Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 9:6 - ކިތާބުލް މުޤައްދަސާ

6 ދެން މި ބާރަ އަސްޙާބީން ހުރިހާ ރަށްތަކަށް ދަތުރުކޮށް ގޮސް މީސްތަކުންނަށް ހެޔޮޚަބަރުފުޅު އަންގައިދީ އަދި މީހުންގެ ބަލިތައް ފަސޭހަކޮށްދީ ހެދިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 9:6
6 ပူးပေါင်းရင်းမြစ်များ  

އޭގެ ފަހުން އެކަލޭގެފާނުގެ އަސްޙާބީން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޢުޡު އިއްވަމުން ގެންދެވިއެވެ. އަދި މާތްސާހިބާ އެބޭކަލުންނާ އެކުގައި ވަޑައިގެންވެ އެ މުޢުޖިޒާތްތަކުގެ އެހީގައި އެބޭކަލުންގެ ރިސާލަތު ޙަޤީޤަތަކަށް ހައްދަވައި ދެއްވަމުން ގެންދެވިއެވެ.


މިއަށް ފަހު އީސާގެފާނު ދަތުރު ކުރައްވާ ކައިރި ހިސާބުތަކުގެ ރަށްތަކަށާއި އަވަށްތަކަށް ވަޑައިގެންނެވިއެވެ. އަދި އެރަށްތަކާއި އަވަށްތަކުގެ މީސްތަކުންނަށް އެބައެއްގެ މައްޗަށް ވެރިކަން ކުރައްވާ ފަރާތަކީ މާތްރަސްކަލާނގެ ރަސްކަންފުޅުކަން ގަބޫލުކޮށް އީމާންވާ މީސްތަކުންނަށް ހެޔޮޚަބަރުފުޅު ދެއްވިއެވެ. އެތާނގައި އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީން ވެސް އެކަލޭގެފާނާއި އެކުގައި ވިއެވެ.


އަދި މީސްތަކުންގެ ބަލިތަކަށް ޝިފާ ދެއްވާ މުޢުޖިޒާތްތައް ދައްކަވާ އިނބަރަސްކަލާނގެ މާތް ޚާދިމު އީސާގެފާނު މެދުވެރިކުރައްވާ އިނބަރަސްކަލާނގެ މަތިވެރި ބާރުފުޅު މީސްތަކުންނަށް ދައްކަވާފާނދޭ.⁠“


އީސާގެފާނުގެ މަންދޫބުން މީސްތަކުންގެ ބަލިތައް ފަސޭހަ ކުރަމުން ދިޔުމުގެ ސަބަބުން މީސްތަކުން އެމީހުންގެ ތެރޭގައިވާ ބަލިމީހުން އެނދުއެނދަށާއި އަށިގަނޑުތަކަށް ލައިގެން ގެނެސް މަގުމަތީގައި ބައިތިއްބިއެވެ. އެއީ އީސާގެފާނުގެ މަންދޫބެއް ކަމުގައިވާ ޕަތަރަސް އެހެން ލައިގެން ދާއިރު، އެބަލި މީހުންގެ މައްޗަށް އޭނާގެ ހިޔަނި އެޅިއްޖެ ނަމަވެސް އެމީހުންގެ ބަލިތައް ފަސޭހަވާނެ ކަމުގެ އުންމީދުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ