މައްތާ 12:10 - ކިތާބުލް މުޤައްދަސާ10 އެތަނުގައި އެއް އަތް ވާވެފައި ހުރި ފިރިހެނަކު ހުއްޓެވެ. ފަރީސީން އީސާގެފާނުގެ ފަރާތްޕުޅުން ތުހުމަތު ކުރެވޭފަދަ ކަމެއް ފެނޭތޯ ބަލަމުން ދިޔައެވެ. ވީމާ އެބައިމީހުން އީސާގެފާނުގެ އަރިހުގައި މި ސުވާލު ކުރިއެވެ. ”ސަބަތުގެ ދުވަހުގައި މީހެއްގެ ބަލި ފަސޭހަ ކުރުމަކީ ދީނުގައި ހުއްދަ ކަމެއް ތަ؟“ အခန်းကိုကြည့်ပါ။ |
މިދީނީ މަރުކަޒުގެ މުދިމު މިކަންތައްތައް ދެކެ ވަރަށް ބޮޑަށް ރުޅިއައެވެ. އެއީ ސަބަތުގެ ދުވަހެއްގައި އީސާގެފާނު މީހެއްގެ ބަލި ފަސޭހަ ކުރެއްވީތީއެވެ. އޭނާ އެއްވެފައި ތިބި މީސްތަކުންނަށް ބުންޏެވެ. ”ހަފްތާއަކު މަސައްކަތް ކުރުމަށް ހަ ދުވަސް ވޭ. ވީމާ ބަލިން ހެޔޮވުމަށް އެއިން ދުވަހެއްގެ ތެރެއިން ދުވަހެއްގައި އާދޭ. ސަބަތުގެ ދުވަހުގައި ނަޔަކަސް ވެދާނެ.“
ދީނީކޯޓުގެ މީހުން އީސާގެފާނާއި ބެހޭގޮތުން ތުހުމަތުތައް ޕިލާތުސްގެ ކުރިމައްޗަށް ހުށައެޅިއެވެ. އެބައިމީހުން ބުންޏެވެ. ”މިމީހާއަކީ މުޅި މިސަރަހައްދުގެ ތެރޭގައި މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވުމަށް މަސައްކަތް ކުރަމުން ގެންދާ މީހެއް. މީނާ މީސްތަކުންނަށް ބުނަމުން ގެންދިޔައީ އެބައިމީހުން ކައިސަރު ރަސްގެފާނަށް ޓެކްސް ނުދެއްކުމަށް. އަދި އޭނާއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގަ އާއި ބަނީއިސްރާއީލުގެ ރަސްގެފާނު ކަމުގައި ވެސް މީނާ ދަޢުވާ ކުރޭ.“
އެތާނގައި ތިބި ބައެއް ފަރީސީން ބުންޏެވެ. ”މި އީސާ އަކީ މާތްރަސްކަލާނގެ ފޮނުއްވި މީހެއް ނަމަ އޭނާ ސަބަތުގެ ދުވަހަށް ކަމޭހިތީހެއް ނު؟“ ނަމަވެސް އޭގެ ތެރޭން އަނެއްބަޔަކު ބުންޏެވެ. ”އެކަމަކު ފާފަވެރި ދޮގުވެރިއަކަށް މިފަދަ މަތިވެރި މުޢުޖިޒާތްތަކެއް ނުދެއްކޭނެ.“ މިހެން ކަމުން އެމީހުންގެ ދެމެދުގައި މިކަމާދޭތެރޭ ދެބަސްވުން އުފެދުނެވެ.