Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 11:25 - ކިތާބުލް މުޤައްދަސާ

25 އެ ވަގުތު އީސާގެފާނު މިހެން ވިދާޅުވެ ދުޢާ ދެންނެވިއެވެ. ”⁠ބައްޕާފުޅާ! އުޑާބިމުގެ ސާހިބުވަންތަ ރަސްކަލާކޯ! އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އެއީ މިހުރިހާ ކަންތައްތަކެއް ޙިކުމަތްތެރިންނަށާއި ތޫނުފިލި މީހުންނަށް ވަންހަނާ ކުރައްވައި އާދައިގެ ތުއްތު ކުދިބަޔަކަށް މި ހުރިހާ ކަންތައްތައް ހާމަކޮށް ދެއްވީތީ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 11:25
40 ပူးပေါင်းရင်းမြစ်များ  

”⁠އުޑުތަކާއި ބިން ހެއްދެވި އެންމެ މަތިވެރި ރަސްކަލާނގެ ޙަޟްރަތުން ތިބާއަށް ނިޢުމަތް ލެއްވުމަށް އަހަރެން އެދެން. ހުރިހާ ތަޢުރީފެއް ޙައްޤުވެގެން ވަނީ ދުޝްމަނުންގެ މައްޗަށް ތިބާއަށް ފަތަޙަ ދެއްވި އެންމެ މަތިވެރި ރަސްކަލާނގެއަށް.⁠“ އެއަށް ފަހު އަބްރާމްގެ ޣަނީމާ މުދަލުގެ ދިހަބައިކުޅަ އެއްބައި މަލްކީޞާދިޤުއަށް ވެދުން ކުރެއްވިއެވެ.


ޖަވާބުގައި އަބްރާމް ވިދާޅުވިއެވެ. ”⁠އުޑާއި ބިން ހެއްދެވި އެންމެ މަތިވެރި ރަސްކަލާނގެ ގަންދީ ހުވާ ކޮށްފައި ބުނަން. ތިބާގެ ތަކެތީގެ ތެރެއިން ފައިވާނުގެ ވަދެއް ނުވަތަ ރޮދިފަށެއްހާ މިންވަރު ވެސް އަހަރެން ބޭނުމެއް ނޫން. އޭރުން ތިބާއަކަށް ނުބުނެވޭނެ އަހަރެން މުއްސަނދި ކުރުވީ ތިބާއެކޭ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ ޔޫނުސްގެ ދަރި ޝަމްއޫނު. ތިބާއަށް ބަރަކާތްހުރި. އެހެނީ އެއްވެސް މީހަކު އެކަން ތިބާއަށް ހާމަކޮށްދީފައި ނުވޭ. އަހަރެންނަކީ ކާކުކަން ތިބާއަށް އަންގައިދިނީ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅު.


އެމީހުން އީސާގެފާނުގެ އަރިހުން އެއްސެވިއެވެ. ”⁠އެ ކުޑަކުދިން އެ ކިޔާއެއްޗެތި ކަލެއަށް އިވޭތަ؟⁠“ އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އާނ. ބާވައިލެއްވި ފަތްފުށްތަކުގައި މިފަދައިން ލިޔެވިފައިވާތީ އަޑެއް ނާހަންތަ؟ ’⁠ކުޑަކުދިންނާއި ތުއްތު ކުދިންނަށް އިނބަރަސްކަލާނގެ ކިބަފުޅަށް ޙަމްދު ސަނާ ދެންނެވުމަށް އުނގަންނަވައި ދެއްވި.⁠‘⁠“


”⁠ބައްޕާ! ބައްޕަ އިރާދަކުރައްވާ ކަމަކަށްވަނީ ނަމަ މި ވޭންދެނިވި ތަށި އަޅުގަނޑުގެ އަތުން އަތުލާ. ނަމަވެސް އަޅުގަނޑު އެދެނީ ބައްޕަ ބޭނުން ގޮތް. އަޅުގަނޑު ބޭނުންގޮތެއް ނޫން.⁠“


އެވަގުތު އީސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”⁠ބައްޕާ! އެބައިމީހުންގެ ފާފަ ފުއްސަވާ ދެއްވާ. އެބައިމީހުން އެކުރާ ކަންތައްތަކެއް އެބައިމީހުންނަކަށް ނުވިސްނޭ.⁠“ އީސާގެފާނު ސަލީބަށް އެރުވުމުގެ ކަންތައް ކުރި ސިފައިންގެ މީހުން އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތު ލިއެވެ.


ދެން އެމީހުން އެތަނުގައި ޖައްސާފައިވީ ހިލަ އެއްފަރާތަކަށް ފުރޮޅާލިއެވެ. އެވަގުތު އީސާގެފާނު މައްޗަށް ބައްލަވާފައި މިފަދައިން ވިދާޅުވިއެވެ. ”⁠ބައްޕާފުޅު އަޅުގަނަޑުގެ ދުޢާ އެއްސެވީތީ ހަމްދާ ޝުކުރު ކުރަން.


މިހާރު އަހަރެންގެ ހިތުގައި ނުތަނަވަސް ކަމެއް ވޭ. ވީއިރު އަހަރެން ބައްޕާފުޅަށް ދުޢާކޮށް އަންނަން އޮތް ކަންތަކުން ސަލާމަތް ކޮށް ދެއްވުން އެދި ދަންނަވަންވީތަ؟ ނޫން! އެއްގޮތަކަށް ވެސް އެހެނެއް ނޫން. އަހަރެން މި ދުނިޔެއަށް އައީ ވެސް މިފަދައިން އަނިޔާ ލިބިގަތުމަށްޓަކާ.


ބައްޕާފުޅު! ބައްޕާފުޅުގެ ނަންފުޅު މަތިވެރި ކުރައްވައި ޖަލާލުވަންތަ ކުރައްވައި ފާނދޭވެ!⁠“ އީސާގެފާނު މިހެން ހަމަ ވިދާޅުވި ވަގުތު އުޑުން އައި އަޑުފުޅެއް މިފަދައިން އިވިގެން ދިޔައެވެ. ”⁠ތިމަންކަލާނގެ އެނަން މަތިވެރި ކޮށްފިން. އަދިވެސް އެނަން ޖަލާލަތު ކުރާނަން.⁠“


މި ކަލާނގެއަކީ ދުނިޔެއާއި ދުނިޔޭގައި ވާނަމަ ވާހާތަކެއްޗެއް ހެއްދެވި ކަލާނގެއޭ. އެކަލާނގެއަކީ އުޑާއި ބިމުގެ ވެރިސާހިބުވަންތަ ކަލާނގެއޭ. އެކަލާނގެ ވޮޑިގެންވަނީކީ އިންސާނުން ބިނާކޮށްފައި ވާ ޢިމާރާތްތަކަކު ނޫނޭ.


ނަމަވެސް ޞަމޫއީލް މާތްރަސްކަލާނގެ އަށް ޚިދުމަތް ކުރުމުގައި ދެމިހުށްޓެވެ. އޭނާ ކުޑަޔަކަސް ހުންނަނީ ލިނެން ފޮތިން އިމާމުން ލާ ކަހަލަ އަފޫދު ހެދުމެއް ލާފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ