Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 12:24 - ކިތާބުލް މުޤައްދަސާ

24 ފަރީސީންނަށް މިޚަބަރު ލިބުމުން އެބައިމީހުން ބުންޏެވެ. ”⁠އޭނާ ޖިންނިތައް ފައްސާލަމުން ގެންދަނީ ޖިންނިތަކުގެ ވެރިޔާ ބަޢަލްޒެބޫލުގެ ބާރުން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 12:24
7 ပူးပေါင်းရင်းမြစ်များ  

އެހެން ވީމާ ދަރިވަރު އޭނާގެ އެދުރުމީހާއާ އެއްގޮތަށް އުޅެމުން ދިޔައިމާ ފުދޭނެ. އަދި އަޅުމީހާވެސް އޭނާގެ ވެރިމީހާ ފަދައިން އުޅުމުން ފުދޭނެ. މީސްތަކުން ގޭގެ ވެރިޔާއަށް ބަޢަލްޒެބޫލޭ ގޮވާނަމަ އޭނާގެ ގޭގެ ދެން ތިބި މީހުންނަށް އެއަށް ވުރެން ހުތުރު ނަންތަކުން ގޮވައި މުޚާތަބު ކުރާނެ.⁠“


މި ދެ މީހުން އެތަނުން ދިޔުމަށް ފަހު، ބަޔަކުމީހުން އީސާގެފާނުގެ އަރިހަށް އިތުރު މީހަކު ގެނައެވެ. ޖިންނި އަވާލާފައި ވުމުގެ ސަބަބުން މި މީހާއަށް ވާހަކައެއް ނުދެއްކެއެވެ.


ނަމަވެސް ފަރީސީން ބުންޏެވެ. ”⁠އޭނާއަށް ޖިންނިތަކުގެ މައްޗަށް ބާރު ހިންގުން ޖިންނިތަކުގެ ވެރިޔާ ވަނީ ދީފަ.⁠“


ޖެރޫސަލަމުން އައި ދީނުގެ ދަންނަބޭކަލުން ބުނަމުން ދިޔައެވެ. ”⁠އޭނާއަށް ވަނީ ޖިންނިތަކުގެ ވެރިޔާ ބަޢަލްޒެބޫލުގެ ބާރުން ބާރުލިބިފަ! އޭނާ ޖިންނީގެ ބާރުގެ ދަށުގައި ވީ ފަރާތްތައް ރަނގަޅު ކުރަމުން ގެންދަނީ އެބާރުގެ އެހީލިބިގެން.⁠“


އެއްފަހަރަކު އީސާގެފާނު މަންމަނު ޖިންނިއެއް މީހެއްގެ ހަށިގަނޑުން ނެރެ ބޭރުކުރެއްވިއެވެ. މި ޖިންނި އެމީހާގެ ހަށިގަނޑުން ނުކުތުމާއި އެކު އެޖިންނީގެ ސަބަބުން ވާހަކަ ނުދެއްކޭ މީހާ ކުއްލިއަކަށް ވާހަކަ ދައްކަން ފަށައިފިއެވެ. މިތަން ދެކެ އެންމެން ވަރަށް ބޮޑަށް ހައިރާންވިއެވެ.


އެކަމަކު އެތާތިބި ބައެއްމީހުން އީސާގެފާނަށް ފާޑުކިޔާ ބުންޏެވެ. ”⁠މީނާ ޖިންނީންގެ ބާރުގެ ދަށުވެފައިވާ މީހުން ރަނގަޅު އެކުރަނީ ޖިންނީންގެ ވެރިޔާ ބަޢަލްޒެބޫލުގެ ބާރުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ