Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 10:28 - ކިތާބުލް މުޤައްދަސާ

28 ތިޔަބައިމީހުންނަށް އަނިޔާދީ މަރާލަން އުޅޭ މީހުން ދެކެ ބިރު ގަންނާނެ ކަމެއްނެތް. އެބައިމީހުންނަށް ކުރެވޭނެ ކަމަކީ ތިޔަބައިމީހުންގެ ޖިސްމުތައް ގަތުލު ކުރުން. ނަމަވެސް ތިޔަބައިމީހުންގެ ފުރާނައަކަށް އަނިޔާއެއް އެބައިމީހުންނަކަށް ނުދެވޭނެ. އޭގެބަދަލުގައި ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވޭ. އެކަލާނގެއީ ޖިސްމާއި ފުރާނަ ނަރަކައިގައި ހަލާކު ކުރެއްވޭނޭ ކަލާނގެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 10:28
30 ပူးပေါင်းရင်းမြစ်များ  

”⁠ވީމާ މީސްތަކުންދެކެ ބިރުވެތި ނުވޭ. ފޮރުވިގެންވާ އެންމެހާ ކަމެއް ފައުޅުވެގެން ދާނެ. ހަމައެހެންމެ ވަންހަނާވެގެންވާ ހުރިހައި ކަމެއްމެ އެނގިގެން ދާނެ.


އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”⁠މިފަދަ މީހުން އަބަދުގެ އަބަދަށް ޢުޤޫބާތުގައި ދެމިގެންވާނެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެންވާ ހުރިހާ އެންމެންނަށް ނިމުންނުވާ ޙަޔާތެއް ލިބިދޭނެ.⁠“


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިމާގެ އަޚާ ދެކެ ރުޅިއައިސްގެން ވެސް ނުވާނެ. ނޫނީ ތިމާ އަދާލަތުގެ ކުރިމައްޗަށް ގެންދަން ޖެހިދާނެ. ތިމާގެ އަޚާއަކީ މޮޔައެކޭ ކިޔައި ހުތުރުއެއްޗެހި ގޮވާ މީހާ ވެސް އަދާލަތުގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނެ. އަދި އަނެކާއަކީ ސޮހޮލެކޭ ބުނާ މީހާއަށް ނަރަކައިގެ އަލިފާނުން ސަޒާ ދެވޭނެ.


ދެން އެމީހުން ކަށްވަޅުތަކުން އަރައި ދިރިގެން އަންނާނެ. ހެޔޮ އަމަލު ކުރި މީހުންނަށް އަލުން ދިރުން ލިބި ނިމުންނުވާ ޙަޔާތް ލިބޭނެ. އަދި ނުބައި އަމަލުކުރި މީހުން ނަންގަވައި އެމީހުންނަށް ޙައްޤު ސަޒާދެވޭނެ.


ނަމަވެސް ޕައުލް ޖަވާބުގައި ބުންޏެވެ. ”⁠ކަލޭމެން ތިޔަ ހެން ރޮއެ އަހަރެންގެ ހިތްހަލާކު ތިޔަ ކުރަނީ ކީއްވެ؟ މާތް ސާހިބު އީސާގެފާނަށްޓަކައި އަހަރެން ޖެރޫސަލަމުގެ ޖަލަށް ދިއުމަށް، އަދި ކީއް ކުރަން، އެކަލޭގެފާނަށްޓަކައި ފުރާނަ ދިނުމަށް ވެސް އަހަރެން މިހިރީ ތައްޔާރަށް.⁠“


ދިރި ދެމިވޮޑިގެންވާ ކަލާނގެ ކޯފާއަށް ހުށަހެޅިގަތުމަކީ ބިރުހުރި ކަމެކެވެ.


ބައެއް އަންހެނުން ގާތަށް އެމީހުންގެ މަރުވެގޮސްފައިވާ ތިމާގެ މީހުން ދިރިގެން އެނބުރި އައެވެ. އެތައްބަޔަކަށް ޖަލުތަކުގައި އަނިޔާ ދެވުނެވެ. އެކަމަކު އެމީހުން މިނިވަންވާން އިންކާރު ކުރިއެވެ. އެމީހުން ޚިޔާރު ކުރީ އަލުން ދިރިގެން ލިބޭނެ މާރަނގަޅު ޙަޔާތެކެވެ.


ޤާނޫނު ދެއްވާ އަދި އެ ޤާނޫނަށް އިންސާފު ކުރައްވާނޭ ހަމައެކަނި ފަރާތަކީ މާތްރަސްކަލާނގެއެވެ. އެކަލާނގެއީ މީސްތަކުން ސަލާމަތް ކޮށްދެއްވައި އަދި ނެތިކުރެއްވުމަށް ހަމައެކަނި ކުޅަދުންވަންތަ ފަރާތް ވެސް މެއެވެ. އެހެންވީމާ ކަލޭމެންގެ އަވަށްޓެރިޔާ ކުށްވެރިކުރުމުގައި ކަލޭމެންނަށް އޮތީ ކޮން ޙައްޤެއްހެއްޔެވެ؟


ނަމަވެސް ހެޔޮ އަމަލުތައް ކުރުމަށްޓަކައި ތިޔަބައިމީހުން ވޭންތަކެއް އުފުލާނަމަ، މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ނިޢުމަތް ދެއްވާނެއެވެ. އެހެންވީމާ، ބިރުވެތިނުވާށެވެ. އަދި ކަންބޮޑު ވެސް ނުވާށެވެ.


ތިޔަބައިމީހުން މުސީބާތުގައި ވުމުން އެކަމާއި ކަންބޮޑު ނުވެ ދެކިބަލަ! ޝައިތާނާ ތިޔަބައިމީހުން ޖަލުގައި ހައްޔަރު ކުރާނެ. އެއީ ތިޔަބައިމީހުން އިމްތިޙާނު ކުރުމަށް. އަދި އެ މުސީބާތުގައި ދިހަ ދުވަސް ތިޔަބައިމީހުން ހޭދަ ކުރާނެ. ނަމަވެސް ތިޔަބައިމީހުން މަރުވެދިޔުމާއި ހަމައަށް އީމާންތެރިކަމުގައި ސާބިތުވެ ތިބޭ! އޭރުން ޙަޔާތުގެ ތާޖު އަހަރެން ތިޔަބައިމީހުންނަށް ދޭނަން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ