Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 11:17 - ކިތާބުލް މުޤައްދަސާ

17 ’⁠ކަލޭމެންނަށް ޓަކައި އަހަރެމެން މިޔުޒިކް ކުޅެދިނީމޭ. ނަމަވެސް ކަލޭމެން ނުނެށީމެއް ނޫންހޭ. އަހަރެމެން ހިތާމަވެރި ލަވަ ކިޔަދިނީމޭ. އެހެނަސް ކަލޭމެން ނުމެ ރުއީމެއް ނޫންހޭ!⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 11:17
15 ပူးပေါင်းရင်းမြစ်များ  

ދަތުރުކޮށް ގޮސް އުރުދުން ކޯރުގެ އިރުމަތީ ފަރާތުން އަޠާދުގައި އޮންނަ ތޮށިނޮޅާ ތަނަށް އާދެވުނު ހިނދު އެބައިމީހުން ޔަޢުޤޫބުގެފާނުގެ މައްޗަށް ހިތާމަކޮށް އަޑުން އަޑުނަގާ ރޮމުން ގެންދިޔައެވެ. ޔޫސުފުގެފާނު މި މުނާސަބަތު ހަފްތާއެއްހާ ދުވަސް ވަންދެން ކުރިއަށް ގެންދެވިއެވެ.


މިޒަމާނުގެ މީހުންނާއި މެދު އަހަރެން ބުނާނީ ކީކޭ؟ އެބައިމީހުންނާ ވައްތަރީ ކޮންފަދަ ބަޔަކާ؟ އެބައިމީހުންނެކޭ ބާޒާރު މަތީގައި އިށީނދެ ތިބޭ ކުދިންނެކޭ އެއްގޮތް. އެކުދިން ކުޅެމުން ގެންދާހިނދު އެއްކުއްޖަކު އަނެއްކުއްޖަކަށް ބުނާނެ.


ޔަޙުޔާގެފާނު ވަޑައިގެން ރަލާއި އާދައިގެ ކާނާ ފަރީއެއް ނުކުޅައްވާ. އެހެން ވުމާއެކު، އެމީހުން ބުނޭ. ’⁠އޭނާ އެވަނީ ޖިންނި އަވަލާފައޭ.⁠‘


އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ކައިވެނި ވާ ފިރިހެނާ މެހުމާނުންނާއި އެކުގައި ހުންނަ ހިނދު އެބައިމީހުން ދެރައެއް ނުވާނެ. އެކަމަކު ކައިވެނި ވާ ފިރިހެނާ އެބައިމީހުންގެ ކައިރިން ދުރަށް ދިއުމުގެ ވަގުތު ޖެހުމުން އެބައިމީހުން ދެރަވެ ނުކާނެ.


ދެން އީސާގެފާނު ދީނީ މަރުކަޒުގެ ވެރިޔާގެ ގެއަށް ވަޑައިގެންނެވި ހިނދު އެ ގެއަށް އެއްވެފައި ތިބި މީސްތަކުންގެ ރުއިމުގެ އަޑުއިވި ޖަނާޒާގެ މިޔުޒިކު ކުޅެވެމުން ދާ ތަން އެކަލޭގެފާނު ދެކިވަޑައިގެންނެވިއެވެ.


މި ވަގުތު މިދަނޑުވެރިޔާގެ ދޮށީ ދަރިފުޅު އުޅުނީ ދަނޑުތަކުގެ މަސައްކަތުގަ. އޭނާ މަސައްކަތުން ނިމިގެން އެނބުރި ގެއަށް އައިއިރު ގޭދޮށުގައި މީސްތަކުން ލަވަކިޔައި ނަށައި އުޅޭ ތަން ފެނި


އީސާގެފާނުގެ ފަހަތްޕުޅުން އެތައް ހާސް ބަޔަކު ދިޔައެވެ. މިމީހުންގެ ތެރޭގައި ރޮމުން ހިތާމަ ކުރަމުން ދިޔަ ބައެއް އަންހެނުން ވެސް ހިމެނުނެވެ.


އެމީހުންނެކޭ ބާޒާރުމަތީ ކުޅެން އުޅޭ ކުދިންނެކޭ އެއްގޮތް. އެމީހުން އެކަކު އަނެކަކަށް ގޮވާލާނެ: ’⁠އަހަރެމެން ކަލޭމެންނަށްޓަކައި ޝެހެނާއީ ފުމެދިނީމޭ. އެކަމަކު ކަލޭމެން ނުނެށިއޭ. އަހަރެމެން ހިތާމަވެރި ލަވައެއް ކަލޭމެންނަށް ކިޔާދިނީމޭ. އެކަމަކު ކަލޭމެން ނުރުޔޭ.⁠‘


އޭރު ބޭރުގައި އެންމެން އެކުއްޖާގެ މަރުގެ ސަބަބުން އަޑުންއަޑު ނަގާ ރޮއި ހިތާމަކޮށް ހަދަން ތިއްބެވެ. އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ރޮއި ހިތާމަކުރާނެ ކަމެއް ނެތް. މިކުއްޖާ މި ވަނީ މަރުވެފަ ނޫން. އޭނާ އެވަނީ ނިދާފަ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ