Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 12:32 - ކިތާބުލް މުޤައްދަސާ

32 އިންސާނާގެ ދަރިކަލުންނާއި ދެކޮޅަށް ބަސްބުނެހަދާ ފަރާތްތަކުގެ ފާފަތައް ޢަފޫކޮށްދެއްވާނެ. ނަމަވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާއި ދެކޮޅަށް ބަސްބުނެ ހަދާ ފަރާތްތަކުގެ ފާފަތައް މި ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް މައާފެއް ނުލިބޭނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 12:32
35 ပူးပေါင်းရင်းမြစ်များ  

އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން އައީ ރަލާއި އާދައިގެ ކާނާ ކައިގެން. ވީމާ އެމީހުން ބުނޭ. ’⁠ނިކަން ދެކެބަލަ! އޭނާއަކީ ކެއުމަށް ވަރުހުންނަ ރާބޯ މީހެކޭ. އަދި ޓެކްސް ނަގާ މީހުންނާއި އެންމެ ނުބައި ފާފަވެރިންގެ ވެސް އެކުވެރިއެކޭ.⁠‘ ނަމަވެސް، ނަތީޖާއެއްގެ ގޮތުން މާތްރަސްކަލާނގެ ޙިކުމަތްވަންތަކަން ދައްކަވައިދެއްވާނެ.⁠“


ވީމާ އަހަރެން ބުނަންތަ؟ މީސްތަކުން ކުރާ ފާފަތަކާއި ބުނާ މުރުތައްދު ބަސްތައް ވެސް ޢަފޫ ކުރައްވާނެ. އެކަމަކު މާތްރަސްކަލާނގެ މާތްރޫޙުފުޅާއި މެދު ދެކޮޅުވެރިވެ މުރުތައްދު ބަސްތައް ބުނެފި ކަމުގައިވާނަމަ އެކަން ޢަފޫއެއް ނުކުރައްވާނެ.


އެހެނީ އިންސާނާގެ ދަރިކަލުންނަކީ ސަބަތުގެ ދުވަހުގެ ވެސް ވެރިސާހިބާ.⁠“


އަދި ކަށިގަސްތަކުގެ ތެރެއަށް އެޅުނު އޮށްތަކުގެ މިސާލަކީ އެއީ މާތްރަސްކަލާނގެ ބަސްފުޅުތައް އަޑުއިވުނު. އެކަމަކު އެމީހުންގެ ހިތުގައިވާ ދުނިޔަވީ ފިކުރުތަކާއި މުއްސަނދިކަމުގެ ވަސްވާސްތައް އެ ބަސްފުޅުތަކުގެ މައްޗައް އަރައި ފިއްތާލުމުގެ ސަބަބުން އެބަސްފުޅުތަކުގެ އެއްވެސް ފައިދާއެއް ނުލިބުނު މީހުން.


އަދި ދަނޑުގައި ނުބައި އޮށްތައް އިންދި ޢަދުއްވަކީ ޝައިތާނާ. ގޮވާން ކަނޑާނީ އާޚިރަތް ދުވަހުން. އަދި ގޮވާން ކަނޑައިދޭ ފަރާތްތަކަކީ މަލާއިކަތުން.


ވިނަގަސްތައް އެއްތަންކުރެވި އަދި އަންދައިލެވޭނެ. އެއީ ދުނިޔެ ނިމޭހިނދުގައި ކަންތައް ހިނގައިދާނޭ ގޮތް.


އޭނާއަކީ އެ ވަޑާންކުރާ މީހާގެ ދަރިއެއް ނޫންތަ؟ އޭނާގެ މަންމާއަކީ މަރިޔަމް. އަދި އޭނާގެ ކޮއްކޮމެންނަކީ ޔާމިޒު އާއި ޔޫސުފާއާއި ސިމްޢާން އަދި ޔަހޫޛާއެއް ނޫންތަ؟


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ހިޔަޅުތައް އުޅޭނެ ހޮހަޅަތައް ހުރޭ. އުދުހޭ ދޫނިތަކަށް ހާލިތައް ހުރޭ. އެކަމަކު އިންސާނާގެ ދަރިކަލުން ބޯ އަޅާލާނެ ތަނެއް ވެސް ނުވޭ.⁠“


އެމީހަކަށް މިދުވަސްތަކުގައި ސަތޭކަގުނަ ގެދޮރާއި އަޚުންނާ އުޚުތުންނާ މައިންނާ ދަރިންނާ ދަނޑުފަގާ ލިބޭނެ. އަދި ފަހުން އަންނަން އޮތް ދުވަސްތަކުގައި ނިމުންނުވާ ދިރިހުރުން ވެސް ލިބޭނެ. އެކަމަކު މިހާރުގެ މިދުވަސްތަކުގައި އޭނާ ނާއިންސާފީތަކަކާ ވެސް ކުރިމަތިލާން ޖެހިދާނެމެ.


އަހަރެން ބުނަންތަ؟ މީސްތަކުން ކުރާ ހުރިހާ ފާފަތަކެއް އަފޫކުރެވޭނެ. އަދި ދުލުން ބުނެވޭ މުރުތައްދު ބަސްތައް ވެސް ޢަފޫ ކުރެވޭނެ.


ނަމަވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާ މެދު މުރުތައްދު ވުމަކަށް މަޢާފެއް ނުލިބޭނެ. ސަބަބަކީ އެއީ ނިމުމެއް ނުވާ ފާފައެއް.⁠“


ކަލޭމެން ތިމަންކަލޭގެފާނު ކަމުގައިވާ އިންސާނާގެ ދަރިކަލުންނާއި ދެކޮޅަށް ވާހަކަ ދެއްކި ކަމުގައި ވިޔަސް އެކަމަށް ކަލޭމެންނަށް މަޢާފު ލިބިދާނެ. ނަމަވެސް ކަލޭމެން މާތްރަސްކަލާނގެ މާތްރޫޙުފުޅާއި ދެކޮޅަށް ވާހަކަދައްކައިފި ނަމަ އެކަމަކަށް މަޢާފެއް ނުލިބޭނެ.


މި މުއްސަނދި މީހާ އޭނާގެ މި މަކަރުވެރި މެނޭޖަރަށް ސާބަސް ދިން. އެއީ އޭނާ އެ ކަންތައް ކުރިލެއް ހުޝިޔާރު ކަމުން. އެއީ މާތްރަސްކަލާނގެ ދެއްވި ތެދު އަލިމަގުގައި ވާ މީހުންނަށް ވުރެ އެކަލާނގެއަށް އީމާން ނުވާ މީހުން އެކަކު އަނެކަކާއި މެދު ކަންތައް ކުރާއިރު މާ ހުޝިޔާރުވާނެ.


އެމީހަކަށް އެއަށް ވުރެ އެތައް ގުނައެއް އިތުރަށް މި ދުނިޔޭގައި ދެއްވާނެ. އަދި އެމީހަކަށް އަންނަން އޮތް ދުނިޔޭގައި ނިމުންނުވާ ޙަޔާތް ވެސް ލިބޭނެ.⁠“


އެވަގުތު އީސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”⁠ބައްޕާ! އެބައިމީހުންގެ ފާފަ ފުއްސަވާ ދެއްވާ. އެބައިމީހުން އެކުރާ ކަންތައްތަކެއް އެބައިމީހުންނަކަށް ނުވިސްނޭ.⁠“ އީސާގެފާނު ސަލީބަށް އެރުވުމުގެ ކަންތައް ކުރި ސިފައިންގެ މީހުން އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތު ލިއެވެ.


އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން އެހެން އެންމެންނެކޭ އެއްގޮތަށް ކައިބޮއި އުޅެން. އެހެންކަމުން ކަލޭމެން އަހަރެންނާއި ދިމާލަށް ތިޔަބުނަނީ އަހަރެންނަކީ ކެއުމަށް ވަރުހުންނަ ރާބޯ މީހެކޭ. އަދި ފާފަވެރިންނާއި ޓެކްސް ނަގާ މީހުންގެ އެކުވެރިއެކޭ.


އެތަނަށް އެއްވެފައިތިބި މީސްތަކުންގެ މެދުގައި އީސާގެފާނާއި ބޭހޭގޮތުން ތަފާތު ވާހަކަތައް ސިއްރު ސިއްރުން ދެކެވެމުން ދިޔައެވެ. އެއްބަޔަކު ބުންޏެވެ. ”⁠އެކަލޭގެފާނަކީ ވަރަށް ރަނގަޅު މާތް ބޭކަލެއް.⁠“ އަދި އަނެއްބަޔަކު ބުންޏެވެ. ”⁠ކޮންތާނކު، އޭނާއަކީ މީހުން މަގުފުރައްދަން އުޅޭ މީހެއް.⁠“


އީސާގެފާނު އުތުރި އަރަމުން ދާ ދިރުން ލިބޭ ފެން އާރެކޭ ވިދާޅުވެ އެ އިޝާރާތް ކުރެއްވީ މާތްރަސްކަލާނގެ މާތްރޫޙުފުޅަށެވެ. ނަމަވެސް އޭރު އެއްވެސް މީހަކަށް އަދި މާތްރޫޙުފުޅެއް ނުދެއްވެއެވެ. އޭރު އަދި އީސާގެފާނު އެކަލޭގެފާނުގެ ޖަލާލަތުގެ މަޤާމު ފުޅަށް އިސްވެ ވަޑައެއް ނުގަންނަވައެވެ.


އެމީހުން ބުންޏެވެ. ”⁠ކަލެއަކީ ވެސް ގަލީލީގެ މީހެއް ނޫންތަ؟ ކަލޭ ފަތްފުށްތައް ހާވައި ނިކަން ބަލާބަލަ. ދުވަހަކު ވެސް އެއްވެސް ނަބީ ބޭކަލަކު ގަލީލީއަކުން އައިސްފައެއް ނުވާނެ.⁠“


ވީމާ ކަލޭމެންގެ ހިތާއި އަމަލާއި ބަދަލުކޮށް ދިރިއުޅުމުގައި މާތްރަސްކަލާނގެ އެދިވޮޑިގެންވާ ފަދައިން ކަން ކުރަން ފަށާ. އޭރުން އެކަލާނގެ ކަލޭމެންގެ ފާފަތަކަށް މަޢާފު ކުރައްވާ އެ ފާފަތައް ފުއްސަވާނެ. އަދި އޭރުން އެކަލާނގެ ޙަޟްރަތުން ކަލޭމެންގެ ހިތްތަކަށް ތަނަވަސްކަން ދެއްވާނެ.


އެހެނީ އެންމެހާ ވެރިންގެ މައްޗަށާއި، ބާރާއި ނުފޫޒުވެރި ހުރިހާ އެންމެންގެ މައްޗަށާއި އަދި ރަސްރަސްކަލުންގެ މައްޗަށް އަލްމަސީޙު ވެރިކަން ހިންގަވާނީ މި ޒަމާނުގައި އެކަންޏެއްމެ ނޫނެވެ. ނަމަވެސް އަންނާން އޮތް ޒަމާނުގައި ވެސް މިފަދައިން ވެރިކަން ހިންގަވާނެއެވެ.


އަހަރެން އެކަލޭގެފާނުގެ އަބުރުފުޅަށް ކުފުރުބަސް ބުނީމެވެ. އެކަލޭގެފާނަށް އީމާންވީ ފަރާތްތައް ޝިކާރަކޮށް އަހަރެންނަށް ކުރެވެންހުރި ހުރިހާ އަނިޔާއެއް ކުރީމެވެ. އެހެނަސް މާތްރަސްކަލާނގެ ރަޙުމަތް އަހަރެންނާއެކު ވޮޑިގެންވި ސަބަބަކީ އެ ހުރިހާ ކަމެއް އަހަރެންނަށް ކުރެވުނީ ޖާހިލު ކަމާއި އީމާންތެރިކަމެއް ނެތް ޙާލުގައެވެ.


މިއީ ތެދު ބުނުމެކެވެ. އަދި ކޮންމެ މީހަކަށް ވެސް ގަބޫލުކުރެވޭނެ ފަދަ ތެދު ޙަޤީޤަތެވެ. އީސާ އަލްމަސީޙު ދުނިޔެއަށް ވަޑައިގެންނެވީ ފާފަވެރިން ސަލާމަތް ކުރެއްވުމަށްޓަކައެވެ. އަދި އެފަދަ ފާފަވެރިންގެ ތެރެއިން އަހަރެންނަކީ އެންމެ ނުބައި ފާފަވެރިޔާއެވެ.


ޖިސްމާނީ ތަމްރީނުތަކުގައި މިންވަރެއްގެ އަގެއް ހިމެނިގެން ވިޔަސް ރޫޙާނީ ތަމްރީނުތައް އެއަށް ވުރެން މާ މުހިންމެވެ. އެއީ ވަޢުދުވެ ވަޑައިގެންވީ ފަދައިން މިކަމުގެ ޖަޒާ ލިބިދެނީ މި ޙަޔާތުގެ އިތުރުން އަބަދަށެވެ.


މިދުނިޔޭގައި ވީ މުއްސަނދި މަހުޖަނުންނަށް އަންގާށެވެ. މުއްސަނދި ކަމުގައި ބޮޑާވެގެން ނުދާށެވެ. އަދި އެބައިމީހުންގެ ފައިސާތަކަށް އިތުބާރު ނުކުރާށެވެ. އިސާހިތަކު އެތަކެތި ފަނާވެ ހިނގައިދާނެއެވެ. އެކަމަކު ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއާއިމެދު އިތުބާރު ކުރާށެވެ. އަހަރެމެންގެ އުފާވެރި ކަމަށްޓަކައި އިންތިހާ ދަރަޖައިގެ އެ ނިޢުމަތް ދެއްވީ އެކަލާނގެއެވެ.


ސަބަބަކީ ދެމާސް ދުނިޔޭގައި ވީ ތަކެއްޗަށް އޮތް ލޯތްބަކާ ހެދި އަހަރެން ދޫކޮށް ތިސަލޯނިކާއަށް ހިނގައްޖެއެވެ. ކިރީސްކީސު ވަނީ ގަލާތިޔާއަށް ގޮސްފައެވެ. އަދި ތީތުސް ދިޔައީ ދަލްމާތިޔާއަށެވެ.


އެކަލާނގެ އަހަރެމެންނަށް އިރުޝާދު ދެއްވީ ނުބައިނުލަފާ ގޮތްތަކާއި މާއްދީ އެދުންތަކުން ދުރުވެގެން ވުމަށެވެ. އަދި ތެދުވެރިވެ މާތްރަސްކަލާނގެއަށް ބިރުވެތިވެތިބެ އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވުމާއެކު މިދުނިޔޭގައި ޙަޔާތު ވޭތުކުރުމަށެވެ.


މާތްރަސްކަލާނގެ މަތިވެރި ބައްޕާފުޅުގެ ޙަޟްރަތުގައި ސާފު އަދި ސައްޙަ ދީނަކީ މުހުތާދެއްގައިވާ ޔަތީމުންނާއި ހުވަފަތް އަންހެނުންނަށް އެހީތެރިވެ އަޅާލުމާއި އަދި ދުނިޔަވީ ނުތާހިރުކަމުން ސަލާމަތް ވެގެން ވުމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ