Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 11:23 - ކިތާބުލް މުޤައްދަސާ

23 ކަޕަރުނައުމްގެ އަހުލުވެރިންނޭ! ކަލޭމެންނަށް ސުވަރުގެ ލިބިދޭނޭ ކަމުގައި ހީކުރަނީތަ؟ ނޫން. ކަލޭމެން ވެއްޓިގެން ދާނީ ނަރަކައިގެ އެންމެ ފުންމިނަށް. ކަލޭމެންގެ މެދުގައި އަހަރެން ދެއްކި މުޢުޖިޒާތްތައް ސަދޫމުގައި ދެއްކި ކަމުގައި ވީނަމަ މިއަދު ވެސް އެ ރަށް ފެންނަން އޮތީސް.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 11:23
30 ပူးပေါင်းရင်းမြစ်များ  

އެރަށުގެ މީހުންނަކީ މާތްރަސްކަލާނގެ މަނާކުރައްވާފައިވާ ނުބައި ނުލަފާ ކަންތައްކުރާ ނުބައި ބަޔެކެވެ.


އަހަރެން މިބުނަނީ ތެދެއް. ޤިޔާމަތް ދުވަހުގައި ސަދޫމު އާއި ޢަމޫރަތުގެ އަހުލުވެރިންނަށް ވުރެން އެ ސަހަރުގެ އަހުލުވެރިންނަށް ލިބިދޭ ޢުޤޫބާތް ބޮޑުވެގެންވާނެ.⁠“


އަހަރެން ތިބާއަށް ބުނަން. އަހަރެން ތިބާއާއި މުޚާތަބު ކުރާނީ ޕަތަރަސްގެ ނަމުން. އަހަރެންގެ ޖަމާޢަތް އަހަރެން ބިނާ ކުރާނީ ތިޔަ ހިލައިގެ މަތީގައި. މަރަކަށް ވެސް އަދި ޝައިތާނާއަކަށް ވެސް އެ ޖަމާޢަތުގެ މައްޗަށް ބާރެއް ނުފޯރުވޭނެ.


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ކަޕަރުނައުމްއަށް ވަޑައިގެންނެވި ހިނދު ބައިތުލް މަޤްދިސްއަށް ދައްކާ ފައިސާ ބަލަހައްޓާ މީހުން ޕަތަރަސްގެ ކައިރިއަށް އައިސް ސުވާލު ކުރިއެވެ. ”⁠ތިޔަބައިމީހުންގެ އެދުރުކަލޭގެފާނު ބައިތުލް މަޤްދިސްއަށް ޓެކްސް ނުދައްކަވާނެތަ؟⁠“


އަދި ނާޒަރަތަށް ވަޑައިގެންނެވުމުގެ ބަދަލުގައި ކަޕަރުނައުމް އަވަށަށް ވަޑައިގެން ދިރިއުޅުއްވަމުން ގެންދެވިއެވެ. އެއީ ޒަބޫލޫން އާއި ނަފްތާލީ ސަރަހައްދުގެ ތެރެއިން ގަލީލީ ކަނޑުގެ އައްސޭރި ފަށުގައިވާ އަވަށެކެވެ.


އީސާގެފާނު ކަޕަރުނައުމްއަށް ވަޑައިގެންނެވިހިނދު ރޯމު ސިފައިންގެ އޮފިސަރެއް އެކަލޭގެފާނުގެ އަރިހަށް އައިސް އެހީތެރިކަމަށް އެދި ދެންނެވިއެވެ.


އޭ ކަޕަރުނައުމްގެ އަހުލުވެރިންނޭ! ކަލޭމެންނަށް އެދުވަހުން ސުވަރުގޭގައި ޚާއްސަކަން ދެވޭނެ ކަމުގައި ހީކުރަނީ ތަ؟ ނޫން. ކަލޭމެން ވެއްޓިގެން ދާނީ ނަރަކައިގެ އެންމެ ފުނަށް.⁠“


އެއީ ހިތުގައި އަމިއްލަ ނަފްސުގެ މައްޗަށް ކިބުރުވެރިކަން ވާ ކޮންމެ މީހަކު ދަށްކުރެވޭނެ. އަދި ހިތުގައި ކިބުރުވެރިކަން ނުވާ ކޮންމެ މީހަކު މަތި ކުރެއްވޭނެ.⁠“


މި މުއްސަނދި މީހާ ނަރަކައިގައި ވަރަށް ވޭން ލިބިގެންވާ ހާލުގައި ވި. އޭނާ ވަށައިގެން ހޯދާ ބެލިއިރު ވަރަށް ދުރުން އޭނާއަށް އިބްރާހީމްގެފާނު ފެނުނު. އަދި އެކަލޭގެފާނުގެ އަރިހުގައި ލާޒަރު ވެސް ވަނިކޮށް ދުށް.


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ހިތާހިތުން ތިޔަ ކިޔަނީ އަހަންނާ ދިމާލަށް މިހެން ބުނަންކަން އަހަންނަށް އެނގޭ. ’⁠އޭ ބޭސްވެރިޔާއޭ. ކަލޭގެ އަމިއްލަ ބަލި ފަސޭހަކޮށް ބަލާށޭ. ކަލޭ ކަޕަރުނައުމްގައި މުޢުޖިޒާތްތައް ދެއްކިޔޭ ބުނާތީ އިވެއޭ. ވީއިރު މުޢުޖިޒާތްތައް ކަލޭގެ އަމިއްލަ ރަށުގައި ވެސް ދައްކަން ވީނުންހޭ؟⁠‘


އިނބަރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ ބޭކަލުން މަރުވުމަށް ފަހު ކަށްވަޅުގައި ގިނަ ދުވަސްތަކަކަށް އޮތުމަކަށް އިނބަރަސްކަލާނގެ ދޫކޮށެއް ނުލައްވާނޭ. އިނބަރަސްކަލާނގެ އެކަލޭގެފާނުގެ ހަށިކޮޅު ފަނާވެ ދިޔުމަކަށް ދޫކޮށެއް ނުލައްވާނޭ.


ދާއޫދުގެފާނަށް ކަންތައް ވާނޭ ގޮތް އެނގިވަޑައިގެން ވާތީ އެކަލޭގެފާނު އަލްމަސީޙު މަރުވުމަށް ފަހު އަލުން ދިރުއްވޭނޭ ކަމުގައި ވިދާޅުވި. ދާއޫދުގެފާނު ވިދާޅުވި. ’⁠އަލްމަސީޙު ކަށްވަޅުގައި ވުމަކަށް އެކަލާނގެ ދޫކޮށެއް ނުލައްވާނޭ. އަދި އަލްމަސީޙާގެ ހަށިކޮޅު ކުނިވެ ނެތިގެންނެއް ނުދާނޭ.⁠‘


ސަދޫމު އާއި ޢަމޫރަތުގެ މަތިންނާއި އަދި އެ ސަހަރުތަކުގެ ކައިރީގައި ވީ އެހެނިހެން ސަހަރުތަކުގެ މަތިން ހަނދާންކުރާށެވެ. އެ ސަހަރުތަކުގެ އަހުލުވެރިން ވަނީ ފާހިޝް އަމަލުތައް ކުރުންމަތީގައެވެ. އަދި މިކަންތަކުގެ ތެރޭގައި އެބައިމީހުން ނުކުރާކަ ނުބައިވެގެންވީ ޢަމަލެއް ނުމެނެތްމެއެވެ. އެ ސަހަރުތައް ނެތި ކުރެއްވީ އަލިފާން ފޮނުއްވައެވެ. އެއީ ނުބައިވެގެންވީ ހުރިހާ އެންމެންގެ މައްޗަށް ފޮނުއްވާނޭ ނިމުމެއް ނުވާ އަލިފާނުގެ ގަދަފަދަ ޢުޤޫބާތުގެ މިސާލެއްމެއެވެ.


އަހަރެންނީ ދާއިމަށް ދެމި ވޮޑިގެންވާނެ ފަރާތް! އަހަރެން މަރުވެދިޔަ. ނަމަވެސް އަހަރެންނީ އަބަދުގެ އަބަދަށް ދިރިދެމި ވޮޑިގެންވާނެ ފަރާތް. މަރުގެ ތަޅުދަނޑި އަހަރެން ހިފަހައްޓަން. އަދި މަރުގެ މަންޒިލްގެ ތަޅުދަނޑިވެސް އަހަރެން ހިފަހައްޓަން.


އެމީހުންގެ މާތްސާހިބާ ސަލީބަށް އެރުވިދިޔަ މަތިވެރި ސަހަރުގެ މަގުގެމަތީގައި މި ދެ ހެކިވެރިންގެ ހަށިގަނޑު ބޭއްވިފައި ވާނެއެވެ. އެ ސަހަރުގެ ރަމްޒީ ނަމަކީ ސަދޫމު އަދި މިޞްރެވެ.


އަދި ކަނޑު އޭގެ އަޑީގައި މަރުވެފައިވާ ހުރިހާ އެންމެންގެ ހަށިގަނޑުތައް ގެނެސްދިނެވެ. އަދި އެމީހުންނާއިމެދު ފައިސަލާ ކުރުމުގެ ވަގުތު ޖެހުނެވެ. އަދި މަރާއި މަރުގެ މަންޒިލް އޭގައި ތިބި މީސްތަކުން ގެނެސްދިނެވެ. އަދި އެއިން ކޮންމެ މީހަކަށްމެ އެމީހަކު ކުރި ޢަމަލަކަށް ޖަޒާ ލިބުނެވެ.


އަހަރެން ބަލާލީމެވެ. އެތަނުގައި ފަނޑު ފެހި ކުލައިގެ އަހެއް އޮތެވެ. އެ އަހުގެ އަސްވާރުގެ ނަމަކީ މަރެވެ. އަދި މަރުގެ މަންޒިލް ފަސްފަހަތުގައި ވިއެވެ. މިބައިމީހުންނަށް ދުނިޔޭގެ ހަތަރުބައިކުޅަ އެއްބައިގެ މައްޗަށް އަމުރުވެރިކަން ލިބިގެންވިއެވެ. އެއީ ހަނގުރާމައިގައި މީހުން ގަތުލު ކުރުމުގައްޔާއި، ތަދުމަޑުކަމުގައްޔާއި ބަލިމަޑު ކަމުގައި މީހުން މެރުމަށާއި އަދި ވަލުޖަނަވާރު މެދުވެރިކޮށް މީހުން މެރުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ