މައްތާ 12:3 - ކިތާބުލް މުޤައްދަސާ3 އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”ދާއޫދުގެފާނާއި އެކަލޭގެފާނުގެ އެކުވެރިން ބަނޑުހައިވެގެން ކުރެއްވި ކަންތަކުގެ ވާހަކަ ނުކިޔަންތަ؟ အခန်းကိုကြည့်ပါ။ |
އެމީހުން އީސާގެފާނުގެ އަރިހުން އެއްސެވިއެވެ. ”އެ ކުޑަކުދިން އެ ކިޔާއެއްޗެތި ކަލެއަށް އިވޭތަ؟“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”އާނ. ބާވައިލެއްވި ފަތްފުށްތަކުގައި މިފަދައިން ލިޔެވިފައިވާތީ އަޑެއް ނާހަންތަ؟ ’ކުޑަކުދިންނާއި ތުއްތު ކުދިންނަށް އިނބަރަސްކަލާނގެ ކިބަފުޅަށް ޙަމްދު ސަނާ ދެންނެވުމަށް އުނގަންނަވައި ދެއްވި.‘“
މިހާރު ތިޔަބައިމީހުންނަށް ބުނެދެންވީ މަރުވުމަށް ފަހު އަލުން ދިރުއްވުމާއިމެދު: މޫސާގެފާނަށް ބާވައިލެއްވި ފޮތްކޮޅުގައިވާ ފަތްފުށްތަކުގެ ތެރެއިން ހުޅުހިފާފައިވި ގޮތުގައި ދެއްކެވި ނަމަވެސް އަނދައިގެން ނުދާ ގަހުގެ ވާހަކަތަކާއި މެދުގައިވާ ފަތްފުށްތައް ތިޔަބައިމީހުން ނުކިޔަމުތަ؟ މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވުމުން އެ ފަތްފުށްތަކުގައި ލިޔެވިގެން ވަނީ، ’ތިމަންކަލާނގެއީ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނުގެ ވެސް ކަލާނގެއޭ. އަދި ޔަޢުޤޫބުގެފާނުގެ ވެސް ކަލާނގެއޭ.‘