Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 11:16 - ކިތާބުލް މުޤައްދަސާ

16 މިޒަމާނުގެ މީހުންނާއި މެދު އަހަރެން ބުނާނީ ކީކޭ؟ އެބައިމީހުންނާ ވައްތަރީ ކޮންފަދަ ބަޔަކާ؟ އެބައިމީހުންނެކޭ ބާޒާރު މަތީގައި އިށީނދެ ތިބޭ ކުދިންނެކޭ އެއްގޮތް. އެކުދިން ކުޅެމުން ގެންދާހިނދު އެއްކުއްޖަކު އަނެއްކުއްޖަކަށް ބުނާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 11:16
12 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުންގެ ކަންފަތްތަކެއް ހުރިނަމަ، އަހަރެންގެ މި ބަސްތަކުގެ އަޑުއަހާ!


’⁠ކަލޭމެންނަށް ޓަކައި އަހަރެމެން މިޔުޒިކް ކުޅެދިނީމޭ. ނަމަވެސް ކަލޭމެން ނުނެށީމެއް ނޫންހޭ. އަހަރެމެން ހިތާމަވެރި ލަވަ ކިޔަދިނީމޭ. އެހެނަސް ކަލޭމެން ނުމެ ރުއީމެއް ނޫންހޭ!⁠‘


ހަރުފަތަކުގެ ދަރިންނޭ! ނުބައިވެގެންވާ ބަޔަކަށް ރަނގަޅު ވާހަކައެއް ބުނެވޭނީ ކިހިނަކުން؟ ކަލޭމެންގެ ދުލުން ބުނާ ވާހަކަތަކުން ދައްކައިދޭނީ ކަލޭމެންގެ ހިތުގައިވާ ގޮތް.


އަހަރެން މިބުނަނީ ތެދެއް. އެ ހުރިހާ ކަމެއްގެ ޒިންމާ މިޖީލު އުފުލަންޖެހޭނެ.⁠“


މީސްތަކުން އެބައިމީހުންނާއި ސަލާމްކުރުމަށާއި ބާޒާރުމަތީގައި އެބައިމީހުންނަށް މިސްތަކުން ގަދަރުކުރުމަށް އެބައިމީހުން ލޯބިކުރާނެ. އަދިހަމައެހެންމެ، މީސްތަކުން އެބައިމީހުންނަށް ’⁠އެދުރުކަލޭގެ⁠‘ ނަމުން މުޚާތަބު ކުރުމަކީ ވެސް އެބައިމީހުން ނުހަނު ލޯބިކުރާ ކަމެއް.


އަހަރެން މިބުނަނީ ތެދެއް. މި ޖީލު ނެތި ދިއުމުގެ ކުރިން މި ހުރިހާ ކަމެއް ހިނގާނެ.


އެކަލޭގެފާނުގެ އުނގަންނަވައި ދެއްވުމުގައި ވިދާޅުވިއެވެ. ”⁠ދީނުގެ ދަންނަބޭކަލުންނާއިމެދު ފަރުވާތެރިވެ ސަމާލުވޭ. އެބައިމީހުން ލޯބިކުރާނީ އަގުބޮޑު ދިގު ޖުއްބާގައި ބާޒާރު ސަރަހައްދުގައި ހިނގާއިރު މީސްތަކުންގެ ޤަދަރާއި އިޙުތިރާމު ލިބުމަށް.


ތަކުރާރުކޮށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު އަހަރެން ބުނެދޭނީ ކިހިނަކުން؟ އަދި އެކަލާނގެ ރަސްކަންފުޅު ބަޔާން ކޮށްދިނުމަށް ނޫނީ ހާމަ ކޮށްދިނުމަށް އަހަރެމެންނަށް ބޭނުންކުރެވޭނީ މާނަފުން ކޮން ވާހަކައެއް؟


ކަލޭމެން ފަރީސީނުގެ މައްޗަށް ހިތާމަ ހުރި. އެއީ ކަލޭމެން އެންމެ ލޯބިކުރަނީ ދީނީ މަރުކަޒުގައި ހުންނަ އެންމެ މުހިންމު ގޮނޑިތަކަށާއި މަގުމަތީ މީހުންގެ ކިބައިން ލިބޭ އަދަބު އަދާ ކުރުމުގެ ސާލާމްތަކަށް.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅު ގާއިމު ކުރައްވާއިރު ކަންތައްތައް ވާނެ ގޮތް ކަލޭމެންނަށް ބުނެދިނުމަށް އަހަރެން ބޭނުން ކުރާނީ ކޮންފަދަ މިސާލެއް؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ