Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 12:25 - ކިތާބުލް މުޤައްދަސާ

25 އީސާގެފާނަށް ފަރީސީނުގެ ވިސްނުން ހުރި ގޮތް އެނގިވަޑައިގެން އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠އެއްވެސް ރަސްކަމެއް ބައިބައި ވެއްޖެ ކަމަށްވާ ނަމަ އެ ރަސްކަން ރޫޅި ހިނގައިދާނެ. އަދި ރަށެއްގައި ވެސް އަދި އާއިލާއެއްގައި ވެސް އެބައެއްގެ ތެރޭގައި ދެކޮޅުވެރިކަން އުފެދި ބައިބައިވެއްޖެނަމަ އެބައެއް ނެތި ހިނގައިދާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 12:25
18 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެބައިމީހުންގެ ވިސްނުން ހުރިގޮތް ދެނެވަޑައިގަންނަވާ އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަފަދަ ނުބައި ގޮތަކަށް ވިސްނަނީ ކީއްވެ؟


އީސާގެފާނަށް އެބައިމީހުންގެ ހިތަށް އެރި އެއްޗެހި ވަގުތުން އެނގިވަޑައިގަނެ އެމީހުންނާއި ދިމާލަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މިކަމާމެދު ތިޔަހެން ވިސްނަނީ ކީއްވެ؟


އަނެއްކާވެސް އީސާގެފާނު ސުވާލު ކުރެއްވިއެވެ. ”⁠ޔޫޙަންނާގެ ދަރި ޝަމްއޫނު! ކަލޭ އަހަރެން ދެކެ ލޯބިވަންތަ؟!⁠“ ޕަތަރަސްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެއީ އީސާގެފާނު ތިން ފަހަރަށް އޭނާ ކުރެން މިހެން އެއްސެވީތީއެވެ. ”⁠އާދެ، ސާހިބާ! ސާހިބާއަށް ހުރިހާ ކަމެއް ވެސް އެނގި ވަޑައިގަންނަވާނެ. އަޅުގަނޑު ސާހިބާ ދެކެ ލޯބިވާކަން ސާހިބާއަށް އެނގި ވަޑައިގަންނަވާނެ.⁠“ ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެން ވިއްޔާ އަހަރެންގެ ކަންބަޅި ބަކަރިތައް ގެންގުޅެ ބަލަހައްޓާ!⁠“


ނަމަވެސް ކަލޭމެން އެކަކު އަނެކަކު ދެކެ ލޯބިވުމުގެ ބަދަލުގައި އަބަދު އެކަކު އަނެކަކާ ދެކޮޅުވެ އެކަކު އަނެކަކުގެ ނެތިމޮށެނީ ނަމަ ހަނދާންކުރާށެވެ. ކަލޭމެން އެކަކު އަނެކަކު މުޅިން ނެތި ވީރާނާ ކޮށްލާނެއެވެ.


ކާއިނާތުގައިވާ އެކައްޗެއް ވެސް މާތްރަސްކަލާނގެއަށް ފޮރުވިގެންނެއް ނުވެއެވެ. އެކަލާނގެ ލޯފުޅުގެ ކުރިމަތީގައި ހުރިހާ ތަކެއްޗެއް ވެސް ވަނީ އަމަށުން ހާމަވެފައެވެ. އަހަރެމެންގެ ހުރިހާ ހިސާބުތަކެއް ހުށަހެޅޭނީ އެކަލާނގެ ޙަޟްރަތަށެވެ.


މަތިވެރި ސަހަރެއް ކަމުގައިވާ ބާބިލް ތިން ބަޔަކަށް ބެހިގެން ދިޔައެވެ. އަދި އެންމެހާ ޤައުމުތަކުގައި ހުރި ސަހަރުތައް ހަލާކުވެ ދިޔައެވެ. އަދި ބާބިލުގެ ފާފަވެރިކަން މާތްރަސްކަލާނގެ ހަނދުމަ ކުރެއްވިއެވެ. ވީމާ، އެކަލާނގެ ކޯފާއިން ފުރިގެންވާ މޭބިސްކަދުރުގެ ރާތަށި ބާބިލަށް ބޯންދެއްވިއެވެ.


އަހަރެން އެ އަންހެނާގެ ދަރިން ނެތިކޮއްލާނަން. އެގޮތުން އެންމެހާ މަސީޙީ ޖަމާޢަތްތަކުގެ މީހުން އެބައިމީހުންގެ ވިސްނުމާއި އަދި އެބައިމީހުންގެ އެދުން ހުރިގޮތް އަހަރެންނަށް އެނގިގެންވާކަން ދަންނާނެ. އަދި ތިޔަބައިމީހުން ކުރި ޢަމަލަކަށް ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް އެކަށީގެންވާ ޖަޒާ އަހަރެން ދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ