57 އެމީހުން ދަތުރުކުރަމުން ދިޔަމަގުމަތީ ދިމާވި މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑު ކަލޭގެފާނު ވަޑައިގަންނަވާ ކޮންމެ ތާކަށް ކަލޭގެފާނުގެ އަރިހުގައި ދާން މިހިރީ ތައްޔާރަށް.“
އެވަގުތު އެންމެން އެއް އަޑަކުން ދެންނެވިއެވެ. ”މާތްރަސްކަލާނގެ އަންގަވާ ހުރިހާ އެންގެވުންތަކާ އެއްގޮތަށް އަޅުގަނޑުމެން ކަންތައް ކުރާނަން.“ އެމީހުންގެ މި ބަސްތައް މޫސާގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ.
އީސާގެފާނު މި ދުނިޔެ ދޫކޮށް ވަޑައިގަތުމުގެ ދުވަސް ކައިރިވުމުން އެކަލޭގެފާނު ހިތްވަރުފުޅު ގަދަ ކުރައްވާ ގަސްތުކުރެއްވީ ޖެރޫސަލަމަށް ވަޑައިގަތުމަށެވެ.
ދެން އެމީހުން އެހެން ރަށަކަށް ދިޔުމަށް ދަތުރު ފެށިއެވެ.
ޕަތަރަސް ދެންނެވިއެވެ. ”މާތް ސާހިބާ! މިހާރު އަޅުގަނޑަށް ކަލޭގެފާނާއި އެކު ނުދެވެން ވީ ކީއްވެތޯ؟ އަޅުގަނޑު މިހިރީ ކަލޭގެފާނަށްޓަކައި މަރުވުމަށް ވެސް ތައްޔާރަށް.“