މައްތާ 10:27 - ކިތާބުލް މުޤައްދަސާ27 އަހަރެން މިތަކެތި ތިޔަބައިމީހުންނަށް އުނގަންނައި ދެމުން މިގެންދަނީ އަނދިރީގަ. ނަމަވެސް އަހަރެން ބޭނުންވަނީ މިތަކެތި ތިޔަބައިމީހުން އަލިކަމުގެ ތެރޭގައި ބުނެދިނުމަށް. ތިޔަބައިމީހުންނަށް އިވިގެންވާ ކަންތައް ތިޔަބައިމީހުންގެ ކަންފަތް ކައިރީގައި ސިއްރުސިއްރުން ބުނެވިފައިވީ ކަމުގައިވިޔަސް ގޭގޭގެ ފުރާޅުމަތީގައި ތިބެ ތިޔަބައިމީހުން ހަރުއަޑުން އެތަކެތި ގޮވަމުން ދޭ. အခန်းကိုကြည့်ပါ။ |
އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ އެކަލާނގެ ރަސްކަންފުޅާ ބެހޭ ސިއްރުފުޅުތައް ކަލޭމެންނަށް ހާމަ ކުރައްވައިފި. އަހަރެން އެހެން މީހުންނާއި ވާހަކަ ދައްކަނީ މާނަފުން ވާހަކަތަކުން. އެއީ ލިޔެވިގެންވާ ފަދައިން: ’އެމީހުންނަށް ފެނުނު ކަމުގައި ވިޔަސް ނުފެނުމެކޭ އެއްވަރޭ. އަދި އެމީހުންނަށް އަޑު އިވުނު ކަމުގައި ވިޔަސް ނުވިސްނޭ.‘
ދެން ޕައުލް ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަށް ގޮސް އެތާނގައި ވާ ބަނީއިސްރާއީލު މީހުންނާ އަދި އެތަނަށް މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށް އަންނަ ގުރީކު މީހުންނާއި އީސާގެފާނާއި ބެހޭގޮތުން ވާހަކަދެއްކިއެވެ. އަދި ކޮންމެ ދުވަހަކު އެރަށުގެ ބޮޑު ބާޒާރުގައި ވެސް އެތަނަށް އައްޔާ އައި ހާ ބަޔަކު ގާތު ވެސް މިފަދައިން ވާހަކަ ދައްކަމުން ގެންދިޔައެވެ.
”އަހަރެމެން ކަލޭމެންނަށް އީސާގެފާނުގެ ނަމުގައި މީސްތަކުންނަށް އެއްވެސް އެއްޗެއް ކިޔާ ނުދިނުމަށް އިންޒާރުކޮށް ނާންގަންތަ؟ އެކަމަކު ކަލޭމެން އަހަރެމެން ބުނި ބަހަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ގޮސް ކަންތައް ކުރިގޮތް ބަލާބަލަ! ކަލޭމެން ތި ކިޔަވާދޭ ވާހަކަތައް މުޅި ޖެރޫސަލަމަށް ފެތުރިއްޖެ. އަދި ކަލޭމެން ތިޔަ އުޅެނީ ތިޔަ މީހާގެ މަރުގެ ޒިންމާ އަހަރެމެންގެ ބޮލުގަ އަޅުވަންތަ؟“