Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 1:3 - ކިތާބުލް މުޤައްދަސާ

3 ޔަހޫޛާއަކީ ފާރަޞް އާއި ޒެރާހުގެ ބަފައިކަލުންނެވެ. (އެބައިމީހުންގެ މައިކަނބަލަކީ ތާމާރު އެވެ.) ފާރަޞް އަކީ ހެޒުރޯންގެ ބަފައިކަލުންނެވެ. ހެޒުރޯން އަކީ އާރާމުގެ ބަފައިކަލުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 1:3
13 ပူးပေါင်းရင်းမြစ်များ  

މިއަށް ފަހު ޔަހޫޛާ އޭނާގެ ދަނބިދަރިފުޅު ތާމާރުއަށް މިފަދައިން ބުންޏެވެ. ”⁠ކަނބުލޭގެ ބައްޕަގެ ގެއަށް އެނބުރި ގޮސް އަދި އެގޭގައި ކަނބުލޭގެ ދިރިއުޅުމާއިގެން ކުރިއަށްދޭ. ނަމަވެސް އަހަރެންގެ ހަގު ފިރިހެން ދަރިފުޅު ޝީލަތު ބާލިޣުވުމަށް ދާންދެން އިތުރު ކައިވެންޏެއްނުކޮށް ކަނބުލޭގެ މަޑުކުރޭ.⁠“ ނަމަވެސް ޔަހޫޛާ މި ގޮތަށް ހެދުމަކަށް ގަސްދެއް ނުކުރެއެވެ. ސަބަބަކީ އޭނާގެ ދޮށީ ދެފިރިހެން ދަރިން ނިޔާވެދިޔަ ފަދައިން ޝީލަތު ވެސް ނިޔާވެދާނޭތީ އެކަމުގެ ބިރު އޭނާގެ ހިތުގައި ވުމުންނެވެ. އެހެންވީމާ، ޔަހޫޛާގެ އެދުމުގެ މަތިން ޘާމާރު އެކަނބުލޭގެ ބައްޕަގެ ގެއަށް އެނބުރި ދިޔަމެއެވެ.


ޔަހޫޛާގެ ދޮށީ ދަރިފުޅު ޢީރު ހެދިބޮޑުވެ ފުރާފުރިހަމަވި ހިނދު އެދަރިފުޅުގެ އަނތްބަކަށް ތާމާރު އޭ ކިޔާ އަންހެންކުއްޖަކު ޔަހޫޛާ ޚިޔާރު ކުރިއެވެ. އަދި މިކަނބުލޭގެ އާއި ޢީރު އާއި ކައިވެނި ކުރުވިއެވެ.


ޔަހޫޛާގެ ދަރިންނަކީ ޢީރު، އޫނާން، ޝީލަތު، ފާރަޞް، އަދި ޒާރަޙުއެވެ. (ނަމަވެސް ޢީރު އާއި އޫނާން ވަނީ ކަންޢާނުގައި ނިޔާވެފައެވެ.) ފާރަޞްގެ ދަރިންނަކީ ޙަޞްރޫން އާއި ޙާމޫލްއެވެ.


އިބްރާހީމްގެފާނީ އިސްޙާޤުގެފާނުގެ ބަފައިކަލުންނެވެ. އިސްޙާޤުގެފާނީ ޔަޢުޤޫބުގެފާނުގެ ބަފައިކަލުންނެވެ. ޔަޢުޤޫބުގެފާނީ ޔަހޫޛާ އާއި އޭނާގެ އަޚުންގެ ބަފައިކަލުންނެވެ.


އާރާމު އަކީ ޢައްމީނާދާބުގެ ބަފައިކަލުންނެވެ. ޢައްމީނާދާބުއަކީ ނަޙްޝޫނުގެ ބަފައިކަލުންނެވެ. ނަޙްޝޫންއަކީ ސަލްމޫންގެ ބަފައިކަލުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ