31 ވީމާ ބިރުވެތި ނުވޭ! ގިނަ ކުދި ދޫނި ތަކަކަށް ވުރެން ތިޔަބައިމީހުން މާބޮޑަށް އެކަށީގެންވޭ.
ދޫނިސޫފާސޫފިތަކަށް ބަލާލަބަލަ. އެ ތަކެތި ގޮވާން އިންދާ ނަހަދާ. އަދި ގޮވާން ކަނޑައެއް ވެސް ނަހަދާ. އަދި އެތަކެތި ގުދަނެއް ވެސް ނުކުރޭ. ނަމަވެސް އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅު އެތަކެއްޗަށް ކާންދެއްވާ. އެފަދަ ދޫނިތަކަކަށް ވުރެން ތިޔަބައިމީހުންގެ އަގު މާ ބޮޑު.
ކާޅުތަކަށް ބަލާލަ ބަލަ. އެ އެއްޗެތި ގޮވާން އިންދާ އެގޮވާން ކަނޑައެއް ނަހަދާ. އަދި އެ އެއްޗެތީގެ ބޮޑެތި ގުދަންތަކެއް ވެސް ނުވޭ. ނަމަވެސް މާތްރަސްކަލާނގެ އެތަކެއްޗަށް ކާނާ ދެއްވާ. އެކަލާނގެ ކިބަފުޅަށް ދޫނިސޫފާސޫތްޕަށް ވުރެ ކަލޭމެންގެ އަގު މާބޮޑު.