މައްތާ 1:18 - ކިތާބުލް މުޤައްދަސާ18 އީސާ އަލްމަސީޙު އުފަންވެ ވަޑައިގަތް ހާދިސާ ހިނގީ މިފަދައިންނެވެ. އެކަލޭގެފާނުގެ މައިކަމަނާ މަރިޔަމްގެފާނު އޭރު ވަނީ ޔޫސުފު ކިޔާ މީހަކާއި ކައިވެނި ކުރެއްވުމަށް ޓަކައި ރަންކިޔާފައެވެ. ނަމަވެސް އެމީހުން ކައިވެނި ކުރުމުގެ ކުރިން މަރިޔަމްގެފާނު އާލާސްވެ އިންނެވިއެވެ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު އެ ކުއްޖާ އޮތް ގެއަށް އެބައިމީހުން ގޮސް ވަނެވެ. އަދި އެ ކުއްޖާ އޭނާގެ މަންމަ، މަރިޔަމްގެފާނާއި އެކުގައި ވަނިކޮށް އެބައިމީހުންނަށް ފެނިގެން ވިއެވެ. އެބައިމީހުން އެކުއްޖާއަށް ސަޖިދަކޮށް އަޅުކަން ކުރިއެވެ. އެބައިމީހުން ގެނައި ހަދިޔާ ފޮށިތައް ހުޅުވައި އެ ކުއްޖާއަށް ޚަޒާނާގެ ގޮތުގައި ރަނާއި ދުންއަޅާނޭ ހުވަނދާއި އަދި މީރުވަސްދުވާ ތަކެތި ވެސް ދިނެވެ.