Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 11:10 - ކިތާބުލް މުޤައްދަސާ

10 މާތްވެގެންވާ ފަތްފުށްތަކުގައި ޔަޙުޔާގެފާނާއި މެދު ބަޔާންކޮށް ދެއްވާފައި ވަނީ އެކަލޭގެފާނަކީ ޚާއްސަ ނަބީބޭކަލެއް ކަން. އެކަލޭގެފާނާއި މެދު މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވޭ: ’⁠ނިކަން ބައްލަވާ! ކަލޭގެފާނު ފޮނުއްވުމުގެ ކުރިން ތިމަންކަލާނގެ ނަބިއްޔާ ފޮނުއްވާނަމޭ. ކަލޭގެފާނަށް ޓަކައި މަގު އެ ނަބިއްޔާ ތައްޔާރު ކުރައްވާނޭ.⁠‘

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 11:10
10 ပူးပေါင်းရင်းမြစ်များ  

އަހަރެން މިބުނަނީ ތެދެއް. ދުނިޔެއަށް އަންހެނެއްގެ ބަނޑުން އުފަންވި މީހުންގެ ތެރޭގައި ޔަޙުޔާގެފާނު ފަދަ މަތިވެރި އިންސާނަކު ނުވޭ. ނަމަވެސް މާތްރަސްކަލާނގެ ރަސްކަންފުޅުގައި ހިމެނޭ އެންމެ ދަށް މީހާ ވެސް ޔަޙުޔާގެފާނަށް ވުރެން މަތިވެރިވެގެންވާނެ.


”⁠އަޅުގަނޑުމެން އިންތިޒާރު ކުރަމުން ގެންދިޔަ އަލްމަސީޙަކީ ތިޔައީތޯއޭ؟ ނޫނީ އަޅުގަނޑުމެން އެހެން ފަރާތަކަށް އިންތިޒާރު ކުރުންމަތީގައި ތިބެންވީތޯއޭ؟⁠“


ޔަޝަޔާޙުގެފާނުގެ ބަސްފުޅުތަކުގައި އެ އިޝާރާތް ކުރައްވާފައި ވާ ނަބިއްޔަކީ ޔަޙުޔާގެފާނެވެ. ޔަޝަޔާޙުގެފާނު ވިދާޅުވިއެވެ: ”⁠މީހުން ނޫޅޭ އެކަހެރި ހިސާބުގަނޑުގެ ތެރެއިން މީހަކު ގޮވަމުން ދާނެއޭ: ’⁠މާތްރަސްކަލާނގެއަށްޓަކާ މަގެއް ތައްޔާރުކުރޭ! އަދި އެ މަގު ސީދާ މަގަކަށް ހަދާ!⁠‘⁠“


މި ހެޔޮޚަބަރުފުޅު ފެށިގެން އައީ ނަބީ ޔަޝަޔާޙުގެފާނަށް މާތްރަސްކަލާނގެ ބާވައިލެއްވި ވަޙީފުޅާ އެއްގޮތްވާ ފަދައިންނެވެ. އެކަލޭގެފާނުގެ ފޮތްކޮޅުގައި ލިޔެވިގެން ވަނީ: ”⁠ކަލޭގެފާނު ވަޑައިގަތުމުގެ ކުރިން ކަލޭގެފާނަށްޓަކާ މަގެއް ތައްޔާރުކުރުމަށް ތިމަން ކަލާނގެ އެބައިމީހުންގެ ގާތަށް ނަބީ ބޭކަލަކު ފޮނުއްވާނަމު.


އެއަށް ފަހު ޒަކަރިއްޔާ އޭނާގެ ދަރިފުޅަށް ބުންޏެވެ. ”⁠މަގޭ ދަރިފުޅާ! ތިޔައީ މާތް ސާހިބުވަންތަ ރަސްކަލާނގެ ދުނިޔެއަށް ޒިޔާރަތްކުރެއްވުމުގެ ކުރިން އެކަލާނގެއަށްޓަކައި މަގު ތައްޔާރުކުރުމަށް އެކަލާނގެ ފޮނުއްވި ރަސޫލާ.


ދެން ޔަޙުޔާގެފާނު ނަބީ ޔަޝަޔާޙުގެފާނު ވިދާޅުވި ބަސްފުޅުތައް ބޭނުންކުރައްވައި މިފަދައިން ބުނެ އެމީހުންނަށް ޖަވާބުދެއްވިއެވެ. ”⁠އަހަރެން މިއީ ހަނަފަސް ސަހަރާގެ ތެރޭގައި، މާތްރަސްކަލާނގެއަށްޓަކައި، ސީދާ މަގެއް ތައްޔާރުކުރުމަށް ގޮވަމުން ދާ މީހާއޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ