މައްތާ 10:41 - ކިތާބުލް މުޤައްދަސާ41 މާތްރަސްކަލާނގެ ފޮނުއްވި ނަބިއްޔަކަށް ވާތީ އެ ނަބިއްޔަކު ބަލައިގަންނަ ކޮންމެ މީހަކަށް އެނަބިއްޔަކަށް ހުރި ޘަވާބު ލިބޭނެ. އަދި ޞާލިޙުވަންތަ މީހަކަށް ވީތީ އޭނާ ބަލައިގަންނަ ކޮންމެ މީހަކަށް އެ ޞާލިޙުވަންތަ މީހާއަށް ހުރި އިނާމު ލިބޭނެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު އެބައިމީހުން އަހާނެ. ’އޭ ސާހިބު މަނިކުފާނު! އަޅުގަނޑުމެން މަނިކުފާނު ބަނޑުހައިފުޅުވެފައި ވަނިކޮށް ދުށީ ކޮން އިރަކުތޯ؟ އަދި މަނިކުފާނު ފެންބޮވައިގެންފައި ވަނިކޮށް، ނޫނީ ބީރައްޓެއްސެއްގެ ގޮތުގައި ވަނިކޮށް، ނޫނީ ބަލިވެ އޮންނަވަނިކޮށް، ނޫނީ ޖަލުގައި އޮންނަވަނިކޮށް އަޅާނުލާފައި ވަނީ ކޮން އިރަކުތޯ؟‘
ލީދިޔާ އާއި އޭނާގެ ގޭގެ އެންމެން ތައުބާގެ ހިނެވުމުން ހިނެވުނު ދުވަހު އަހަރެމެންނަށް އޭނާގެ ގެއަށް އައުމަށް ދައުވަތު ދީ ލީދިޔާ މި ފަދައިން ބުންޏެވެ. ”އަހަރެން މިއީ ތެދު ގޮތުގައި އީސާގެފާނަށް އީމާންވެގެންވާ މީހަކު ކަމުގައި ކަލޭމެން ގަބޫލު ކުރަނީ ނަމަ ކަލޭމެން އަހަރެންގެ ގޭގައި ތިބޭ.“ އަދި އޭނާ ކުރުނުކޮށް އެދެމުން ގެންދިއުމުން އެންމެފަހުން އަހަރެމެން އެއްބަސްވެ އެގެއަށް ދިޔައީ އެވެ.