Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 11:3 - ކިތާބުލް މުޤައްދަސާ

3 ”⁠އަޅުގަނޑުމެން އިންތިޒާރު ކުރަމުން ގެންދިޔަ އަލްމަސީޙަކީ ތިޔައީތޯއޭ؟ ނޫނީ އަޅުގަނޑުމެން އެހެން ފަރާތަކަށް އިންތިޒާރު ކުރުންމަތީގައި ތިބެންވީތޯއޭ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 11:3
38 ပူးပေါင်းရင်းမြစ်များ  

ތިބާއަށް ހެޔޮއެދޭ މީހުންނަށް ތިމަންކަލާނގެ ރަޙުމަތް ލައްވާނަން. ތިބާއަށް ނުބައިކޮށް ކަންތައްކުރި މީހަކަށް ތިމަންކަލާނގެ ކޯފާ ލައްވާނަން. އަދި ތިމަންކަލާނގެ ދުނިޔޭގެ ކޮންމެ އާއިލާއަކަށް ތިބާ މެދުވެރިކޮށް ރަޙުމަތް ލައްވާނަން.⁠“


ކަލެއާއި އަންހެނާއާއި ދެމެދު އެކަކު އަނެކަކަށް ތިމަންކަލާނގެ ނަފްރަތުކަން ލައްވާނަން. އަދި އޭނާގެ ދަރިންނާއި ކަލޭގެ ދަރިންނާއި ދެމެދުގައި ވެސް ނަފްރަތުކަން ދެމިހުންނާނެ. އަންހެނާގެ ދަރި ކަލޭގެ ބޯ ޗިސްކޮށްލާނެ، އަދި ކަލޭ އެދަރީގެ ފުންނާބުގައި ދަތް އަޅާނެ.⁠“


”⁠ޔަހޫޛާގެ ދަރިފަސްކޮޅުން ރަސްރަސްކަލުން ވަޑައިގަންނަވާނެ. އަބަދުވެސް ތަޚުތުގައި އޭނާގެ ދަރިފަސްކޮޅުގެ މީހަކު ވެޑުވިގެންވާނެ. އެ ރަސްކަމުގެ ޙައްޤުވެރިޔާ އައުމަށް ދާންދެން ޔަހޫޛާ ވެރިކަން ކުރާނެ. އަދި ދުނިޔޭގެ އެންމެހާ ޤައުމުތައް އެރަސްގެފާނަށް ކިޔަމަންތެރިވާނެމެ.⁠“


މާތްވެގެންވާ ފަތްފުށްތަކުގައި ޔަޙުޔާގެފާނާއި މެދު ބަޔާންކޮށް ދެއްވާފައި ވަނީ އެކަލޭގެފާނަކީ ޚާއްސަ ނަބީބޭކަލެއް ކަން. އެކަލޭގެފާނާއި މެދު މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވޭ: ’⁠ނިކަން ބައްލަވާ! ކަލޭގެފާނު ފޮނުއްވުމުގެ ކުރިން ތިމަންކަލާނގެ ނަބިއްޔާ ފޮނުއްވާނަމޭ. ކަލޭގެފާނަށް ޓަކައި މަގު އެ ނަބިއްޔާ ތައްޔާރު ކުރައްވާނޭ.⁠‘


އީސާގެފާނު ޖަވާބުގައި އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުންނަށް ފެނިފައިވާ ކަންތައްތަކާއި އަޑުއިވިފައިވާ ކަންތައްތަކުގެ ޚަބަރުތައް ތިޔަބައިމީހުން އެނބުރި ގޮސް ޔަޙުޔާގެފާނަށް ދެއްވާ.


”⁠ބަނީއިސްރާއީލުގެ އަހުލުވެރިންނަށް ބުނާށެވެ. ’⁠ނިކަން ބަލާލަބަލަ! ތިޔަބައިމީހުންގެ ރަސްގެފާނު ތިޔަބައިމީހުންގެ ކައިރިއަށް އެވަޑައިގަންނަވަނީ ވަރަށް މަޑުމައިތިރިކަމާއިއެކުގައި އެވެ. އަދި ދުއްވަމުން ދާނީ ހިމާރެކެވެ. ހަމައެހެންމެ ހިމާރެއްގެ ޅަ އެއްޗެއް ވެސް މެއެވެ.⁠‘⁠“


އަދި އެއްބަޔަކު އީސާގެފާނުގެ ކުރިފުޅުމަތީގައި އަދި އަނެއް ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުގައި މިފަދައިން ގޮވަމުން ދިޔައެވެ. ”⁠ދާއޫދުގެފާނުގެ ދަރިކަލުންނަށް ޙަމްދުހުރި! މާތްރަސްކަލާނގެ ނަންފުޅުގައި ވަޑައިގަންނަވާ ސާހިބުވަންތަ ފަރާތަށް ރަޙުމަތް ލައްވާނދޭ! އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި!⁠“


އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ހިނގާފައި ދިޔަ މީހުންނާއި އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔަ މީހުންތައް އަޑުހަރުކޮށް ގޮވަމުން ދިޔައެވެ. ”⁠ޙަމްދާއި ސަނާ ވަނީ މާތްރަސްކަލާނގެ ކިބަފުޅަށް! އެކަލާނގެ ނަންފުޅުން ވަޑައިގަންނަވާ ސާހިބުވަންތަ ފަރާތަށް ރަޙުމަތް ލައްވާނދެ!


މަރުތާ ޖަވާބުގައި ދެންނެވިއެވެ. ”⁠އާދެ މާތްސާހިބާ! ތިޔައީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ދުނިޔެއަށް ފޮނުއްވި ފަރާތް. އަލްމަސީޙަކީ ވެސް މާތްރަސްކަލާނގެ ދަރިކަލުންނަކީ ވެސް ހަމަ ކަލޭގެފާނު. އެކަން އަޅުގަނޑު ގަބޫލުކުރަން.⁠“


އަހަރެން ކަލޭމެންނަށް އަންގާ ބަސްތައް މާތްރޫޙުފުޅު ކަލޭމެންނާ ހަމަޔަށް ގެނެސްދީ އެގޮތުން އަހަރެންގެ ނަން މަތިވެރި ކޮށް ދޭނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ބުނަންތަ؟ އެފަދަ ދުވަހެއް އެބައާދޭ. އެދުވަހަކުން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހުން އަޅުކަން ކުރަންޖެހޭނީ ޖެރޫސަލަމަކު ވެސް ނޫން އަދި މި ފަރުބަދައަކު ވެސް ނޫން.


އެތާނގައި ތިބި މީސްތަކުންނަށް އީސާގެފާނު މި ދެއްކެވި މުޢުޖިޒާތް ފެނުމުން އެމީހުން ބުންޏެވެ. ”⁠ހަމަ ކަށަވަރުން ވެސް މިއީ ދުނިޔެއަށް ފޮނުއްވާނެ ރަސޫލާ ކަން ޔަޤީން.⁠“


މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް އެތައް ބަޔަކު އީސާގެފާނު ގަބޫލު ކޮށް އީމާންވިއެވެ. އެމީހުން ބުންޏެވެ. ”⁠އަލްމަސީޙު ވަޑައިގަތަސް މިކަލޭގެފާނު މިދެއްކެވި ވަރަށް ވުރެން ވަކިން ބޮޑު މުޢުޖިޒާތްތަކެއް ދެއްކި ދާނެބާ؟!⁠“


ފަތްފުށްތަކުގައި މިހެން އޮވެއެވެ: ”⁠ވަޑައިގަންނަވާނެ ފަރާތް ވަޑައިގަންނަވާކަށް މާގިނަ ދުވަހެއް ނެތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ