މައްތާ 10:20 - ކިތާބުލް މުޤައްދަސާ20 ޙަޤީޤަތަކީ އެ ހިނދު ވާހަކަ ދައްކާނީ ތިޔަބައިމީހުންނެއް ނޫން. އެ ހިނދު އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅުގެ މާތްރޫޙުފުޅު ތިޔަބައިމީހުން މެދުވެރިކުރައްވައި ވާހަކަ ދައްކަވާނެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ މާތްރޫޙުފުޅުން ދާއޫދުގެފާނަށް ނިދާ ފޮނުއްވެވި ހިނދު އެކަލޭގެފާނު ޒަބޫރުގައި މިފަދައިން ބަޔާން ކުރައްވާފައިވޭ: ’ސާހިބުވަންތަ ރަސްކަލާނގެ އަހަރެންގެ މާތްސާހިބާއަށް ވަޙީ ކުރެއްވިއޭ. ތިމަންކަލާނގެ ކަނާތްޕުޅު ފަރާތުގައި އިށީނދެ ވަޑައިގެން އިންނަވާށޭ. ތިމަންކަލާނގެ ކަލޭގެފާނުގެ ޢަދާވާތްތެރިން ކަލޭގެފާނުގެ ފައިންޕުޅުދަށަށް ގެނައުމަށް ދާންދެން.‘
އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް އަބަދާއި އަބަދު ޝުކުރުވެރިވާ އެހެން ސަބަބެއް ވެސް ވެއެވެ. ތިޔަބައިމީހުންގެ މެދުގައި މާތްރަސްކަލާނގެ ބަސްފުޅު އަހަރެމެން ގެނެސްދިން ހިނދު ތިޔަބައިމީހުން އެ ޚަބަރުފުޅު އަހައި ބަލައިގަތުމުންނެވެ. ތިޔަބައިމީހުން އެ ބަސްފުޅު ބަލައިގަތީ އިންސާނަކު ގެނެސްދިން ބަސްތަކެއްގެ ގޮތުގައި ނޫންކަމެވެ. ނަމަވެސް ހަމަޔަޤީނުން ވެސް މާތްރަސްކަލާނގެ ބަސްފުޅު ކަމުގައެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ ތިޔަބައި މީހުންގެ މެދުގައި އެ ބަސްފުޅު މަސައްކަތް ކުރައްވަމުންގެންދެއެވެ.
ނަމަވެސް އެބޭކަލުންނަށް އަންގަވައިދެއްވި ގޮތުގައި މި ޙާދިސާތައް ހިނގައިދާނީ އެބޭކަލުންގެ ޙަޔާތުގެ ދުވަސްތަކުގައެއްނޫނެވެ. އޭގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ތިޔަބައިމީހުންގެ ޙަޔާތުގައެވެ. އަދި މިއަދު ހެޔޮޚަބަރުފުޅު އިޢުލާނު ކުރެވި، ސުވަރުގެއިން ލިބިގެންވާ މާތްރޫޙުފުޅު ލިބިގެންވާ ބަޔަކު ތިޔަބައިމީހުންނަށް އެބަސްފުޅުން ވަޢުޡު އިއްވައިދެއެވެ. މަލާއިކަތުން ވެސް ޝައުގުވެރިކަމާއެކު މި ކަންތައްތައް ދެކެން ބޭނުންވެފައި ވެއެވެ.