މައްތާ 12:15 - ކިތާބުލް މުޤައްދަސާ15 ފަރީސީނުންގެ ބޭނުމަކީ ކޮބައިކަން އީސާގެފާނު ދެނެވަޑައިގެން އެތަން ދޫކުރައްވާ ވަޑައިގެންނެވިއެވެ. އަދި ގިނަ ޢަދަދެއްގެ މީހުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ދިޔައެވެ. އެމީހުންގެ ތެރޭގައި ތިބި ހުރިހާ ބަލިމީހުންނަށް ޝިފާ ދެއްވިއެވެ. အခန်းကိုကြည့်ပါ။ |
ހަމައެހެންމެ އީސާގެފާނު ވަޑައިގެންނެވި ކޮންމެ ތަނެއްގައާއި ކޮންމެ އަވަށެއްގައާއި އަދި ކޮންމެ ރަށަކުން ބަލިމީހުންތައް މައިދާންތަކަށާއި މަގުތަކަށް ނެރެ ބައިތިއްބައެވެ. އަދި ބަލި މީހުންތައް އެކަލޭގެފާނުގެ ރިދާކޮޅުގެ ކައިރިފަށުގައި ކިރިޔާ އަތްލެވޭނެ ގޮތް މެދުވެރިކޮށް ދިނުން އެދި ވެސް އާދޭސް ދަންނަވަމުން ގެންދިޔައެވެ. މިގޮތުން އެކަލޭގެފާނުގެ ރިދާކޮޅުގައި އަތްލެވުނު ކޮންމެ މީހެއްގެ ބަލި ހެޔޮވެގެން ދިޔައެވެ.
ނަމަވެސް މީސްތަކުންނަށް އެކަލޭގެފާނު އެރަށަށް ވަޑައިގަންނަވާ ޚަބަރު އިވުމުން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އީސާގެފާނު މިބައިމީހުންނާއި ބައްދަލުވުމުން އުފާފުޅު ކުރެއްވިއެވެ. އަދި މާތްރަސްކަލާނގެ ރަސްކަންފުޅާއި މެދު އެބައިމީހުންނާ ވާހަކަ ދައްކަވާ ހެއްދެވިއެވެ. އަދި އެބައިމީހުންގެ ތެރޭގައި ވާހާ ބަލި މީހުންނެއްގެ ބަލި ވެސް ހެޔޮ ކުރައްވާ ހެއްދެވިއެވެ.