސީޙުގެ ރިސާލަތު އޭގެ މުއްސަނދިކަމާއެކު ތިޔަބައިމީހުންގެ ކިބައިގައި އެކުލަވާށެވެ. އަދި އެކަކު އަނެކަކަށް އޭގެ ޙިކުމަތްތައް ކިޔައިދީ ވިސްނައިދީ ހަދާށެވެ. މިއާއެކު މާތްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވައި މަދަހަ ސަނާ ކިޔައި ރޫހާނީ ލަވަޔާއި ތަރާނާތައް ކިޔަމުން ދާށެވެ.


ހިތްގައިމުކަމާއި ޝައުގުވެރިކަން އެކުލެވޭ ގޮތުގައި އެމީހުންނާ ވާހަކަ ދައްކާށެވެ. އޭރުން އެމީހުންގެ ސުވާލުތަކަށް ރަނގަޅުގޮތުގައި ޖަވާބު ދެވޭނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ