މައްތާ 1:6 - ކިތާބުލް މުޤައްދަސާ6 ޔައްސާއަކީ ދާއޫދު ރަސްގެފާނުގެ ބަފައިކަލުންނެވެ. ދާއޫދުގެފާނަކީ ސުލައިމާނުގެފާނުގެ ބަފައިކަލުންނެވެ. (ސުލައިމާނުގެފާނުގެ މައިކަނބަލަކީ ކުރީން އޫރިއްޔާގެ އަނބިމީހާއެވެ.) အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ ޞަމޫއީލްގެފާނަށް ވަޙީ ކުރެއްވިއެވެ. ”ކަލޭގެފާނު ޝާއުލްގެފާނާ މެދު ހިތާމަ ކުރައްވަން ހުންނަވާނީ ކިހާ ދުވަހަކު؟ ތިމަންކަލާނގެ މިވަނީ އިސްރާއީލުގެ ރަސްކަމުން ޝާއުލްގެފާނު ބޭރު ކުރައްވާފައި. ފުޅިއަކަށް ޒައިތޫނި ތެޔޮ އަޅައިގެން ބައިތުލަޙަމުގެ ޔައްސާގެ ގާތަށް ދޭ. އޭނާގެ ދަރިޔަކަށް އިސްރާއީލުގެ ވެރިކަން ދެއްވުމަށް ތިމަންކަލާނގެ ހަމަޖައްސަވައިފިން.“
އެހެންވީމާ ތަ ކަލޭމެން އަހަރެންނާ ދެކޮޅުވެރި ވަމުން ތިޔަ ދަނީ؟ އަހަރެންގެ އުފަން އަހަރެންގެ ދަރިޔަކު ޔައްސާގެ ދަރިއާ އެކު ކަންކަމަށް ޢަހުދުކޮށް ހަދާއިރު ކަލޭމެންގެ އެކަކު ވެސް އަހަރެންނަށް އެކަން ނާންގާ ތިޔަ ތިބެނީ؟ ކަލޭމެން މީހަކު އަހަންނާމެދު ކުޑަވެސް ކުލުނެއް ނެތެއްނު؟ އަހަރެންގެ ދަރިފުޅާ ގުޅިގެން އަހަރެންގެ އަދާވާތްތެރިޔާ އަހަރެންނަށް ހަމަލަ ދެވޭނެ ދަނޑިވަޅަކަށް ބަލަމުން ދާއިރު އެކަން އަހަންނަކަށް އެކަކު ވެސް ނާންގަމެއްނު.“