Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 10:2 - ކިތާބުލް މުޤައްދަސާ

2 އީސާގެފާނުގެ ބާރަ މަންދޫބުންގެ ނަންތަކަކީ މިއީއެވެ: ފުރަތަމަ ޝަމްއޫނު އެވެ. އޭނާއަށް ޕަތަރަސްގެ ނަމުން ވެސް މުޚާތަބު ކުރެވެއެވެ. ދެން އޭނާގެ ކޮއްކޮ އަންދުރާއި ޒަބަދީގެ ދެ ފިރިހެން ދަރިން ކަމުގައިވާ ޔާމިޒު އާއި އޭނާގެ ކޮއްކޮ ޔޫޙަންނާ އާއި

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 10:2
44 ပူးပေါင်းရင်းမြစ်များ  

އޭގެ ހަ ދުވަސް ފަހުން އީސާގެފާނު ޕަތަރަސް އާއި ޔާމިޒު އާއި ޔާމިޒުގެ ކޮއްކޮ ޔޫޙަންނާ ގޮވައިގެން ވަރަށް އުސް ފަރުބަދައެއްގެ މައްޗަށް ވަޑައިގެންނެވިއެވެ. އެތަނުގައި ތިއްބެވީ އެބޭކަލުން އެކަންޏެވެ.


އެއަށް ފަހު ޔާމީޒު އާއި ޔޫޙަންނާގެ މަންމަ އެ ދެބެއިންނާއި އެކުގައި އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަނބުލޭގެ ކުރުނީސްކޮށް ކަމަކަށް އެދި އާދޭސް ދެންނެވިއެވެ.


އެކަލޭގެފާނާއި އެކުގައި ޕަތަރަސްއާއި ޒަބަދީގެ ދެދަރިން ކަމުގައިވާ ޔަމީޒާއި އަދި ޔޫޙަންނާ ގެންދެވިއެވެ. އެކަލޭގެފާނު ހިތާމަ އާއި ހިތްދަތި ކަމުގައި ވިއެވެ.


އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށުގައި ހިންގަވާ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް ޝަމްއޫނު ޕަތަރަސްއާއި އޭނާގެ ކޮއްކޮ އަންދުރާއި މި ދެބެއިން ފެނިވަޑައިގަތެވެ. އެ ދެބެއިންނީ މަސްވެރިންނެވެ. އޭރު އެދެބެއިން ތިބީ މަސްހިފުމަށްޓަކައި ދާ އެއްލައިގެންނެވެ.


ކުޑަ ތަންކޮޅަކަށް ކުރިއަށް ދިޔަ ހިނދު އެކަލޭގެފާނަށް އިތުރު ދެބެއިން ފެނިވަޑައިގެންނެވިއެވެ. އެއީ ޒަބަދީގެ ދެ ދަރިން ކަމުގައިވާ ޔާމިޒު އާއި ޔޫޙަންނާ އެވެ. އެ ދެބެއިން ތިބީ އެމީހުންގެ ބައްޕަ ޒަބަދީ އާއި އެކުގައި ދޯނީގައެވެ. އޭރު އެބައިމީހުން މަސްހިފަން ގެންގުޅުނު ދާތައް މަރާމާތު ކުރަނީ އެވެ. އީސާގެފާނު އެ ދެބެއިންނަށް އެކަލޭގެފާނާއި އެކުގައި އައުމަށް އެދިވަޑައިގަތެވެ.


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން، ދީނީ މަރުކަޒުން ނުކުންނެވުމަށް ފަހު ޝަމްއޫނު އާއި އަންދުރާއިގެ ގެއަށް ސީދާ ވަޑައިގަތެވެ. އެކަލޭގެފާނުގެ އަރިހުގައި ޔާމިޒާއި ޔޫޙަންނާ ވެސް ގެންދެވިއެވެ.


އެއަށް ފަހު ބައިތުލް މަޤްދިސްގެ އަނެއްފަރާތުގައި ވީ ޒައިތޫނި ފަރުބަދަމަތީގައި އީސާގެފާނު އިށީނދެ ވަޑައިގެން އިންނެވިއެވެ. އެ ހިނދު ޕަތަރަސްއާއި، ޔާމިޒާއި، ޔޫޙަންނާގެ އިތުރުން އަންދުރާއި އެކަލޭގެފާނުގެ އަރިހަށް އައިސް އަމިއްލަގޮތުން ދެންނެވިއެވެ. ”⁠ތިޔަ ވިދާޅުވި ކަންތައްތައް ހިނގާނީ ކޮންއިރަކުންތޯ؟ އަދި އެކަންތައްތައް ވުމުގެ އަލާމާތެއްގެ ގޮތުން އެވަގުތު ފެނިގެންދާނީ ކޮން ކަންތައްތަކެއްކަން އަޅުގަނޑުމެންނަށް ބުނެދެއްވާ.⁠“


ބާރަ މަންދޫބުން އެބޭކަލުން ފޮނުއްވި މަސައްކަތް ނިންމެވުމަށް ފަހު އެނބުރިއައިސް އީސާގެފާނާއި ބައްދަލު ކުރެއްވިއެވެ. އަދި އެބައިމީހުން ކަންތައް ކުރި ގޮތާއި އުނގަންނައިދިން ގޮތުގެ ޚަބަރުން ދެންނެވިއެވެ.


އެހެންކަމުން ޙިކުމަތްތެރި އެއްކައުވަންތަ މާތްރަސްކަލާނގެ ވަޙީކުރެއްވި. ’⁠ތިމަންކަލާނގެ ތިމަންކަލާނގެ މީހުން ގާތަށް ނަބީންނާއި މަންދޫބުން ފޮނުއްވާނަމޭ. މީސްތަކުން މީގެތެރެއިން އެއްބަޔަކު ގަތުލުކުރާނެއޭ. އަދި މީގެތެރެއިން އަނެއްބަޔަކަށް މީސްތަކުންގެ ކިބައިން ތަފާތު އަނިޔާތައް ލިބޭނެއޭ.⁠‘


ރޭގަނޑުގެ ކެއުމުގެ ވަގުތު އީސާގެފާނާއި އެކަލޭގެފާނުގެ ބާރަ އަސްޙާބީން އެގެއަށް ވަޑައިގަތް މޭޒު ދޮށުގައި ފަރިއްކުޅުއްވުމަށް އިށީނދެ ވަޑައިގަތެވެ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންގެ ތެރެއިން ޕަތަރަސް އާއި ޔޫޙަންނާއަށް ވިދާޅުވި އެވެ. ”⁠މި ޢީދުގެ ޚާއްސަ ކެއުން ތައްޔާރު ކުރުމަށްޓަކައި ދޭ.⁠“


ޒަބަދީގެ ދެދަރިން ޔާމިޒު އާއި ޔޫޙަންނާ ވެސް މިތަން ދެކެ ހައިރާންވިއެވެ. މި ދެމީހުންނަކީ ޝަމްއޫނު އާއި އެކު މަސައްކަތް ކުރާ ދެމީހުންނެވެ. އީސާގެފާނު ޝަމްއޫނަށް ވިދާޅުވިއެވެ. ”⁠ކަންބޮޑުވެ ބިރުނުގަނޭ. މިއަދުން ފެށިގެން ކަލޭ މަސް ހިފުމުގެ ބަދަލުގައި މާތްރަސްކަލާނގެ މަގު ދެއްކުމަށްޓަކައި ހިފާނީ އިންސާނުން.⁠“


މި ބާރަ އަސްޙާބީން އެކަންތައްތަކުން ނިމިގެން އެނބުރި އައިސް އީސާގެފާނަށް އެމީހުން ކުރި ހުރިހާ ކަމެއްގެ ޚަބަރުތައް ފުރިހަމައަށް ކިޔާ ދެއްވިއެވެ. ދެން އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އެކު އެހެން މީހުންނާއި ދުރަށް ވަޑައިގަތުމަށްޓަކައި ބެތުސައިދާ އޭކިޔުނު ރަށަށް ދަތުރު ފެއްޓެވިއެވެ.


ފިލިޕު މި ވާހަކަ އަންދުރާއި ގާތު ބުންޏެވެ. ދެން އެދެމީހުން އެކުގައި އީސާގެފާނު އަރިހަށް ގޮސް މި ވާހަކަ ދެންނެވިއެވެ.


އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން އީސާގެފާނު ޚާއްސަކޮށް ލޯބިފުޅުވާ އަސްޙާބީ އެކަލޭގެފާނާއި ވަރަށް ކާރީގައި އިނެވެ.


އޭނާ ދުވަމުން ގޮސް ޝަމްއޫނު ޕަތަރަސްއާއި އަދި އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ ހޯދާފައި ބުންޏެވެ. ”⁠އެމީހުން މާތްސާހިބާގެ ހަށިކޮޅު އެތަނުން ގެންގޮއްސި. މިހާރު އެމީހުން އެކަލޭގެފާނުގެ ހަށިކޮޅު ގެންދިޔަ ތަނެއް ވެސް އަހަރެމެންނަކަށް ނޭނގެ.⁠“


އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން ބަޔަކު އެތާނގައި ތިއްބެވެ. އެއީ ޝަމްއޫނު ޕަތަރަސްއާއި، ވަނަމަކަށް ”⁠ދީދިމޫހު⁠“ އޭ ކިޔޭ ތޯމާސްއާއި، ގަލީލީގެ ޤާނާގެ ނަތާނިއެލްއާއި، ޒަބަދީގެ ދެފިރިހެން ދަރިންނާއި، އަދިވެސް އިތުރު ދެ އަސްޙާބީންނެވެ.


ޕަތަރަސް އެނބުރި ބެލިތަނާ އޭނާއަށް ފެނުނީ އީސާގެފާނު ލޯބިފުޅުވާ އަސްޙާބީ އެމީހުންގެ ފަހަތުން އަންނަ ތަނެވެ. އެ އަސްޙާބީއަކީ އެރޭގެ ކެއުމުގެ ވަގުތުގައި އީސާގެފާނުގެ ކަންފަތްޕުޅު ކައިރިއަށް ގުދުވެ ”⁠ސާހިބާ އަޅުގަނޑުމެންގެ ތެރެއިން ކަލޭގެފާނަށް ޚިޔާނާތްތެރިވާނީ ކާކުހޭ⁠“ މިހެން އެހި އަސްޙާބީއެވެ.


މިވާހަކަތަކަށް ހެކިދެއްވީ މި ވާހަކަތައް ލިޔުއްވި އަސްޙާބީވެސް މެއެވެ. އޭނާ ދައްކާފައި ހުރި ވާހަކަތަކީ ތެދެއްކަން އަހަރެމެންނަށް ޔަޤީނެވެ.


ދެން އީސާގެފާނު އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ވެސް އަހަރެން ދޫކޮށްލާފަ ދާން ބޭނުމީތަ؟⁠“


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ކަލޭމެން ބާރަ މީހުން ހޮވީ ހަމަ އަހަރެންނެއް ނޫންތަ؟ އެކަމަކު ކަލޭމެންގެ ތެރެއިން އެކަކީ ޝައިތާނެއް.⁠“


އެކަލޭގެފާނު މިހެން ވިދާޅުވީ ސައިމަން އިސްކަރިޔޮތުގެ ދަރި ޔުދާސްއަށް މުޚާތަބު ކުރައްވައެވެ. އެއީ ފަހުން އޭނާ އެކަލޭގެފާނަށް ޚިޔާނާތްތެރި ވާނެކަން އެކަލޭގެފާނު ދެނެވަޑައިގެން ވާތީއެވެ.


އީސާގެފާނުގެ އެހެން އަސްޙާބީއަކު ކަމުގައިވާ އަންދުރާއި، ޝަމްއޫނު ޕަތަރަސްގެ ކޮއްކޮ، ބުންޏެވެ.


ދެން އެމީހުން މި ދެމީހުންގެ ތެރެއިން ހޮވޭނެ މީހަކު ބެލުމަށް ގުރުއަތުލިއެވެ. އެ ގުރުއަތުން ޔުދާސްގެ މަޤާމަށް ހޮވުނީ މައްތިޔާސް އެވެ. ދެން މައްތިޔާސް އަނެއް އެގާރަ މަންދޫބުންގެ ތެރެއަށް ބާރަވަނަ މަންދޫބެއްގެ ގޮތުން އިތުރު ކުރެވުނެވެ.


އީސާގެފާނުގެ މަންދޫބުންގެ ތެރެއިން ޔޫޙަންނާގެ ބޭބެ ޔާމިޒު ގަތުލު ކުރުމަށް ވެސް ހެރޮދު ރަސްގެފާނު އޭނާގެ ސިފައިންނަށް އަމުރުކުރިއެވެ.


އެއްދުވަހަކު ޕަތަރަސްއާއި ޔޫޙަންނާ މެންދުރުފަހު ތިނެއް ޖެހިއިރު ދުޢާ ކުރުމުގެ ވަގުތުގައި ބައިތުލް މަޤްދިސްއަށް ދިޔައެވެ.


އަހަރެމެންގެ ތެރެއިން މަންދޫބުންގެ ގޮތުގައާއި، ނަބީންގެ ގޮތުގައާއި، ދިންނެވުން ލިބޭ އުފާވެރި ޚަބަރު ފާޅުކުރާ މީހުންގެ ގޮތުގައާއި، ދީނީ އިރުޝާދުވެރިންނާއި އަދި އެދުރުންގެ ގޮތުގައި އަލްމަސީޙު ބައެއް ފަރާތްތައް ޚިޔާރު ކުރެއްވިއެވެ.


އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.


މިއީ އީސާ އަލްމަސީޙުގެ މަންދޫބެއް ކަމުގައިވާ އަހަރެން ޕަތަރަސްގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މިސިޓީ އަހަރެން މިލިޔަނީ މާތްރަސްކަލާނގެ ހޮއްވެވި ފަރާތްތަކުގެ ތެރެއިން ޕޮންޓަސް، ގަލާތިޔާ، ކައްޕަދޯސިޔާ، އޭޝިޔާ ސަރަހައްދުގެ އިތުރުން ބިޒީނިޔާގައި ވަގުތީގޮތުން ދިރިއުޅެމުން ގެންދާ ފަރާތްތަކަށެވެ.


މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި އެކަލޭގެފާނުގެ މަންދޫބެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފަރާތުން ލިޔެފޮނުވާ ސިޓީ އެކެވެ. މި ސިޓީ މިލިޔަނީ އަހަރެމެންނަށް ދެއްވި ފަދައިން މާތްކަލާނގެއާއި އަހަރެމެން ދިންނެވުން ފަރާތް އީސާއަލްމަސީޙުގެ ޞާލިޙުވަންތަކަމުން އީމާންތެރި އަގުބޮޑު ހަދިޔާ ދެއްވާފައިވާ މީސްތަކުންނަށެވެ.


ޚާއްސަވެގެންވާ ކަމަނާއާއި އެކަމަނާގެ ދަރިންނަށް މަސީޙީ ޖަމާޢަތުގެ އިސް މީހެއް ކަމަށްވާ ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވަމެވެ. ތިޔަ ހުރިހާ އެންމެން ދެކެ ތެދުވެރިކަމާއެކުގައި އަހަރެން ލޯބިވަމެވެ. އަދި ތެދު ޙަގީގަތަކީ ކޮބައިކަން ދަންނަ ހުރިހާ އެންމެން ވެސް ތިޔަބައިމީހުން ދެކެ މިފަދައިން ލޯބިވެއެވެ.


މަސީޙީ ޖަމާޢަތުގެ އިސް މީހެއް ކަމަށްވާ ޔޫޙަންނާގެ ފަރާތުން އަހަރެންގެ އިޚުލާސްތެރި އަޚު ގާޔުސްއަށް މި ސިޓީ ލިޔެ ފޮނުވަމެވެ. ތިބާއީ ޙަގީގަތުގައި އަހަރެން ލޯބިވާ ފަރާތެއްމެއެވެ.


މި ފޮތަކީ އީސާ އަލްމަސީޙަށް މާތްރަސްކަލާނގެ ހާމަކޮށްދެއްވި ހާމަކޮށްދެއްވުން ތަކެކެވެ. އެއީ ދުރުނޫން ގޮތެއްގައި ހިނގާނެ ޙާދިސާ ތަކެއްގެ ޚަބަރު އެކަލޭގެފާނުގެ ޚާދިމުންނަށް ބުނެދެއްވުމަށެވެ. އަދި އަލްމަސީޙުގެ މަލާއިކަތާ އެކަލޭގެފާނުގެ ޚާދިމު ޔޫޙަންނާއަށް ހިނގާނެ މި ޙާދިސާތައް އަންގައި ދިނުމަށް ފޮނުއްވިއެވެ.


އަހަރެންނީ ތިޔަބައިމީހުންގެ އަޚު، ޔޫޙަންނާއެވެ. އަލްމަސީޙުގެ ރަސްކަންފުޅުގައި ވޭން ތަޙައްމަލުކުރުމުގައި ޙިއްސާވާ އަދި އެކަލޭގެފާނު ދެއްވާ ކެތްތެރިކަމުގައި ކުރިޔަށް ދާ ތިޔަބައިމީހުންގެ ބައިވެރިޔަކީމެވެ. އަހަރެން ޕާތުމޮސް ކިޔާ ރަށަށް އަރުވާލީ މާތްރަސްކަލާނގެ ބަސްފުޅުންނާއި އަދި އީސާގެފާނުގެ ހެޔޮ ޚަބަރުފުޅުން ވަޢުޡު އިއްވަމުން ދިއުމުގެ ސަބަބުންނެވެ.


ސުވަރުގޭގެ އަހުލުވެރިން އުފަލުގައިވާށެވެ. އެހެނީ އެ ސަހަރުގެ ނިމުން ހުރިގޮތާއި މެދު ވެސްމެއެވެ! މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންނާއި ނަބީބޭކަލުންނާއި މަންދޫބުން އުފަލުގައިވާށެވެ. އެހެނީ ތިޔަބައިމީހުންނާއި މެދު އެ ސަހަރު އަމަލުކުރި ކުރުމުގެ ޢުޤޫބާތް މާތްރަސްކަލާނގެ އެ ސަހަރަށް ދެއްވައިފިއެވެ!


އަހަރެން ޔޫޙަންނާ، މި އެންމެހާ ވާހަކަތައް އަޑު އަހައި އަދި މި އެންމެހާ ކަންތައްތައް ދުށީމެވެ. އަދި މިކަންތައްތަކުގެ އަޑު އަހަރެން އަހައި އެ ހުރިހާ ކަމެއް އަހަރެންނަށް ފެނި ނިމުމަށް ފަހު މި ހުރިހާ ކަންތައްތައް އަހަރެންނަށް ދެއްކެވި އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ