މައްތާ 11:14 - ކިތާބުލް މުޤައްދަސާ14 އަދި ތިޔަބައިމީހުން އެ ފަތްފުށްތައް ގަބޫލުކުރާނަމަ ޔަޙުޔާގެފާނަކީ އިލްޔާސްގެފާނު ކަމުގައި ތިޔަބައިމީހުން ގަބޫލު ކުރާނެ. އެއީ އެބޭކަލުން އިލްޔާސްގެފާނު ވަޑައިގަންނަވާނޭ ކަމުގައި ބަޔާންކުރައްވާފައި ވާތީވެ. အခန်းကိုကြည့်ပါ။ |
އޭނާ އިލްޔާސްގެފާނާއި އެއްފަދައިން މާތްރޫޙުފުޅުގެ ބާރާއިއެކު ކަންތައްތައް ކުރައްވާނެ. މާތްރަސްކަލާނގެ ޚާއްސަކުރައްވާފައިވާ މާތްސާހިބާ ފާޅުވެވަޑައިގަތުމުގެ ކުރިން އޭނާ އެކަލާނގެއަށްޓަކައި ބަނީއިސްރާއީލު މީސްތަކުން ތައްޔާރު ކުރައްވާނެ. އޭނާ ބައްޕައިންގެ ހިތްތައް އެބައިމީހުންގެ ދަރިންގެ މައްޗަށް އަނބުރުއްވައި އަދި މާތްރަސްކަލާނގެ ކިބަފުޅަށް ކިޔަމަންނުވާ މީހުން ޞާލިޙުކަމުގެ މަގަށް އަނބުރުއްވާނެ.“
އެއަށް ފަހު، ތަޚުތުތަކެއް އަހަރެން ދުށީމެވެ. އަދި އެ ތަޚުތުތަކުގައި އިށީނދެވަޑައިގެން ތިއްބެވި ފަރާތްތަކަށް އިންސާފު ކުރެއްވުމުގެ ބާރު ލިބިދެއްވާފައި ވެއެވެ. އީސާގެފާނާއި މެދު އަންގައިދީ މާތްރަސްކަލާނގެ ބަސްފުޅުން ވަޢުޡު އިއްވުމުގެ ސަބަބުން ބޯ ކަނޑާލެވިފައިވާ މީސްތަކުންގެ ފުރާނަތައް ވެސް އަހަރެން ދުށީމެވެ. އަދި އެބައިމީހުންނީ ކަނޑު ދާއްބަ އާއި އޭތީގެ ސޫރައަށް އަޅުކަން ނުކުރި މީހުންނެވެ. އަދި އެބައިމީހުންނީ އޭނާގެ ނިޝާން އެބައިމީހުންގެ ނިތްކުރީގައި ނޫނީ އެބައިމީހުންގެ އަތުގައި ޖެހުމަށް އިންކާރުކުރި މީހުންނެވެ. އެބައިމީހުންނަށް ދިރުން ލިބިދޭނެއެވެ. އަދި އަލްމަސީޙާއި އެކުގައި އެއްހާސް އަހަރު ވަންދެން ވެރިކަންކުރާނެއެވެ.