މައްތާ 10:23 - ކިތާބުލް މުޤައްދަސާ23 ތިޔަބައިމީހުންނާއި މެދުގައި އަވަށަކުން އަނިޔާވެރި ގޮތަކަށް އަމަލުކޮށްފިނަމަ، އަނެއް އަވަށަކަށް އަވަހަށް ދޭ. އަހަރެން މިބުނަނީ ތެދެއް. ބަނީއިސްރާއީލުގެ ހުރިހާ އަވަށަކަށް ތިޔަބައިމީހުން ގޮސް ނުނިމުނީސް އިންސާނާގެ ދަރިކަލުން އަންނާނެ. အခန်းကိုကြည့်ပါ။ |
އެ ބޭކަލުން ދިއުމަށް ފަހު، މާތްރަސްކަލާނގެ މަލާއިކަތާ މިފަދައިން ވިދާޅުވީތީ ޔޫސުފުއަށް ހުވަފެނެއްގައި ފެނުނެވެ. ”ތެދުވޭ! އެ ކުއްޖާ އާއި އޭނާގެ މައިކަމަނާ ގޮވައިގެން އަވަސް ގޮތަކުން ސަލާމަތް ވުމަށް މިޞްރަށް ދޭ. އަދި މާތްރަސްކަލާނގެ އެންގެވުމަށް ދާންދެން އެ ރަށުގައި މަޑުކުރޭ. ސަބަބަކީ މި ކުއްޖާ ގަތުލު ކުރުމަށް ޓަކައި މި ކުއްޖާ ހޯދުމުގެ މަސައްކަތް ހެރޮދު ކުރަން ފަށައިފި.“
އެހެންވެ އަހަރެން ކަލޭމެންގެ ކައިރިއަށް ނަބީބޭކަލުންނާއި، ޙިކުމަތްތެރިންނާއި އަދި ދީނުގެ ދަންނަބޭކަލުން ފޮނުއްވާނަން. އޭގެތެރެއިން ބައެއް ބޭކަލުން ކަލޭމެން ގަތުލުކޮށް އަދި ސަލީބަށް އަރުވާނެ. އަދި އަނެއްބައި ބޭކަލުންގެ ގައިގާ ކަލޭމެންގެ ދީނީ މަރުކަޒުތަކުގައި ހަންމުށިން ތަޅާނެ. އަދި އެމީހުން އެއްސަހަރުން އަނެއް ސަހަރަށް ފައްސާނެ.
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ތިބާ ތިޔަބުނީ ހަމަ ރަނގަޅަށް! އަދި އަހަރެން ތިޔަ ހުރިހާ އެންމެންނަށް ބުނަން. މިއަށް ފަހު އިންސާނާގެ ދަރިކަލުން ކުޅަދުންވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެގެން އިންނަ ތަން ތިޔަބައިމީހުންނަށް ފެންނާނެ. އަދި ވިލާގަނޑެއްގެ ތެރެއިން އުޑުން އެނބުރި އަންނަތަން ވެސް ފެންނާނެ.“
ހިލައިންތަޅާ އިސްތިފާނު މަރާލުމަށް ޝާއުލް އެއްބަސްވިއެވެ. އެދުވަހު ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނަށް މީހުންގެ ފަރާތުން ވަރަށް ބޮޑެތި އަނިޔާތައް ލިބެން ފެށިއެވެ. އެހެން ކަމުން އީސާގެފާނުގެ މަންދޫބުން ފިޔަވާ އެކަލޭގެފާނަށް އީމާންވެގެން ތިބި އެންމެ ހާ މީސްތަކުން ޖުދެއާ އާއި ސަމީރިއްޔާ އަށް ދިޔައެވެ.