Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 11:2 - ކިތާބުލް މުޤައްދަސާ

2 އެ ހިނދު ޔަޙުޔާގެފާނު ޖަލުގައި ހުންނަވަނިކޮށް އަލްމަސީޙު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. އަދި ޔަޙުޔާގެފާނުގެ އަސްޙާބީން އީސާގެފާނުގެ އަރިހަށް ފޮނުވައި ސުވާލު ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 11:2
11 ပူးပေါင်းရင်းမြစ်များ  

ވީމާ އިބްރާހީމްގެފާނުން ފެށިގެން ދާއޫދުގެފާނާއި ހަމައަށް ސާދަ ޖީލު ހިމެނެއެވެ. އަދި ދާއޫދުގެފާނު ފެށިގެން އެބައިމީހުން ބާބިލަށް ގެންދެވުމާއި ހަމައަށް ވެސް ސާދަ ޖީލު ހިމެނެއެވެ. އަދިހަމައެހެންމެ، އެބައިމީހުން ބާބިލަށް ގެންދެވުމާއި ހަމައިން އަލްމަސީޙުގެ އުފަންވެވަޑައިގަތުމާއި ހަމައަށް ވެސް ސާދަ ޖީލު ވެއެވެ.


މީގެ ދުވަސްތަކެއް ކުރީގައި ހެރޮދު ވަނީ ޔަޙުޔާގެފާނު ހައްޔަރުކޮށް ގެންގޮސް ޖަލަށްލާފައެވެ. މިފަދައިން ހެރޮދު ކަންތައް ކުރި ސަބަބަކީ ހެރޮދުގެ އަންހެނުން ހެރޯދިޔާސް އަކީ ހެރޮދުގެ ކޮއްކޮ ފިލިޕުގެ ކުރީގެ އަންހެނުން ކަމަށް ވާތީ އެކަމާ ދެކޮޅަށް ޔަޙުޔާގެފާނު ހެރޮދު އާއި ދިމާލަށް މިފަދައިން ވިދާޅުވެފައިވާތީއެވެ. ”⁠ތިބާގެ ކޮއްކޮގެ އަނބިމީހާ އާއި ތިބާ ކައިވެނި ކުރުމަކީ ޤާނޫނާއި ޚިލާފް ކަމެއް.⁠“


ޔަޙުޔާގެފާނު ޖަލުގައި ހައްޔަރު ކުރެވުނު ޚަބަރު އީސާގެފާނަށް ލިބިވަޑައިގެންނެވުމުން އެކަލޭގެފާނު ގަލީލީއަށް އެނބުރިވަޑައިގެންނެވިއެވެ.


އެއްދުވަހަކު ޔަޙުޔާގެފާނުގެ އަސްޙާބީން އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އަޅުގަނޑުމެންނާއި އަދި ފަރީސީން ވެސް ރޯދަ ހިފަން. އެކަމަކު ކަލޭގެފާނުގެ އަސްޙާބީން ރޯދަ ނުހިފަނީ ކީއްވެ؟⁠“


ހެރޮދު އޭނާގެ އަމުރަށް ޔަޙުޔާގެފާނު ހައްޔަރުކުރައްވާ ޖަލުގައި ބެހެއްޓިއެވެ. މި ގޮތަށް ހެރޮދު އަމަލުކުރި ސަބަބަކީ ހެރޮދު ކައިވެނި ކުރި އަންހެނާ، ހެރޯދިޔާސްއަކީ އޭނާގެ ކޮއްކޮ ފިލިޕުގެ އަނބިމީހާ ކަމުގައި ވުމާއި ޔަޙުޔާގެފާނު ހެރޮދަށް ކުރުނުކުރައްވާ ވިދާޅުވުމުންނެވެ. ”⁠ތިބާގެ ކޮއްކޮގެ އަންހެނުންނާއި އިނުމަކީ ތިބާއަށް ހުއްދަވެގެންވާ ކަމެއް ނޫން!⁠“


ނަމަވެސް ގިނަ ދުވަހެއް ނުވެ ގަލީލީގެ ވެރިޔާ ހެރޮދު ޔަޙުޔާގެފާނު ޖަލަށް ލިއެވެ. އެއީ ހެރޮދު އޭނާގެ އެއްބަފާ ބޭބެ ފިލިޕުގެ އަންހެނުން ހެރޯދިޔާސް އާއި އިނުމުންނާއި އަދި އޭނާ ކޮށްފައިވާ އެހެން ވެސް ނުބައި ކަންތައްތަކަކީ ނުރަނގަޅު ކަންތައްތައް ކަމުގައި ޔަޙުޔާގެފާނު ވިދާޅުވުމުންނެވެ.


މިސަރަހައްދުގެ ވެރިޔާ ހެރޮދުއަށް މި ހިނގާދިޔަ ހުރިހާ ކަންތައްތަކެއްގެ ޚަބަރު ލިބިއްޖެއެވެ. މިކަމާއި އޭނާ ވަރަށް ބޮޑަށް ކަންބޮޑު ވިއެވެ. އެއީ ބައެއްމީހުން ޔަޙުޔާގެފާނު އަލުން ދިރުއްވައިފިއޭ ވެސް ކިޔާއުޅެއެވެ.


އީސާގެފާނު ޔަޙުޔާގެފާނަށް ވުރެވެސް ގިނަ މީހުން ތައުބާގެ ހިނެވުން ހިނަވަމުން ގެންދަވާ ކަމަށް ފަރީސީންނަށް އިވިއްޖެކަން އީސާގެފާނަށް އެނގިވަޑައިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ