މައްތާ 10:33 - ކިތާބުލް މުޤައްދަސާ33 އެކަމަކު އަނެކުންގެ ކުރިމަތީގައި ތިޔަބައިމީހުންނީ އަހަރެންނަށް އީމާންވެގެންވާ ބަޔަކު ނޫންކަމުގައި ބުނާނަމަ އުޑުގައި ވޮޑިގެންވާ އަހަރެންގެ ބައްޕާފުޅުގެ ޙަޟްރަތުގައި ތިޔަބައިމީހުންނީ އަހަރެންނަށް މިލްކުވެގެންވާ ބައެއް ނޫންކަމުގައި އަހަރެން ދަންނަވާނަން.“ အခန်းကိုကြည့်ပါ။ |
އެ ހިނދު ދެވަނަ ފަހަރަށް ހާލެއް ގޮވި އަޑު އިވިގެން ދިޔައެވެ. އަދި ޕަތަރަސްއާއި މުޚާތަބު ކުރައްވާ އީސާގެފާނު ވިދާޅުވި ވިދާޅުވުމުގެ މަތިން އޭނާ ހަނދާންވިއެވެ. ”ހާލެއް ދެފަހަރަށް ގޮވުމުގެ ކުރިން ތިން ފަހަރަށް އަހަރެންނަކީ ތިބާ ނުދަންނަ މީހެއް ކަމުގައި ބުނާނެ.“ އަދި އޭނާ މިކަމާއި ނުހަނު ހިތާމައިން ރޯންފެށިއެވެ.
މި ނުބައި ފާފަވެރި ޒަމާނުގައި އަހަރެންނާއި ބެހޭ ގޮތުންނާއި އަދި އަހަރެންގެ އުނގަންނައިދިނުންތަކާ މެދުގައި ބުނެދިނުމަށް ލަދުވެތިވާނެ ފަރާތްތަކާ މެދު އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ ބައްޕާފުޅު، މާތްރަސްކަލާނގެ ނޫރުފުޅުން މާތްވެގެންވީ މަލާއިކަތުންނާއިއެކު އަލުން އެނބުރި މި ދުނިޔެއަށް އަންނަ ހިނދު އެފަދަ ފަރާތްތަކާމެދުގައި އަހަރެން ލަދުވެތިވާނެ.“
އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން، އަހަރެންގެ ބައްޕާފުޅު، މާތްރަސްކަލާނގެ ދެއްވާ މަތިވެރި ބާރާއި އެކަލާނގެ މަލާއިކަތުންނާއިއެކު އަލުން އެނބުރި މި ދުނިޔެއަށް އަންނާނަން. އެދުވަހުން އަހަރެންގެ ނަންގަނެ އަހަރެންގެ ބަސްތަކުގެ ވާހަކަދައްކާ އުޅެން ލަދު ގަތް މީހުންނަށް އަހަރެންގެ ގާތުގައި އެއްވެސް ޖާގައެއް ނުލިބޭނެ.
ދޮގުރަސޫލުން ބަނީއިސްރާއީލުގެ އަހުލުވެރިންގެ މެދުގައި ތިބި ފަދައިން ތިޔަބައިމީހުންގެ މެދުގައި ވެސް އެފަދަ މީހުން ތިބޭނެއެވެ. އެފަދަ ދޮގު ރަސޫލުން ސިއްރިއްޔާތުގައި އުނގަންނައިދޭނީ ދޮގު ފަތުވާތަކެވެ. އެފަދަ އުގަންނައިދިނުންތަކުގެ ސަބަބުން މީސްތަކުން މަގުފުރެދި ހަލާކުވެދެއެވެ. އެބައިމީހުން ބައްލަވައިގަތުމަށް ފަހު މިނިވަން ކޮށްދެއްވި ސާހިބު، އީސާގެފާނާއި މެދު ބަލައިގަތުމަށް އެބައިމީހުން އިންކާރު ކުރެއެވެ. އަދި އެފަދަ މީހުންގެ ނަފްސުތައް އަވަސްކަމާއެކު އެބައިމީހުން އަމިއްލައަށް ހަލާކުގެ ތެރެއަށް ގެނެއެވެ.