26 ހަމައެހެންމެ ޝައިތާނާ އޭނާގެ އަމިއްލަ ނަފްސާއި ދެކޮޅުވެރި ވެއްޖެނަމަ އޭނާ ބައިބައިވެ ހިނގައިދާނެ. އަދި އޭނާގެ ރަސްކަން ކުރިއަކަށް ނުގެންދެވޭނެ.
މަގުމައްޗަށް އެޅުނު އޮށްތަކަކީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ޚަބަރުފުޅު އަޑުއިވުނު މީހުން. ނަމަވެސް އެ ބަސްފުޅުގެ މާނަ އެބައިމީހުންނަކަށް އެނގިގެންނުވި. ވީމާ ޝައިތާނާ އައިސް އެބައިމީހުންގެ ހިތްތަކުގައި ވާ އެކަލާނގެ ބަސްފުޅު އަތުލައިގަތް.
އީސާގެފާނު އިބިލީހަށް ވިދާޅުވިއެވެ. ”އަހަރެން ދޫކޮށް މިތަނުން ދުރަށްދޭ ޝައިތާނާ! މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެން ވަނީ: ’ހަމައެކަނި އަޅުކަން ކުރަންވާނީ ތިޔަބައިމީހުންގެ އިލާހު، މާތްރަސްކަލާނގެއަށޭ. އަދި ޚިދުމަތް ކުރާން ޖެހޭނީ ވެސް އެކަލާނގެއަށޭ.‘“
ނަމަވެސް ފަރީސީން ބުންޏެވެ. ”އޭނާއަށް ޖިންނިތަކުގެ މައްޗަށް ބާރު ހިންގުން ޖިންނިތަކުގެ ވެރިޔާ ވަނީ ދީފަ.“
ދެން އީސާގެފާނު އެއްވެފައި ތިބި މީސްތަކުންނަށް ވިދާޅުވިއެވެ. ”މި ދުނިޔޭގެ މީސްތަކުންގެ މައްޗަށް ހިސާބުބެއްލެވުމުގެ ވަގުތު ޖެހިއްޖެ. މި ދުނިޔޭގެ ވަލީޢަހުދު ކަމުގައިވާ ޝައިތާނާ ދެން ބޭރުކޮށްލެވިދާނެ.
އަހަރެން ކަލޭމެންނާއި ވާހަކަދައްކަން ހުރުމަށް މާކަ ގިނަވަގުތެއް ދެން ނެތް. އެއީ ދުނިޔޭގެ ވަލީޢަހުދު ކަމުގައިވާ ޝައިތާނާ އަހަންނާ ދިމާއަށް އެބައާދޭ. ނަމަވެސް އޭނާގެ ކިބަޔަކު އަހަރެންގެ މައްޗަށް ބާރު ފޯރުވުމުގެ ބާރެއް ނުވޭ.
އަދި އެމީހުން ހިސާބު ބެއްލެވުމާ މެދު އެދެކެނީއަކީ ރަނގަޅަކަށެއް ނޫން. އެގޮތަކީ މިހާރު ވެސް މީހަކު ވަނީ ކުށްވެރިވެ ނިމިފައި. އެމީހަކީ މި ދުނިޔޭގެ ވަލީޢަހުދު، ޝައިތާނާ.
ޝައިތާނާގެ އަނދިރި ބާރުތަކުން އަހަރެމެން ސަލާމަތްކޮށް ދެއްވައި އެކަލާނގެ ލޮބުވެތި ދަރިކަލުންގެ ރަސްކަންފުޅަށް އެކަލާނގެ އަހަރެމެން ގެނެސްދެއްވިއެވެ.
އަހަރެމެންނަކީ މާތްކަލާނގެ ދަރިންކަން އަހަރެމެން ޔަޤީން ކުރަމެވެ. އެކަމަކު އަހަރެމެންގެ ވަށައިގެންވާ ދުނިޔެ މިވަނީ ޝައިތާނާގެ ބާރުގެ ދަށުގައެވެ.
އެ ޑްރޭގަން ނަގައި އެއްލާލެވުނެވެ. އެއީ ގަދީމީ ހަރުފަ ވެސްމެއެވެ. އޭގެ ނަމަކީ: އިބިލީސް، ނުވަތަ ދުނިޔޭގެ ކެހިވެރިޔާ ކަމުގައި ވާ ޝައިތާނާއެވެ. އެ ޝައިތާނާ ދުނިޔޭގެ ތެރެއަށް އެއްލާލެވުނެވެ. އޭނާ އާއިއެކު އޭނާގެ މަލާއިކަތުން ވެސް އެއްލާލެވުނެވެ.
އެއަށް ފަހު، ފަސްވަނަ މަލާއިކަތާ އެ މަލާއިކަތާގެ ބޯތަށިކޮޅު ކަނޑު ދާއްބައިގެ ތަޚުތަށް ގޮސް އޮއްސާލެއްވިއެވެ. އެ ހިނދު ކަނޑު ދާއްބައިގެ ރަސްކަމަށް އަނދިރިކަން ވެރިވެގެން ދިޔައެވެ. އެ ރަސްކަމުގައި ތިބި މީސްތަކުންނަށް ލިބުނު ވޭނުގެ ސަބަބުން އެބައިމީހުންގެ ދޫ ހަފަން ފެށިއެވެ.
އެތަކެތީގެ މައްޗަށް ވެރިކަން ހިންގާ ރަސްކަލަކު ވިއެވެ. އެ ރަސްގެފާނީ ފޫނެތް ފުން ވަޅުގަނޑުގެ އިސްވެރިއެއްގެ ގޮތުގައިވި މަލާއިކަތާ ވެސް މެއެވެ. ޢިބްރާނީ ބަހުން އެ މަލާއިކަތާގެ ނަމަކީ އަބައްދޫން އެވެ. ގުރީކު ބަހުން އަޕައްލިޔޯން އެވެ. މީގެ މާނައަކީ ”ފަނާކުރާ މީހާ“ އެވެ.