މައްތާ 10:5 - ކިތާބުލް މުޤައްދަސާ5 މި ބާރަ އަސްޙާބީންނަށް އީސާގެފާނު އިރުޝާދު ދެއްވައި ފޮނުއްވިއެވެ: ”ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހެއްގެ ކައިރިއަށް ނުދާތި. ނުވަތަ ސަމީރިއްޔާގެ މީހުން ދިރިއުޅޭ އެއްވެސް އަވަށަކަށް ނުދާތި. အခန်းကိုကြည့်ပါ။ |
އަދި އެކަލޭގެފާނުގެ ބާރަ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި ކޮންމެ ޓީމެއްގައި ދެ އަސްޙާބީއަކު ހިމެނޭ ގޮތަށް ފޮނުވުމަށް ހަމަޖެއްސެވިއެވެ. އަދި މި ބާރަ އަސްޙާބީންނަށް ޖިންނީންގެ އުނދަގުލުން މީސްތަކުން ރަނގަޅު ކުރުމުގެ ބާރާއި ހުއްދަ ދެއްވައި އަމުރުކުރެއްވިއެވެ. ”ހިނގާއިރު މަގުމަތީގައި ބޭނުންކުރާ ތިޔަބައިމީހުންގެ އަސާ ފިޔަވައި އިތުރު އެއްވެސް އެއްޗެއް ދަތުރަށްޓަކާ ނުގެންދާތި. ކާނޭ ތަކެއްޗާއި، އަތްދަބަހާއި، ފައިސާ ވިޔަސްމެ.
މިއަށް ފަހު މާތްސާހިބާ އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ޚާއްސަ ބާރަ އަސްޙާބީން ފިޔަވާ އެހެން ހަތްދިހަދެ އަސްޙާބީއަކު ވެސް ކަނޑަ އެޅުއްވިއެވެ. ދެން މިމީހުން ބަޔަކަށް ދެމީހުން ވާގޮތަށް ބައްސަވާ އެމީހުން އެކަލޭގެފާނުގެ ކުރިން، އެކަލޭގެފާނު ވަޑައިގަންނަވަން ހަމަޖެހިފައިވާ ހުރިހާ ރަށަކަށް ފޮނުއްވިއެވެ.
ވީއިރު ވިދާޅުވެ ބައްލަވާ. ކަލޭގެފާނުގެ މީހުން ކަމުގައިވާ ބަނީއިސްރާއީލު މީހުން ބުނާގޮތުގައި އަޅުކަން ކުރުމަށް އެކަށީގެންވާ ތަނަކީ ހަމަ އެކަނި ޖެރޫސަލަމް. އެކަމު އަޅުގަނޑުގެ މީހުން ކަމުގައިވާ ސަމީރިއްޔާގެ މީހުން ބުނާގޮތުގައި މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ޖެހޭނީ ކާބަފައިން އަޅުކަންކުރި ފަދައިން މި ރަށުގައިވާ ގެރިޒިމް ފަރުބަދައިގައި. އެއީ ކީއްވެތޯ؟“
ހިލައިންތަޅާ އިސްތިފާނު މަރާލުމަށް ޝާއުލް އެއްބަސްވިއެވެ. އެދުވަހު ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނަށް މީހުންގެ ފަރާތުން ވަރަށް ބޮޑެތި އަނިޔާތައް ލިބެން ފެށިއެވެ. އެހެން ކަމުން އީސާގެފާނުގެ މަންދޫބުން ފިޔަވާ އެކަލޭގެފާނަށް އީމާންވެގެން ތިބި އެންމެ ހާ މީސްތަކުން ޖުދެއާ އާއި ސަމީރިއްޔާ އަށް ދިޔައެވެ.
ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހުންނަށް ލިބިދޭ ދިންނެވުމުގެ ވަޢުޡު އިއްވުން ހުއްޓުވުމަށް ބަނީއިސްރާއީލުން މަސައްކަތް ކުރެއެވެ. މިފަދައިން އަމަލުކުރުމުން ބަނީއިސްރާއީލުންގެ ފާފަތައް ގިނަވެ، އެމީހުންގެ ފާފައިގެ ހައްދުފަހަނަޅައި ދެއެވެ. އެންމެފަހުން މާތްރަސްކަލާނގެ ކޯފާ އެބައިމީހުންގެ މައްޗަށް ފޮނުއްވައެވެ.