މައްތާ 10:12 - ކިތާބުލް މުޤައްދަސާ12 ތިޔަބައިމީހުން އެ ގެއަކަށް ވަދެގެންދާހިނދު އެގެއްގެ ބަޔަކަށް ސަލާމް ލެއްވުމަށް އެދޭތި. အခန်းကိုကြည့်ပါ။ |
އެ ގޭގައި ތިބި މީހުންނީ ހަރުދަނާ ރަނގަޅު ބަޔަކު ކަމުގައިވާނަމަ، ތިޔަބައިމީހުން މާތްރަސްކަލާނގެ ކިބަފުޅުން އެބައިމީހުންނަށް ބަރަކާތާއި ސުލްޙަވެރިކަން ދެއްވުމަށް އެދުމުން އެ ބަރަކާތް އެބައިމީހުންގެ މައްޗަށް ދެމިހުންނާނެ. އެކަމަކު އެބައިމީހުންނީ ހަރުދަނާ ރަނގަޅު ބަޔަކު ކަމުގައި ނުވާނަމަ، އެބައިމީހުންގެ މައްޗަށް ދެއްވުމަށް އެދި ދެންނެވި ބަރަކާތާއި ސުލްޙަވެރިކަން އެބައިމީހުންގެ ކިބައިން އަނބުރާ ނެންގުމަށް މާތްރަސްކަލާނގެ ކިބަފުޅަށް އެދި ދަންނަވާ.
ކަލޭމެންނަށް ވެސް އެނގޭނެ ފަދައިން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ އެންގެވި ހެޔޮޚަބަރުފުޅަކީ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި ފަރާތް ކަމުގައި ވާ އީސާ އަލްމަސީޙު މެދުވެރިކޮށް އިންސާނުންނާއި މާތްރަސްކަލާނގެއާއި ދެމެދު ސުލްޙައާއި ހަމަޖެހުން ގާއިމު ވި ކަމުގެ ޚަބަރުފުޅޭ. އީސާގެފާނަކީ އެންމެންގެ ވެސް ވެރި މާތްސާހިބާއޭ.