ލޫކާސް 9:58 - ކިތާބުލް މުޤައްދަސާ58 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ހިޔަޅުތައް އުޅުމަށް އެސޮރުމެންގެ ހޮހަޅަތައް ވޭ. އުދުހޭ ދޫނިތަކަށް އެސޮރުމެންގެ ހާލިތައްވޭ. ނަމަވެސް އިންސާނާގެ ދަރިކަލުންނަށް އޭނާގެ ބޯ އަޅާލާނެ ތަނެއް ވެސް ނުވޭ.“ အခန်းကိုကြည့်ပါ။ |
އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ ކަނުލައި އަޑުއަހާށެވެ! އީމާންތެރިކަމުގައި މުއްސަނދި ކުރުވުމަށް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވީ މިދުނިޔެއިން ނިކަމެތި ފަގީރުންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް އެކަލާނގެ ރަސްކަންފުޅުން ލިބިދޭ ޙައްޤާއިމެދު އެބައިމީހުންނަށް ވެސް ޙިއްސާ ކުރެވޭނެ ކަމުގެ ވަޢުދުވެވޮޑިގެންނެވިއެވެ.