Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 1:20 - ކިތާބުލް މުޤައްދަސާ

20 ނަމަވެސް ޔޫސުފު މި ގޮތަށް ނިންމުމަށް ހިތަށް އެރި ހިނދު، ޔޫސުފުއަށް ހުވަފެނުގައި މާތްރަސްކަލާނގެ މަލާއިކަތާ ވަޑައިގެން މިފަދައިން ވިދާޅުވާތީ ފެނުނެވެ. ”⁠ދާއޫދުގެފާނުގެ ދަރިކޮޅުގެ ޔޫސުފު. މަރިޔަމްގެފާނާއި ކައިވެނި ކުރުމަށް ތިބާ ބިރުވެތިނުވޭ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 1:20
38 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އަހަރެންގެ އެ ހުވަފެނުގައި މާތްކަލާނގެ މަލާއިކަތާ ވަޑައިގެން ’⁠ޔަޢުޤޫބޭ!⁠‘ ވިދާޅުވި ހިނދު އަހަރެން ރައްދުގައި މިފަދައިން ދެންނެވިން. ’⁠އާދެ، އަޅާ އަޑުހަމޭ!⁠‘


އެއަށް ފަހު މާތްކަލާނގެ މިފަދައިން ބަސްވަޙީ ކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ މާތްކަލާނގެ. ތިބާގެ ބަފައިކަލުން އިސްޙާޤުގެ ވެސް ވެރި ރަސްކަލާނގެ. މިޞްރަށް ދާން ބިރުވެތިނުވޭ. އެހެނީ ތިބާގެ ދަރިފަސްކޮޅު އެތާނގައި މަތިވެރި ޤައުމަކަށް ހައްދަވާނަން.


ތެދުވެރިން ކަންތައް ރާވާނީ އަދުލުވެރިކަމާ އެކުގައެވެ. ނުބައިމީހާ މަގުދައްކާނީ މަކަރުވެރި ކަމަށެވެ.


އީސާ އަލްމަސީޙު އުފަންވެ ވަޑައިގަތް ހާދިސާ ހިނގީ މިފަދައިންނެވެ. އެކަލޭގެފާނުގެ މައިކަމަނާ މަރިޔަމްގެފާނު އޭރު ވަނީ ޔޫސުފު ކިޔާ މީހަކާއި ކައިވެނި ކުރެއްވުމަށް ޓަކައި ރަންކިޔާފައެވެ. ނަމަވެސް އެމީހުން ކައިވެނި ކުރުމުގެ ކުރިން މަރިޔަމްގެފާނު އާލާސްވެ އިންނެވިއެވެ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ.


ނަމަވެސް މި ބޭކަލުން ނިދީގައި ވަނިކޮށް ހުވަފެނެއްގައި ހެރޮދުގެ ކައިރިއަށް އެނބުރި ނުދިއުމަށް މާތްރަސްކަލާނގެ އެބޭކަލުންނަށް އިންޒާރު ދެއްވިއެވެ. ވީމާ ތަފާތު މަގަކުން ލާފައި އެބޭކަލުންގެ ރަށަށް އެބޭކަލުން އެނބުރި ދިޔައެވެ.


އެ ބޭކަލުން ދިއުމަށް ފަހު، މާތްރަސްކަލާނގެ މަލާއިކަތާ މިފަދައިން ވިދާޅުވީތީ ޔޫސުފުއަށް ހުވަފެނެއްގައި ފެނުނެވެ. ”⁠ތެދުވޭ! އެ ކުއްޖާ އާއި އޭނާގެ މައިކަމަނާ ގޮވައިގެން އަވަސް ގޮތަކުން ސަލާމަތް ވުމަށް މިޞްރަށް ދޭ. އަދި މާތްރަސްކަލާނގެ އެންގެވުމަށް ދާންދެން އެ ރަށުގައި މަޑުކުރޭ. ސަބަބަކީ މި ކުއްޖާ ގަތުލު ކުރުމަށް ޓަކައި މި ކުއްޖާ ހޯދުމުގެ މަސައްކަތް ހެރޮދު ކުރަން ފަށައިފި.⁠“


ހެރޮދު މަރުވުމަށް ފަހު، މާތްރަސްކަލާނގެ މަލާއިކަތާ މިޞްރުގައި ޔޫސުފު ކުރިމައްޗަށް ހުވަފެނެއްގައި ފާޅުވެ ވަޑައިގެންނެވިއެވެ.


ނަމަވެސް ހެރޮދު މަރުވުމަށް ފަހު ޖުދެއާގެ މައްޗަށް ވެރިކަން ކުރަމުން ގެންދަނީ ހެރޮދުގެ ދަރިފުޅު އަރުކިލާއުސް ކަން އޭނާއަށް އެނގުމުން ޔޫސުފަށް ޖުދެއާގެ ސަރަހައްދަށް ދާކަން ނުކެރުނެވެ. ދެން ހުވަފެނެއްގައި ގަލީލީ ސަރަހައްދަށް ދިއުމަށް އޭނާއަށް އެންގެވުމުން އެތަނަށް ދިޔައެވެ.


ޕިލާތުސް ނިޔާ އިއްވާ ގޮނޑީގައި އިށީނދެގެން އިން ހިނދު އޭނާގެ އަންހެނުން އޭނާއަށް ނޯޓެއް ފޮނުވިއެވެ. ”⁠އެ ކުށެއް ނެތް މަޢުސޫމް އިންސާނާ އާއި މެދު އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާ. އެ އިންސާނާގެ ސަބަބުން އަހަރެންނަށް ވަނީ ރޭގައި ބިރުވެރި ހުވަފެނެއް ފެނިފައި.⁠“


މަލާއިކަތާ އެ އަންހެނުންނަށް ވިދާޅުވިއެވެ. ”⁠ބިރުނުގަނޭ! ތިޔަ ކަނބަލުން ހޯއްދަވަމުން ތިޔަ ގެންދަނީ ސަލީބަށް އެރުވުނު އީސާގެފާނު ކަން އަހަރެންނަށް އެނގޭ.


މަލާއިކަތާ ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން މިއީ ޖިބުރީލު. އަހަރެން މިއައީ މާތްރަސްކަލާނގެ ޙަޟްރަތުން. އެކަލާނގެ އަހަރެން ފޮނުއްވީ ކަލެއަށް މިއުފާވެރި ޚަބަރު ދިނުމަށް.


އެހެންކަމުން ޔޫސުފު ވެސް ގަލީލީގައި ވާ ނާޒަރަތު އޭ ކިޔުނު ރަށުން ދަތުރުކޮށް ޖުދެއާގެ ރަށެއް ކަމުގައިވާ ބައިތުލަޙަމަށް ދިޔައެވެ. ޔޫސުފުއަށް އެރަށަށް ދާން ޖެހުނު ސަބަބަކީ އޭނާއަކީ ދާއޫދުގެފާނުގެ ދަރިކޮޅުގެ މީހަކަށް ވާތީއެވެ. މިރަށަކީ ދާއޫދުގެފާނު ވެސް އުފަންވި ރަށެވެ.


ނަމަވެސް އެރޭ މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ވަޑައިގެން ޖަލުގެ ދޮރު ހުޅުއްވާ އެ މަންދޫބުން ޖަލުން ބޭރަށް ނެރުއްވިއެވެ. އަދި އެމަލާއިކަތާ އެ މަންދޫބުންނަށް ވިދާޅުވިއެވެ.


އުފަލާއި ޖޯޝްގައި އަހަރެމެން ތިބެ އެކަލާނގެ މަތިވެރި ކަމާއިމެދު އަހަރެމެން ޙަމްދުކުރަމާ ހިނގާ! ޅަކަންބަޅީގެ ކައިވެނީގެ ވަގުތު ޖެހިއްޖެ. އަދި އެކަލޭގެފާނުގެ އަލަތު އަނބިމީހާ ވަނީ އެކަމަށްޓަކައި ތައްޔާރު ވެގެން ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ