މައްތާ 11:21 - ކިތާބުލް މުޤައްދަސާ21 އެކަލޭގެފާނު ވިދާޅުވިއެވެ. ”ކޮރާޒިންގެ އަހުލުވެރިންނޭ! ބެތުސައިދާގެ އަހުލުވެރިންނޭ! ތިޔަ ދެ ސަހަރަށް ބޮޑު ހިތާމައެއް ހުރި! ތިޔަ ދެ ސަހަރުގެ އަހުލުވެރިންނަށް ދެއްކެވި މުޢުޖިޒާތްތައް ޞޫރު އާއި ޞައިދޫންގެ އަހުލުވެރިންނަށް ދެއްކެވި ކަމުގައިވާނަމަ އެމީހުން މޮޅިވެރިކަމުގެ ހެދުންތައް ލައި ބޮލަށް އަޅި އަޅައި އެމީހުން ތައުބާވެއްޖެތާ ކިތަންމެ ދުވަހެއް. အခန်းကိုကြည့်ပါ။ |
އެއަށް ފަހު އީސާގެފާނު ވަޑައިގެންނެވީ ޞޫރު އާއި ކައިރި ހިސާބުތަކަށެވެ. އަދި އެ ސަރަހައްދުގައި ހުރި ގެއަކަށް އެކަލޭގެފާނު ވަޑައިގެންނެވިއެވެ. އެ ގޭގައި އެކަލޭގެފާނު ހުންނެވިކަން މީސްތަކުންނަށް އެނގެން އެކަލޭގެފާނު އެދިވަޑައިގެން ނުވެއެވެ. ނަމަވެސް އެކަލޭގެފާނު އެ ގޭގައި ހުންނެވިކަން ސިއްރެއް ނުކުރެވުނެވެ.
ނަމަވެސް މާތްރަސްކަލާނގެ އިލްޔާސްގެފާނު އެއިން ކޮންމެ ހުވަފަތް އަންހެނެއްގެ ކައިރިއަށް މުޢުޖިޒާތަކާއިގެނެއް ނުފޮނުއްވާ. އެކަލާނގެ އިލްޔާސްގެފާނު މުޢުޖިޒާތަކާއިގެން ފޮނުއްވީ ބަނީއިސްރާއީލުގެ ޤައުމެއް ކަމުގައި ނުހިމެނޭ ޤައުމެއްގެ ރަށެއް ކަމުގައިވާ ޞައިދޫންގެ ޒަރާފަތުގައި އުޅުނު ހުވަފަތް އަންހެނެއްގެ ކައިރިއަށް.
އީސާގެފާނު އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީންނާއިއެކު އުސް ބިމުން ފައިބާވަޑައިގެން ހަމަ ބިމަށް ތިރިއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އީމާންވާ އިތުރު އެތައް އަސްޙާބީންނެއް ވެސް އެތާނގައި ވިއެވެ. އަދި އޭގެ އިތުރުން ޖުދެއާ ކަރައިންނާއި ޖެރޫސަލަމުންނާއި ދުރު ރަށްތައް ކަމުގައިވާ ޞޫރުންނާއި ޞައިދޫނުން ވެސް އެތައް ބައިވަރު ބަޔަކު އެތަނަށް އެއްވެފައި ވެއެވެ.
ޞޫރު އާއި ޞައިދޫންގެ ރައްޔިތުންނާއި ހެރޮދު އާއި ދެމެދުގައި ވަނީ ހަމަނުޖެހުން އުފެދިފައެވެ. ނަމަވެސް ޞޫރު އާއި ޞައިދޫންގެ ރައްޔިތުން ހެރޮދު ރަސްގެފާނާއި ސުލްޙަވުމަށް އެދި އައެވެ. އެއީ އެދެރަށުގެ މީހުން ކެއުމަށް ބޭނުން ކުރާ ހުރިހާ ގޮވާމެއް ގަންނަނީ ހެރޮދުގެ ވެރިކަމުގެ ދަށުގައި ވާ ސަރަހައްދުގެ ބިންތަކުންނެވެ. އެމީހުން މި ގޮތަށް ކަން ކުރުމަށްޓާކާ އެ ރަސްގެފާނުގެ ޚާއްސަ ވަޒީރަކު ކަމުގައިވާ ބުލާސްތުސް އާއި ވާހަކަދައްކާ އޭނާ އެމީހުންގެ ކޮޅަށް ޖެއްސިއެވެ.
އަހަރެމެން ފުރި ދުވަހުގެ އަނެއްދުވަހު އޮޑި ޞައިދޫނަށް ލެފިއެވެ. ޖޫލިޔުސް ޕައުލްއާއި ދޭތެރޭ ވަރަށް ރަނގަޅަށް ކަންތައް ކުރެއްވިއެވެ. ޕައުލްއަށް އެއްގަމަށް ގޮސް އެ ރަށުގައިވާ ޕައުލްގެ ރައްޓެހިންނާ ބައްދަލު ކުރުމަށް ވެސް ޖޫލިޔުސް ހުއްދަ ދެއްވިއެވެ. އެ ރަށުގައި ވީ ޕައުލްގެ ރައްޓެހިން އޭނާއަށް ހެޔޮކޮށް ހިތިއެވެ.
ހިތާމައެއް ހުރީ އެމީހުންނަށެވެ! އެބައިމީހުން ނަކަލު ކުރީ ޤާޔިން އޭނާގެ އަޚާ އާއިމެދުގައި ކަންތައްކުރި ގޮތެވެ. އަދި ފައިސާގެ ދަހިވެތި ކަމުގައި ބަލްޢާމު ކުރިފަދަ ކުށްތައް ކުރިމެއެވެ. ހަމައެހެންމެ މާތްރަސްކަލާނގެ ކިބަފުޅަށް ޤޫރަޙު އުރެދުނު ފަދައިން އެބައިމީހުން އުރެދުމުގެ ސަބަބުން ޤޫރަޙު ނެތިކުރެއްވި ފަދައިން އެބައިމީހުން ވެސް ނެތިކުރައްވާނެއެވެ.