Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 11:7 - ކިތާބުލް މުޤައްދަސާ

7 ޔަޙުޔާގެފާނުގެ އަސްޙާބީން އެނބުރި ދިއުމުން އީސާގެފާނު އެއްވެފައި ތިބި މީސްތަކުންނާއި މުޚާތަބު ކުރައްވައި ޔަޙުޔާގެފާނާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ”⁠ތިޔަބައިމީހުން އެކަހެރި މީހުން ނޫޅޭ ހިސާބަށް ދިޔައީ ކޯންޗެއް ދުށުމަށް؟ ކޯރުތަކުގެ ކައިރީގައި ހެދޭ ކަހަލަ ވިނަގަސްތައް ވަޔާ ހޫރޭތަން ދުށުމަށް ތަ؟

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 11:7
15 ပူးပေါင်းရင်းမြစ်များ  

”⁠ނަމަވެސް ތިބާ އަކީ ގަދަ ކަނޑެއްކަހަލަ މީހެއް. ތިބާގެ ކޮއްކޮމެންގެ މައްޗަށް ތިބާ ވެރިއެއް ނުކުރާނަން. ސަބަބަކީ ތިބާ ވަނީ ތިބާގެ ބައްޕާގެ އެނދުގައި ނިދާފައި. އަދި އަހަރެންގެ ޖާރިޔާ އަކާއި އެކު ތިބާ ވަނީ ރޭކޮށްފައި. އެގޮތުން ތިބާގެ ބައްޕަ ލަދުވެތި ކުރުވާފަ.⁠“


ތިޔަބައިމީހުން ބަލަން ދިޔައީ ކޮންކަހަލަ މީހެއް؟ އަގުބޮޑު މޮޅު ހެދުމެއް ލައިގެން ހުރި މީހަކު ތަ؟ ނޫން. އަގުބޮޑު ހެދުންތައް އަޅައިގެންވާ މުއްސަނދިން ތިބޭނީ ގަނޑުވަރުތަކުގައި.


އެކަލޭގެފާނު ނިކަމެތިންގެ ހިތުގައިއެއް ނުޖައްސަވާނެއެވެ. ބަލިކަށި ހޯލިކޮޅެއް ފަދަ މީހުންނާއި މެދު އެކަލޭގެފާނު މަޑުމޮޅިވެގެންވާނެއެވެ. އަލިފާން ކަންޏެއް ހާ މިންވަރުގެ އީމާންތެރިކަން ވީ މީހަކަށް ވެސް އެކަލޭގެފާނު ހިތްވަރު ދެއްވާނެއެވެ. އެކަލޭގެފާނު ކާމިޔާބު ކުރައްވައި އިންސާފު ގެނައުމަށް ދާންދެން އެކަލޭގެފާނު އެފަދައިން ކަންތައް ކުރައްވާނެއެވެ.


ބުނެދީބަލަ: ތައުބާގެ ހިނެއުމުން ހިނައި ދެއްވުމަށް ޔަޙުޔާގެފާނަށް ހުއްދަ ދެއްވީ ކޮންފަރާތަކުން؟ އެއީ މާތްރަސްކަލާނގެ ހަޟުރަތުންތަ؟ ނޫނީ އިންސާނެއްގެ ކިބައިންތަ؟⁠“ ދެން އެބައިމީހުން މަޝްވަރާކޮށް އެކަކު އަނެކަކަށް ބުނަމުން ގެންދިޔައެވެ. ”⁠އެއީ މާތްރަސްކަލާނގެ ޙަޟްރަތުން ކަމުގައި އަހަރެމެން ބުނެފިނަމަ، އަހަރެމެން ޔަޙުޔާގެފާނަށް އީމާން ނުވީ ކީއްވެގެން ހޭ އޭނާ އަހަރެމެންނަށް ބުނާނެ.


ޖެރޫސަލަމުންނާއި ޖުދެއާ ކަރައިންނާއި އަދި އުރުދުން ކޯރު ވަށައިގެންވީ ސަރަހައްދުތަކުން އެތައްބައިވަރު މީހުންނެއް އެކަލޭގެފާނުގެ އަރިހަށް އައެވެ.


އެހެންވީމާ އަހަރެން ބުނަން. ކަލޭމެން މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއަހާ އުޅޭ ގޮތާ މެދު ފަރުވާތެރިކަމާއި އެކު ވިސްނާ. ދެއްވިފައިވާ މީހުންނަށް އިތުރަށް ވެސް ދެއްވާނެ. އަދި މަދުން ލިބިފައިވާ މީހުން އަތުން އެމީހުން އަތުގައި ވީ ކަމަށް އެމީހުން ހީކުރި އެއްޗެތި ވެސް އަތުލެވޭނެ.⁠“


އީސާގެފާނު ފަހަތްޕުޅަށް ބެއްލެވި ހިނދު އެމީހުން އަންނަތަން ފެނިވަޑައިގެން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަ ހޯދަނީ ކޯންޗެއް؟⁠“ އެމީހުން ޖަވާބުގައި ދެންނެވިއެވެ. ”⁠އެދުރުކަލޭގެފާނު. ކަލޭގެފާނު ހުންނަވަނީ ކޮންތާނކު؟⁠“


ޔަޙުޔާގެފާނު ހުރީ އަލިގަދަ ބައްތިއެއް ފަދައިން ވިދަވިދާ. އަދި ކަލޭމެން އެކަލޭގެފާނުގެ ކިބައިން ލިބެމުން ދިޔަ އަލިކަމުން ދުވަސްކޮޅަކަށް އުފާ ހާސިލް ކުރި.


އަދި އޭރުން ކުޑަކުދިން ފަދައިން އަހަރެމެން އަމަލުކުރުން ހުއްޓާލާނެއެވެ. އެހެނީ މިސްރާބު ގެއްލިފައިވީ އުޅަނދެއް ފަދައިން ވަޔާއި އޮއިގެ ތެރޭގައި ދެއަތަށް ކިރިކިރި އޮންނަ އުޅަނދެއްފައިން ނުވާނެއެވެ. ހަމައެހެންމެ މީސްތަކުންގެ ދޮގު ފަތުވާތަކުންނާއި މަކަރުވެރިކަމުގެ ނުފޫޒެއް ނުފޯރުވޭނެއެވެ.


ނަމަވެސް މީހަކު މާތްރަސްކަލާނގެ ކިބަފުޅަށް ކަމަކަށް އެދި ދަންނަވާ ހިނދު އޭނާގެ ހިތުގައި އެކަމަކާއި މެދުގައިވާ ޝައްކުތަކުން އެއްކިބާވެ ހުރެ އެކަލާނގެ އާއިމެދު އިތުބާރު ކުރާންވާނެއެވެ. ސަބަބަކީ އެކަލާނގެ އާއިމެދުގައި ޝައްކުތަކެއް އުފެދިފައިވާ މީހާގެ މިސާލަކީ މާކަނޑުގެ ރާޅުތަކަށް ގަދަވައި ކުރިމަތިވެ ފެތުރިގެންދާފަދަ މިސާލެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ