Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 11:13 - ކިތާބުލް މުޤައްދަސާ

13 އެހެނީ ޔަޙުޔާގެފާނު ވަޑައިގަތުމުގެ ކުރިން އެންމެހާ ނަބީބޭކަލުންގެ ފޮތްތަކާއި އަދި ތައުރާތުގައި މާތް ރަސްކަލާނގެ ރަސްކަންފުޅު އައުމާއި ބެހޭގޮތުން ޣައިބުގެ ބަސްތައް ވިދާޅުވެފައިވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 11:13
10 ပူးပေါင်းရင်းမြစ်များ  

ޔަޙުޔާގެފާނު މިރިސާލަތު އަންގަވާ ދެއްވަން ފެއްޓެވީއްސުރެން މިހާތަނަށް މާތްރަސްކަލާނގެ ރަސްކަންފުޅު ބާރަށް ކުރިއަށް ދިޔަ.


އަދި ތިޔަބައިމީހުން އެ ފަތްފުށްތައް ގަބޫލުކުރާނަމަ ޔަޙުޔާގެފާނަކީ އިލްޔާސްގެފާނު ކަމުގައި ތިޔަބައިމީހުން ގަބޫލު ކުރާނެ. އެއީ އެބޭކަލުން އިލްޔާސްގެފާނު ވަޑައިގަންނަވާނޭ ކަމުގައި ބަޔާންކުރައްވާފައި ވާތީވެ.


ދެން މޫސާގެފާނުން ފެށިގެން ހުރިހާ ރަސޫލުންނާއި ނަބީބޭކަލުންނެއް އެބޭކަލުންގެ ފޮތްތަކުގައި އީސާގެފާނާއި ބެހޭގޮތުން ލިޔުއްވާފައިވާ ހުރިހާ އެއްޗެއް އީސާގެފާނު އެމީހުންނަށް ތަފްސީލު ކޮށް ކިޔާދެއްވިއެވެ.


ދެން އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ތައުރާތާއި ޒަބޫރުއާއި އަދި ނަބީބޭކަލުން ލިޔުއްވާފައިވާ ފޮތްފޮތުގައި އަހަރެންނާއި މެދު ބަޔާން ވެގެންވާ ހުރިހާ ކަމެއް އެބަޔާން ވެގެން ވީ ފަދައިން ހިނގާ ނިމިދާނެ ކަމަށް އަހަރެން ކަލޭމެންނާއިއެކު ވީ ދުވަސްތަކުގައި ކަލޭމެންނަށް ބުނީން.⁠“


ޖެރޫސަލަމުގެ މީހުންނާއި އަދި އެމީހުންގެ ވެރިންނަކަށް އީސާގެފާނަކީ ކޮން ބޭކަލެއް ކަމެއް ނުވިސްނުނު. އަދި ރަސޫލުންނާއި ނަބީން މެދުވެރިކޮށް މާތްރަސްކަލާނގެ އަންގަވާފައިވާ ބަސްފުޅުތައް ލިޔެވިގެންވީ ފޮތުން ކޮންމެ ސަބަތުގެ ދުވަހެއްގައި އެމީހުން ކިޔަވާ އާޔަތްތަކެއް ވެސް އެމީހުންނަކަށް ނުވިސްނޭ. ނަމަވެސް ހަމަ އެ ބަސްފުޅުތަކުގައި ލިޔެވިގެންވީ ފަދައިން އެމީހުން އެކަލޭގެފާނު ކުށްވެރިކުރި. އަދި އެ ގޮތުން އެ ބަސްފުޅުތަކުގައި ވީ ފަދައިން ހުރިހާކަމެއް ފުރިހަމަވެ ދިޔަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ