Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 1:19 - ކިތާބުލް މުޤައްދަސާ

19 މަރިޔަމްގެފާނުގެ ފިރިމީހާ ޔޫސުފަކީ ނުހަނު ސާލިޙު މީހެކެވެ. ޢާންމުންގެ ކުރިމަތީގައި މަރިޔަމްގެފާނު ފަޟީޙަތްކޮށްލައި ހަދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންވީމާ ކައިވެނި ކުރުމަށް ޓަކައި މަރިޔަމްގެފާނު ކިޔާފައިވާ ރަންކަނޑައިލައި ސިއްރު ގޮތެއްގައި ކައިވެނި ރޫޅާލުމަށް އޭނާ ނިންމިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 1:19
15 ပူးပေါင်းရင်းမြစ်များ  

ގާތްގަނޑަކަށް އޭގެ ތިން މަސް ދުވަސް ފަހުން ޔަހޫޛާގެ ޅީދަރިފުޅު ކޮންމެވެސް ފިރިހެނަކާއެކު ބަދުއަޚުލާގީ ޢަމަލެއް ހިންގައި ޒިނޭކުރުމުން ބަލިވެއިން ޚަބަރު މީހެއްގެފަރާތުން ޔަހޫޛާއަށް ލިބުނެވެ. އެ ހިނދު ޔަހޫޛާ އަޑުލައި މިފަދައިން އަމުރުކުރިއެވެ. ”⁠އޭނާ ދަމައި ގެނެސް އަވަށުން ބޭރުގައި ދިރިހުއްޓާ އަންދާލާ!⁠“


މިއީ ނޫޙުގެފާނުގެ ވާހަކައެވެ. ނޫޙުގެފާނަކީ މާތްކަލާނގެ ރުހިވޮޑިގަންނަވާ ގޮތަށް އުޅުއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނަކީ އެކަލޭގެފާނު އުޅުއްވި ޒަމާނުގެ މީހުންގެ ތެރެއިން ބަދުނާމުތަކުން ހުސްދުރުވެގެން ޞާލިޙުކަން މަތީގައި އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ ފަދަ ގާތްގުޅުމެއްގެ މަތީ ހިންގަވާވަޑައިގެން އެކަލާނގެއަށް އީމާންވުންމަތީ ދެމިހުންނެވިއެވެ.


އެބައިމީހުން ޖަވާބު ދެއްވިއެވެ. ”⁠މޫސާގެފާނު އަންގަވަނީ ފިރިހެނާ ރަސްމީގޮތުން ވަރީގެ ލިޔުންތައް ލިޔުމަށް ފަހު އަންހެނާ ވަރިކޮށް ފޮނުވާލެވިދާނެ.⁠“


ޔަޙުޔާގެފާނު ދެކެ ހެރޮދު ބިރުގަނެއެވެ. ސަބަބަކީ ޔަޙުޔާގެފާނަކީ ހެޔޮލަފާ ޞާލިޙު ބޭކަލެއްކަން އޭނާއަށް އެނގޭތީއެވެ. ދެން އޭނާ އެކަލޭގެފާނަށް ރައްކާތެރިކަން ދިނެވެ. އެކަލޭގެފާނުގެ ބަސްފުޅު އަޑުއަހާ ކޮންމެފަހަރަކު އޭނާގެ ހިތަށް ނުހަނު އުނދަގޫވެއެވެ. ނަމަވެސް އޭނާ އެކަލޭގެފާނުގެ ބަސްތައް އަޑުއަހަން ބޭނުންވިއެވެ.


އެދުވަސްވަރު ސިމިއޯން އޭ ކިޔުނު މީހަކު ޖެރޫސަލަމުގައި އުޅުނެވެ. މީނާއަކީ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކިޔަމަން ވާ ތެދުވެރި ކަމާއިއެކު އެކަންތައްތައް އަދާކުރަމުން ގެންދާ މީހެކެވެ. އޭނާ ހުރީ ބަނީއިސްރާއީލު މީހުންގެ އުނދަގޫތައް ލުއިކޮށްދެއްވުމަށް ވަޑައިގަންނަވާނެ ކަލޭގެފާނުގެ އިންތިޒާރުގައެވެ. މާތްރޫޙުފުޅުގެ އެހީފުޅު އޭނާއާއި އެކުގައިވިއެވެ.


އެމީހުން ބުންޏެވެ. ”⁠އަހަރެމެން މިއައީ ކެޕްޓަން ކޮރުނޭލިޔުސް ފޮނުވީމަ. އޭނާއަކީ ރޯމުގެ ސިފައިންގެ އޮފިސަރެއް. އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހެއް. ބަނީއިސްރާއީލުގެ އެންމެން ވެސް އޭނާއަށް ވަރަށް އިޙުތިރާމު ކުރޭ. މާތްރަސްކަލާނގެ ކޮރުނޭލިއުސްގެ ގާތަށް މަލާއިކަތަކު ފޮނުއްވާ އެންގެވީ ކަލޭ ކާރީ އޭނާގެ ގެއަށް އައުމަށް ބުނުމަށް. އަދި އޭނާއަށް ކަލޭ ބުނަން ބޭނުން ބަސްތަކުގެ އަޑު އެހުމަށް.⁠“


އިރުއެރުމުން އެމީހުންނަށް ރަށެއް ފެނުނެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަމެއް އެމީހުންނަކަށް ނޭނގުނެވެ. ނަމަވެސް އެމީހުންނަށް ތިލަފަޅެއްގެ އަތިރިމަތި ފެނުނެވެ. ދެން އެމީހުން ގަސްތު ކުރީ އޮޑި އެ ފަޅުގެ ގޮނޑުދޮށަށް ބީއްސާލުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ