35 އަހަރެން އައުމުން، ’ފިރިހެން ދަރިފުޅު އޭނާގެ ބަފައިމީހާއާއި ދެކޮޅުވެރިވާނެ. އަންހެން ދަރިފުޅު މައިމީހާއާއި ދެކޮޅުވެރިވާނެ. ޅީ ދަރިފުޅު މައިދައިތަ އާއި ދެކޮޅުވެރިވާނެ.
ބޭބެ އޭނާގެ ކޮއްކޮއަށް، އަދި ބައްޕަ އޭނާގެ ދަރިފުޅަށް ޚިޔާނާތްތެރިވެ ގަތުލުކުރުވާނެ. އަދި ދަރިން މައިންބަފައިންނާ ދެކޮޅުވެ ގަތުލުކުރުވާނެ.
އެ ހިނދު ގިނަބަޔަކު އީމާންތެރިކަން ދޫކޮށްލައި އެކަކު އަނެކަކަށް ޚިޔާނާތްތެރިވެ އަދި އެކަކު އަނެކަކަށް ނަފްރަތުކުރާނެ.
ބައްޕައިންނާއި ފިރިހެންދަރިންނާއި ބައިބައިވެ މަންމައިންނާއި އަންހެންދަރިންނާއި ބައިބައިވެ މައިދާތައިންނާއި ދަނބިދަރިންނާއި ބައިބައިވެ ދެކޮޅުވާނެ.“
ކަލޭމެންގެ މައިންބަފައިންނާ އެއްބަނޑު އެއްބަފާ މީހުންނާ ތިމާގެ މީހުންނާ ރައްޓެހިން ވެސް ކަލޭމެންނަށް ޚިޔާނާތްތެރި ވާނެ. އެބައިމީހުން ކަލޭމެންގެ ތެރެއިން ބައެއް މީހުން މަރާ ވެސް ލާނެ.