Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 9:7 - ކިތާބުލް މުޤައްދަސާ

7 މިސަރަހައްދުގެ ވެރިޔާ ހެރޮދުއަށް މި ހިނގާދިޔަ ހުރިހާ ކަންތައްތަކެއްގެ ޚަބަރު ލިބިއްޖެއެވެ. މިކަމާއި އޭނާ ވަރަށް ބޮޑަށް ކަންބޮޑު ވިއެވެ. އެއީ ބައެއްމީހުން ޔަޙުޔާގެފާނު އަލުން ދިރުއްވައިފިއޭ ވެސް ކިޔާއުޅެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 9:7
13 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ޔަޙުޔާގެފާނު ޖަލުގައި ހުންނަވަނިކޮށް އަލްމަސީޙު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. އަދި ޔަޙުޔާގެފާނުގެ އަސްޙާބީން އީސާގެފާނުގެ އަރިހަށް ފޮނުވައި ސުވާލު ކުރެއްވިއެވެ.


”⁠ބައެއް މީހުން ބުނަނީ ކަލޭގެފާނީ ޔަޙުޔާގެފާނު ކަމަށް. އަނެއް ބަޔަކު ބުނަނީ ކަލޭގެފާނީ އިލްޔާސްގެފާނު ކަމުގައި. އަދި ބައެއް ފަރާތްތަކުން ކަލޭގެފާނީ ކޮންމެވެސް ނަބީބޭކަލެއް ކަމުގައި ބުނޭ.⁠“ އަސްޙާބީން ޖަވާބު ދެއްވިއެވެ.


އެވަގުތު ފަރީސީނުގެ ބަޔަކު އައިސް އީސާގެފާނަށް ދެންނެވިއެވެ. ”⁠މިތަން ދޫކޮށް ކޮންމެވެސް އެހެން ތާކަށް ދޭ. ހެރޮދު އުޅެނީ ކަލޭ މަރާލަން ގަސްތުކޮށްގެން.⁠“


އިރާއި ހަނދާއި ތަރިތަކުގައި ވެސް އަލާމާތްތައް ވާނެ. ދުނިޔޭގެ ކަނޑު ގަދަވެ ރާޅު ބޮޑުވެ ތޫންފާންތައް އައިސް މީސްތަކުން ވަރަށް ބޮޑަށް ބިރުގަނެ ހައިރާންވާނެ.


ޕިލާތުސްއަށް އީސާގެފާނު އަކީ ގަލީލީގެ ރަށްވެއްސެއް ކަން އެނގުމުން އޭނާ އީސާގެފާނު ގަލީލީ ކަރައިގެ ވެރިއަކަށް އޭރު ހުރި ހެރޮދު ގެ ގާތަށް ފޮނުވިއެވެ. ހެރޮދު ވެސް އެވަގުތު ހުރީ ޖެރޫސަލަމުގައެވެ.


ކައިސަރު ތިބޭރިޔުސްގެ ވެރިކަމުގެ ފަނަރަވަނަ އަހަރުގައި ޕޮންތިޔުސް ޕިލާތުސް ޖުދެއާގެ ގަވަރުނަރަކަށް ހުންނެވި އިރު ގަލީލީގެ ވެރިއަކަށް ހުންނެވީ ހެރޮދު އެވެ. ހަމަ އެދުވަސްވަރު އޭނާގެ ބޭބެ ފިލިޕު އިތުރެޔާ އާއި ތުރަކޯނިތިސްގެ ވެރިއަކަށް ހުންނެވިއެވެ. އަދި އަބީލީނާގެ ވެރިއަކަށް އޭރު ހުންނެވީ ލިސަނިޔާހު އެވެ.


އެމީހުން ބުންޏެވެ. ”⁠ގިނަ މީހުން ކަލޭގެފާނަކީ ޔަޙުޔާގެފާނޭ ބުނެއުޅޭ. އަނެއްބަޔަކު ކަލޭގެފާނަކީ ނަބީބޭކަލެއް ކަމުގައިވާ އިލްޔާސްގެފާނޭ ބުނެއުޅޭ. އަދި ބައެއްމީހުން ކަލޭގެފާނަކީ އެހެން ވެސް ކުރީގެ ރަސޫލުބޭކަލުންގެ ތެރެއިން އަލުން ދިރިވަޑައިގެންނެވި ކޮންމެވެސް ރަސޫލުބޭކަލެކޭ ވެސް ބުނެއުޅޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ