9 ސަހަރާތެރެއަށް ތިޔަބައިމީހުން ދިޔައީ ކީއްވެ؟ ނަބީބޭކަލަކު ދުށުމަށްތަ؟ ތެދެއް. ޔަޙުޔާގެފާނަކީ ނަބީބޭކަލަކަށް ވުރެން މަތިވެރި ބޭކަލެއް ކަމުގައި އަހަރެން ތިޔަބައިމީހުންނަށް ބުނަން.
ތިޔަބައިމީހުން ބަލަން ދިޔައީ ކޮންކަހަލަ މީހެއް؟ އަގުބޮޑު މޮޅު ހެދުމެއް ލައިގެން ހުރި މީހަކު ތަ؟ ނޫން. އަގުބޮޑު ހެދުންތައް އަޅައިގެންވާ މުއްސަނދިން ތިބޭނީ ގަނޑުވަރުތަކުގައި.
ހެރޮދު ބޭނުންވީ ޔަޙުޔާގެފާނު އަވަހާރަ ކޮށްލައްވާށެވެ. ނަމަވެސް އޭނާ މީސްތަކުން ދެކެ ބިރުން އެކަން އެ ގޮތަށް ކުރުމަށް ޖެހިލުން ވިއެވެ. އެއީ ޔަޙުޔާގެފާނަކީ ނަބީބޭކަލެއް ކަމުގައި މީސްތަކުން ގަބޫލު ކުރާތީއެވެ.
އެއަށް ފަހު ޒަކަރިއްޔާ އޭނާގެ ދަރިފުޅަށް ބުންޏެވެ. ”މަގޭ ދަރިފުޅާ! ތިޔައީ މާތް ސާހިބުވަންތަ ރަސްކަލާނގެ ދުނިޔެއަށް ޒިޔާރަތްކުރެއްވުމުގެ ކުރިން އެކަލާނގެއަށްޓަކައި މަގު ތައްޔާރުކުރުމަށް އެކަލާނގެ ފޮނުއްވި ރަސޫލާ.
އަދި އޭނާ އެކަންކުރީ މީހަކު ކުރި އަމުރަކަށޭ ބުނެފި ނަމަ މީސްތަކުން އަހަރެމެން ގައިގައި އޮށްގަލުން ތަޅާނެ. އެއީ ޔަޙުޔާގެފާނަކީ ރަސޫލުބޭކަލެއް ކަން އެމީހުންނަށް ޔަޤީންވޭ.“